އިސްރާއިލުން ޣައްޒާއަށް ދެމުންދާ ހަމަލާތައް ވަރުގަދަކޮށް، ޣައްޒާ އެއްކޮށް ބަންދުކޮށް ޒަރޫރީ ޚިދުމަތްތައް ފޯރުކޮށްދިނުންވެސް ހުއްޓާލަން ނިންމައިފިއެވެެ.
އިސްރާއީލުގެ ސަރުކާރުން މިއަދު ވަނީ ޣައްޒާ ބަންދުކޮށް، ޣައްޒާއަށް ފެނާއި، ކާބޯތަކެއްޗާއި އަދި ކަރަންޓުފަދަ ޒަރޫރީ ޚިދުމަތްތައް ހުއްޓާލަން ނިންމިކަން އިއުލާންކޮށްފައެވެ.
އިސްރާއީލުގެ ޑިފެންސް މިނިސްޓަރު ޔޯވް ގަލަންޓް ބުނީ އެގައުމުން ޣައްޒާއަށް ފޯރުކޮށްދެމުންދާ ކަރަންޓުގެ ޚިދުމަތް ކަނޑާލައި، ޣައްޒާއަށް ކާބޯތަކެއްޗާއި ތެޔޮ އެތެރެކުރުން މަނާކޮށް، މުޅި ޣައްޒާ ބަންދުކުރަން ނިންމާފައި ވާކަމަށެެވެ.
ޣައްޒާއަކީ 2.3 މިލިއަން މީހުންގެ އާބާދީއެއް އޮންނަ ރަށެކެެވެ.
އިސްރާއީލުން ޣައްޒާއަށް ދެމުންދާ ހަމަލާތައް ވަރުގަދަކޮށްފައިވާއިރު ފަލަސްތީނުގެ މިނިވަން ކަމަށްޓަކައި ޖިހާދު ކުރާ ހަމާސް ޖަމާއަތުން ދަނީ ހުއްޓުމެއް ނެތި އިސްރާއިލަށް ހަމަލާ ދެމުންނެެވެ. އެގޮތުން މި ހަނގުރާމައިގައި ދެގައުމުންވެސް މަރުވި މީހުންގެ އަދަދު 1،300 އަށްވުރެ މައްޗަށް މިހާރު ވަނީ އަރާފައެވެެ. އަދި މި ހަނގުރާމައިގައި ފަލަސްތީނުގެ 123،000 އަށްވުރެ ގިނަ ރައްޔިތުންގެ ގެދޮރު ގެއްލިފައިވާ ކަމަށް ކަމާބެހޭ ފަރާތްތަކާއި ހަވާލާދީ މީޑިޔާ ރިޕޯޓްތައް ބުނެެއެވެ.

ކިޔުންތެރިންގެ ހިޔާލު