އިންސްޓަގްރާމްގައި އިޒްރޭލަށް ސަޕޯޓުކުރާކަން ހާމަކުރުމުން މަޝްހޫރު އިންސްޓަގްރާމް އިންފްލުއެންސާ ކައިލީ ޖެނާގެ އެއް މިލިއަނެއްހާ ފޮލޮވަރުން ގެއްލިއްޖެއެވެ.
މިހާރު ފަލަސްތީނާއި އިޒްރޭލާއި ދެމެދު ހިނގަމުންދާ ހަނގުރާމައިގައި އިޒްރޭލަށް ތާއީދުކޮށް އޭނާ ކުރި އިންސްޓަގްރާމް ޕޯސްޓަށްފަހު ކައިލީ ޖެނާ ހޫނުފެނަށް ވެއްޓުނެވެ. އޭނާގެ އެ ޕޯސްޓުގެ ސަބަބުން ލިބުނު ފާޑުކިޔުންތަކާއި ގުޅިގެން ކައިލީ ވަނީ އެފޯސްޓުކުރުމުގެ މާ ގިނައިރު ނުވަނީސް އެ ޕޯސްޓު ޑިލީޓްވެސް ކޮށްފައެވެ.
"މިހާރުވެސް އަދި އަބަދުވެސް އަހަރެމެން ތިބީ އިޒްރޭލުގެ މީހުންނާއި އެއްކޮށް" ކަމަށް ލިޔެފައިވާ އިޒްރޭލުގެ ދިދަ ހިމެނޭ ފޮޓޯއެއް އޭނާ ވަނީ އިންސްޓަގްރާމްގައި ޕޯސްޓުކޮށްފައެވެ. މި ޕޯސްޓާއި ގުޅިގެން 400 މިލިއަން އިންސްޓަގްރާމް ފޮލޮވާސް ހިމެނޭ ކައިލީއަށް އެތައް ބައެއްގެ ފާޑުކިޔުން އަމާޒުވިއެވެ. އަދި ހަމައެއާއިއެކު، އިންސްޓަގްރާމްގައި ކައިލީ ފޮލޯ ކުރާ މީހުންގެ އަދަދު މިހާރު ވަނީ 399 މިލިއަނަށް ދަށްވެފައެވެ.
ކައިލީ މިކަހަލަ ޕޯސްޓެއް އިންސްޓަގްރާމަށް ދޫކޮށްފައިވާއިރު، އޭނާގެ ގާތް އެކުވެރިއެއް ކަމުގައިވާ ސުޕަމޮޑެލް ބެލާ ހަދީދްގެ ބައްޕައަކީ ފަލަސްތީން ރައްޔިތެކެވެ. އަދި ބެލާ ދަނީ ފަލަސްތީނު ރައްޔިތުންނާއި އެއްކޮޅަށް ވަކާލާތު ކުރަމުންނެވެ. އެހެންކަމުން، ކައިލީއަކީ ރަހުމަތްތެރިކަންވެސް ދަމަހައްޓަން ނޭނގޭ މީހެއް ކަމަށް މީހުން ބުނަމުންދެއެވެ.
ކައިލީ މިގޮތަށް ކަންތައް ކޮށްފައިވާއިރު، ހޮލީވުޑްގެ ބައިވަރު މަޝްހޫރު ތަރިން ދަނީ ފާޅުގައި އިޒްރޭލަށް ސަޕޯޓްކުރާކަން ހާމަކުރަމުންނެވެ. އޭގެ ތެރޭގައި އޭޝްލީ ޓިސްޑޭލް، މެޑޯނާ، ނީނާ ޑޮބްރޭވް، މާކް ހެމިލްޓަން، ޖެމީ ލީ ކާޓިސް، ގަލް ގެޑޯ އަދި ނަޓަލީ ޕޯޓްމަން ހިމެެނެއެވެ. ނަޓަލީއާއި ގަލްއަކީ އިޒްރޭލުގެ ރައްޔިތުންނެވެ.

Kylie Jenner loses around a million Instagram followers following her support for Israel. pic.twitter.com/asbZfOXoxE
— Pop Tingz (@ThePopTingz) October 9, 2023
ކައިލީ މިކަހަލަ ޕޯސްޓެއް އިންސްޓަގްރާމަށް ދޫކޮށްފައިވާއިރު، އޭނާގެ ގާތް އެކުވެރިއެއް ކަމުގައިވާ ސުޕަމޮޑެލް ބެލާ ހަދީދްގެ ބައްޕައަކީ ފަލަސްތީން ރައްޔިތެކެވެ. އަދި ބެލާ ދަނީ ފަލަސްތީނު ރައްޔިތުންނާއި އެއްކޮޅަށް ވަކާލާތު ކުރަމުންނެވެ. އެހެންކަމުން، ކައިލީއަކީ ރަހުމަތްތެރިކަންވެސް ދަމަހައްޓަން ނޭނގޭ މީހެއް ކަމަށް މީހުން ބުނަމުންދެއެވެ.
ކައިލީ މިގޮތަށް ކަންތައް ކޮށްފައިވާއިރު، ހޮލީވުޑްގެ ބައިވަރު މަޝްހޫރު ތަރިން ދަނީ ފާޅުގައި އިޒްރޭލަށް ސަޕޯޓްކުރާކަން ހާމަކުރަމުންނެވެ. އޭގެ ތެރޭގައި އޭޝްލީ ޓިސްޑޭލް، މެޑޯނާ، ނީނާ ޑޮބްރޭވް، މާކް ހެމިލްޓަން، ޖެމީ ލީ ކާޓިސް، ގަލް ގެޑޯ އަދި ނަޓަލީ ޕޯޓްމަން ހިމެެނެއެވެ. ނަޓަލީއާއި ގަލްއަކީ އިޒްރޭލުގެ ރައްޔިތުންނެވެ.
ކިޔުންތެރިންގެ ހިޔާލު