އިންޑިއާގެ ސިކިމް ސްޓޭޓުގައި ބޯކޮށް ވާރޭވެހުމާއެކު، ގަނޑުފެން ވިރިގެން އުފެދިފައިވާ ކޯރެއް ފުރި ބަންޑުންވެއްޖެއެވެ. މިހާދިސާގައި، ކޯރު ހިމެނޭ ސަރަހައްދުތަކަށް ވަނީ ކޯރުގެ ފިނި ފެނުން އުދައަަރައި ފެންބޮޑުވެފައެވެ.
މިއީ މިދިޔަ 50 އަހަރު ތެރޭގައި މި ސަރަހައްދުގައި ހިނގި އެންމެ ނުރައްކާތެރި އެއް ކާރިސާ ކަމަށް ރިޕޯޓުތައް ބުނެއެވެ. އެގޮތުން ފެންބޮޑުވުމުގެ ސަބަބުން ކުރިމަތިވި އެކި ނުރައްކާތެރި ހާދިސާ ތަކުގައި މަރުވި މީހުންގެ އަދަދު 40 އަށް މިހާރު ވަނީ އަރައިފައެވެ.
މިދިޔަ ބުދަ ދުވަހު އެރި އުދައިގެ ފެން އަދި ނުހިނދޭއިރު، އުދައެރުމުގެ ސަބަބުން އެތަކެއް ގެތަކާއި ބްރިޖްތައް ވަނީ ބޭނުންނުކުރެވޭ ވަރުވެފައެވެ. އެގޮތުން އެތައް ހާސް ބަޔަކު ގެދޮރު ދޫކޮށް ރައްކާތެރި ހިސާބުތަކަށް ބަދަލުވާން މަޖުބޫރުވެފައިވެއެވެ. ރިޕޯޓުތައް ބުނާގޮތުން ބުދަ ދުވަހުން ފެށިގެން މިހާތަނަށް ގާތްގަނޑަކަށް 2،400 މީހުން ސަލާމަތްކޮށްފައިވާއިރު، ޒަހަމްވި 26 މީހަކު ވަނީ ހޮސްޕިޓަލްތަކަށް ގެންގޮސްފައެވެ.
އަދި މިހާރުވެސް ސިފައިންގެ 23 މީހުން ހިމެނޭ ގޮތަށް ގާތްގަނޑަކަށް 100 މީހުން ހޯދުމަށް ރެސްކިއު ވޯކަރުން ދަނީ މަސައްކަތް ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު