ސްރީލަންކާގެ ކޮލަމްބޯގެ އެކި ތަންތަނަށް އަމާޒުކޮށް ހަމަލާދޭން އައިއެސްއިން ރާވަމުން ދާ ކަމަށް އެގައުމުގެ ސަރުކާރުން ބުނެފިއެވެ.
ނިރުބަވެރި އައިއެސް ޖަމާއަތުން އެގައުމަށް ހަމަލާ ދޭން އުޅޭ ކަމަށް ހާމަކޮށްފައިވަނީ ސްރީލަންކާގެ ކޮލޮމްބޯ އެޑިޝަނަލް މެޖިސްޓްރޭޓް ކޯޓުންނެވެ.
އެގޮތުން އައިސިސްއިން ލަންކާގެ ވެރިރަށް ކޮލޮމްބޯގެ މުހިންމު އެކި ތަންތަނަށް ހަމަލާ ދޭން ރާވާފައިވާ ކަމަށް ކޯޓުން ބުނެފައި ވެއެވެ. އޭގެ ތެރޭގައި ލަންކާގެ ޤާނޫނު ހަދާ މަޖިލީހާއި ކޮލޮމްބޯ ޕޯޓް ސިޓީ އަދި ގިނަ އަދަދެއްގެ ޢާންމުން އެއްވެ އުޅޭ ގަންގާރާމާޔާ ހިމެނޭ ކަމަށް މައުލޫމާތު ލިބިފައި ވެއެވެ.
ދައުލަތުގެ މީޑިއާއިން ރިޕޯޓްކޮށްފައިވާ ގޮތުގައި ލަންކާގެ ޓެރަރިޒަމް އިންވެސްޓިގޭޝަން ޑިވިޝަން (ޓީއައިޑީ) އަށް އައިސިސްއިން ރޭވި ބޮމުގެ ހަމަލާތަކުގެ މައުލޫމާތު ވަނީ ހޯދިފައެވެ. އެ އިދާރާއަށް އެނގިފައިވާ ގޮތުން ނަމަ މި ހަމަލާތައް ރާވާފައިވަނީ ލަންކާގެ ޖަލުގައި ތިބި އައިސިސް ޖަމާއަތުގެ ގައިދީންނެވެ. އެނގިފައިވާ ގޮތުގައި ޕައްލެކެލެ ޖަލުގައި ހުރި ގައިދީއެއް ވަނީ ބޮމުގެ ހަމަލާގެ ތަފްސީލުތައް ހިމެނޭ ސިޓީއެއް ޕޮލިސް ޗެކްޕޮއިންޓަކަށް އުކާލާފައެވެ.
ފުލުހުންގެ ތަހުގީގަށް އިތުރަށް އެނގިފައިވާގޮތުގައި ސިޓީ އުކި ގައިދީއަށް ވަނީ ޖަލު ގޮޅީގައި ތިބި ޓެރަރިސްޓް ގްރޫޕުން ރޭވި ރޭވުމުގެ ވާހަކަ އަޑުއިވިފައެވެ. އެކަމާއި ގުޅިގެން ޖަލު ތެރޭގައި ނިރުބަވެރިން ވަނީ އޭނާއަށް އަނިޔާވެސް ކޮށްފައެވެ.
އޭނާ އެ ސިޓީ ޕޮލިސް ޗެކްޕޮއިންޓް ތެރެއަށް އެއްލީ އޭނާ ހުރި ޖަލުން މަހާރާ ޖަލަށް ބަދަލުކުރުމުގެ ތެރޭގައި ކަމަށް ޓީއައިޑީން ބުނެފައި ވެއެވެ. އެ ސިޓީގައި ނިރުބަވެރި ގައިދީންގެ ނަމާއި، އެމީހުން ބޭނުންކުރާ ފޯން ނަމްބަރުތައް ވެސް ހިމަނާފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު