އިޒްރޭލުން ދެމުން ގެންދާ އުދުވާނީ ހަމަލާ ތަކުގައި ޝަހީދުވި ފަލަސްތީނު ރައްޔިތުންގެ އަދަދު 560 އަށް އަރައިފި ކަމަށް އެޤައުމުގެ ހެލްތް މިނިސްޓްރީން ބުނެފިއެވެ.

ފަލަސްތީނުގެ ހެލްތު މިނިސްޓްރީން ބުނީ އިޒްރޭލުން ދޭ އުދުވާނީ ހަމަލާތަކުގައި 2751 މީހުންނަށް އެކިވަރުގެ އަނިޔާތައް ލިބިފައިވާ ކަމަށެވެ.

އިސްރާއީލުން ފަލަސްތީނުގެ ވެރިރަށް ޣައްޒާއަށް ދެމުންދާ ހަމަލާތައް ވަރުގަދަކޮށްފައިވާއިރު ފަލަސްތީނުގެ މިނިވަން ކަމަށްޓަކައި ޖިހާދު ކުރާ ހަމާސް ޖަމާއަތުން ދަނީ ހުއްޓުމެއް ނެތި އިސްރާއިލަށް ހަމަލާ ދެމުންނެެވެ. އެގޮތުން މި ހަނގުރާމައިގައި ދެގައުމުން މަރުވި މީހުންގެ އަދަދު 1،300 އަށްވުރެ މައްޗަށް މިހާރު ވަނީ އަރާފައެވެެ. އަދި މި ހަނގުރާމައިގައި ފަލަސްތީނުގެ 123،000 އަށްވުރެ ގިނަ ރައްޔިތުންގެ ގެދޮރު ގެއްލިފައިވާ ކަމަށް ކަމާބެހޭ ފަރާތްތަކާއި ހަވާލާދީ މީޑިޔާ ރިޕޯޓްތައް ބުނެެއެވެ.

ޣައްޒާއަކީ 2.3 މިލިއަން މީހުންގެ އާބާދީއެއް އޮންނަ ރަށެކެެވެ.

ފަލަސްތީނާއި އިޒްރޭލާއި ދެމެދު ކުރިމަތިލުންތައް ފެށުނީ ފަލަސްތީނުގެ މިނިވަން ކަމަށްޓަކައި ޖިހާދު ކުރާ ހަމާސްއިން ހޮނިހިރު ދުވަހުގެ ވަގުތެއްގައި އިޒްރޭލަށް ދިން ވަރުގަދަ ރޮކެޓް ހަމަލާތަކާއި ގުޅިގެންނެެވެ. ހަމާސް އިން ބުނީ އެ ހަމަލާއަކީ ހިފާފައިވާ އިރުމަތީ ގުދުސްގައި ހުންނަ އަލް އަގްސާ މިސްކިތަށް އަރާ މީހުންނާމެދު އަނިޔާވެރިކަން އިތުރުވަމުންދާތީ ރައްދުގައި ދިން ހަމަލާތަކެއް ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން