ހަމާސްގެ ހަނގުރާމަވެރިން ރޯކުރި އިޒްރޭލްގެ ޓޭންކަރެއް
ހަމާސްގެ ހަނގުރާމަވެރިން ރޯކުރި އިޒްރޭލްގެ ޓޭންކަރެއް
އިޒްރޭލުން ފަލަސްތީނަށް އަމާޒުކުރި ވައިގެ ހަމަލާތަކުގައި 493 މީޙުން ޝަހީދުވެ، 2751 މީޙުން ޒަހަމްވެއްޖެ ކަމަށް ފަލަސްތީނުގެ ހެލްތް މިނިސްޓްރީން ބުނެފިއެވެ.

އިޒްރޭލުގެ ދެކުނުގައި ހަމާސް ޖަމާއަތުގެ ހަނގުރާމަވެރިން ހަރަކާތްތެރިވަމުންދާއިރު އިޒްރޭލުން ބުނީ އެޤައުމުން ފަލަސްތީނުގެ ވެރިރަށް ގާޒާއަށް 500 މިސައިލް ހަަމަލާ ފޮނުވާލާފައިވާ ކަމަށެވެ.

"އިޒްރޭލުން ހިންގާ ޖަރީމާ ސިފަކުރަންވެސް ނޭނގޭ އަހަރެމެންނަށް މިހާ ހިސާބަށް ދިޔައިމަ. ފަލަސްތީނުގެ ރައްޔިތުން ނިދަން ތިބޭއިރުވެސް ހަމަލާދޭ އެކި ދިމަ ދިމާލަށް. މިސްކިތަށް، ވިޔަފާރި ކުރާ ތަންތަނާއި ޢާންމުން ދިރިއުޅޭ ތަންތަަނަށްވެސް. ބިރުގަންނަ ވަރުން ރޭގަނޑު ނިދަންވެސް ނުކެރޭ." ފަލަސްތީނުގެ ރައްޔިތަކު ކިޔާދީފަވެއެވެ.

އަލް ޖަޒީރާއަށް މައުލޫމާތު ދެމުން އޭނާ ބުނީ މިއީ ހަނގުރާމައިގެ ފެށުން ކަމަށާއި 10 ގަޑިއިރު ވަންދެން ހުއްޓުމެއްނެތި ދެފަރާތުންވެސް ހަމަލާ ބަދަލުކޮށްފައިވާ ކަމަށެވެ.

އެމެރިކާއިން އިޒްރޭލަށް ވާގިދެމުންދާއިރު އިޒްރޭލުން ދަނީ އީރާނުން ހަމާސްއަށް އެހީވަމުންދާ ކަމަށް ބުނަމުންނެވެ. އެހެން ނަމަވެސް، އީރާނުން ވަނީ އެކަން ދޮގުކޮށްފައެވެ. ދާދި ފަހުން އީރާނުން އުފެއްދި ހަތިޔާރުތަކެއް އެމެރިކާއިން ވަނީ ހިފަހައްޓާފައެވެ. އަދި އެ ހަތިޔާރުތައް ޔޫކްރެއިނަށް ފޮނުވިކަމަށްވެސް ރިޕޯޓްތައް ބުނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން