އިޒްރޭލުން ފަލަސްތީނުގެ ރައްޔިތުން ޝަހީދުކުރަމުންދާތީ އެޤައުމުން އިޒްރޭލަށް ރައްދުގައި ހަމަލާދީފިއެވެ.

ފަލަސްތީނުގް ހަމާސް ޖަމާއަތުން މިއަދު ފަތިހު ދިން މި ހަމަލާއަށްފަހު އިޒްރޭލްގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވަނީ އެޤައުމާއި ދެކޮޅަށް ހަނގުރާމަ އިއުލާންކުރައްވައިފައެވެ.

ރިޕޯޓްތައް ބުނާގޮތުގައި މިއީ މިހާތަނަށް އެ ޖަމާއަތުން އިޒްރޭލަށް ދިން އެންމެ ވަރުގަދަ ހަމަލާއެވެ. އިޒްރޭލުގެ ދެކުނަށް އަމާޒުކޮށް ވައިގެ މަގުން 2000 ވަރަކަށް ރޮކެޓް ފޮނުވާލާފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ. މި ހަމަލާގައި އިޒްރޭލުގެ 22 ޢާންމުން މަރުވެ، އެތައް ސަތޭކަ މީހުން ޒަހަމްވިކަމަށް އިޒްރޭލުގެ ސިއްހީ މަސައްކަތްތެރިންނާއި ހަވާލާދީ ބޭރުގެ މީޑިއާތަކުން ރިޕޯޓްކޮށްފައި ވެއެވެ.

ހަމާސް ޖަމާއަތުން ވަނީ އެގައުމުގެ ހުރިހާ ރައްޔިތުންގެ އިތުރަށް 'އެކުވެރި އަރަބި ޤައުމުތަކަށްވެސް' އިޒްރޭލާއި ދެކޮޅަށް ހަނގުރާމަކުރުމަށް ގޮވާލާފައެވެ.

މީގެ އިތުރަށްވެސް، ލުބްނާންގެ ހިޒްބުއްލާ ހަރަކާތުންވެސް ވަނީ ހަމާސްއަށް ވާގިދޭނެ ކަމަށް އިއުލާންކޮށްފައެވެ.

އިޒްރޭލުގެ ޑިފެންސް މިނިސްޓަރ ޔުއާވް ގަލަންޓް ވިދާޅުވީ އިޒްރޭލަށް ހަމަލާދީގެން ފަލަސްތީނުން ހެދީ ވަރަށް ބޮޑު ގޯހެއް ކަމަށެވެ.



ހަމާސް ޖަމާއަތުގެ އެތަކެއް ހަނގުރާމަވެރިން ވަނީ ވަޔާ، އެއްގަމު އަދި ކަނޑުމަގުން އިޒްރޭލަށް އެތެރެވެފައެވެ. މިކަމާއި ގުޅިގެން އިޒްރޭލުގެ އަސްކަރިއްޔާއިން ވަނީ ގާޒާ ސަރަހައްދުގައި ދިރިއުޅޭ ޢާންމުން ގެތަކުން ނުނިކުންނަން އިލްތިމާސްކޮށްފައެވެ. އަދި ފަލަސްތީނުގެ މި އަމަލަށް ވަރުގަދަ ރައްދެއް ދޭނެ ކަމަށް ވަނީ އިންޒާރުދީފައެވެ.

ފަލަސްތީނުގެ މި ހަމަލާއަށް ރައްދުގައި އިޒްރޭލު ސިފައިން ވަނީ ގާޒާގެ އެކި ސަރަހައްދުތަކުގައި މިއަދު ހެނދުނުއްސުރެ ހަމަލާތައް ބަދަލުކުރަން ފަށައިފައެވެ. އެގޮތުން، އިޒްރޭލް އަސްކަރިއްޔާގެ ތަރުޖަމާނު ރިޗާޑް ހެއިކްޓް ބުނީ މިހާރު އަސްކަރިއްޔާއިން ގާޒާގައި އަސްކަރީ އޮޕަރޭޝަންތައް ފަށާފައިވާ ކަމަށެވެ. މިއާއެކު އިޒްރޭލު ސިފައިން ވަނީ ގާޒާގައި ބޮން ގޮއްވާފައެވެ. އިޒްރޭލުން އަމާޒުކުރި ސިލްސިލާ ވައިގެ ހަމަލާތަކުގެ ތެރެއިން ފުރަތަމަ ހަމަލާގައި މަދުވެގެން ފަލަސްތީނުގެ އެކަކު ޝަހީދުވިކަމަށް ބުނެފައި ވެއެވެ. ،


ކިޔުންތެރިންގެ ހިޔާލު


2

އިޒުރޭ

09-Oct-2023

މި ޔަހޫދީންނަކީ ދުނިޔެއަށް ޖެހިފައިވާ ބޮޑު ބަލާއެއް. މިބައިގަނު ޖެހޭނީ އެއްފަހަރާ ނައްތާލަން.



ޓްރެންޑިން