އިއްޔެ ހެނދުނު އަފްޣާނިސްތާނަށް އައި ބިންހެލުމުގައި މަރުވި މީހުންގެ އަދަދު 2000 އަށް އަރައިފި ކަމުގައި އަފްޣާނިސްތާންގައި ވެރިކަން ކުރަމުންދާ ތާލިބާން ސަރުކާރުން ބުނެފިއެވެ.

ތާލިބާންގެ އިސް އޮފިޝަލަކު އަލްޖަޒީރާއަށް މައުލޫމާތުދިން ގޮތުގައި 6.3 މެގްނިޓިއުޑްގެ ބާރުމިނުގައި އަފްޣާންގެ ހުޅަނގުގައި އޮންނަ ހެރާތް ޕްރޮވިންސަށް އެރި މި ބިން ހެލުމުގައި މަރުވި މީހުންގެ އަދަދު 2000 އަށް އަރާފައިވާއިރު، އަދިވެސް މީހުން ސަލާމަތް ކުރުމުގެ މަސައްކަތް ކުރަމުން އެބަދެއެވެ. އަދި މި އަދަދު އެއަށްވުރެ އިތުރުވުން އެކަށީގެންވާ ކަމަށްވެސް މައުލޫމާތު ލިބިފައި ވެއެވެ. މި ކާރިސާގައި ވަަރަށް ގިނަ މީހުން ވީނުވީއެެއް ނޭނގި ގެއްލިފައިވާ ކަމަށްވެސް ތާލިބާނުން ބުނެފައި ވެއެވެ.

ތާލިބާންގެ ތަރުޖަމާން ސުހައިލް ޝާހީން ވިދާޅުވީ ކާރިސާ ކުރިމަތިވި ސަރަހައްދުތަކުގައި ޓެންޓްތަކާއި މެޑިކަލް އަދި ކާބޯތަކެތީގެ އަވަސް އެހީއަށް ބޭނުންތެރިކަން ބޮޑު ކަމަށެވެ. އަދި އެކަމަށް ބޭނުންވާ މީހުންނަށް ވިޔަފާރިވެރިންނާއި އެންޖީއޯތަކުން އެހީތެރިކަން ފޯރުކޮށްދިނުމަށް ވަނީ އިލްތިމާސް ކުރައްވާފައެވެ.

އެންމެ ފުރަތަމަ އެރި ބާރުގަދަ ބިންހެލުމުގެ ސަބަބުން ކައިރީގައި ހުރި އިތުރު ދެ ސަރަހައްދަކަށް ލޮޅުން އަރާފައި ވެއެވެ. 6.3 މެގްނިޓިއުޑްގައި އައި މި ބިންހެލުމަށްފަހު ތިން ފަހަރުމަތިން އެ ސަރަހައްދަށް އެކި ވަރުގެ ލޮޅުންތައް އެރިކަމަށް ޖިއޮލޮޖިކަލް ސާރވޭއިން ދައްކައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން