އަރަބިއްޔާ ސްކޫލު ހިންގަން އިސްކަންދަރު ސްކޫލުގެ ޕްރިންސިޕަލް ހުސައިން ސައީދު ގޯހެއް ނުވާނެ ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އާއިޝަތު އަލީ މިއަދު ވިދާޅުވެއްޖެއެެވެ.
އަރަބިއްޔާގެ ޕްރިންސިޕަލް މުހައްމަދު ޝުޖާއު އިއްޔެ ވަނީ މަގާމުން ވަކިކޮށްފައެވެ. އޭނާގެ ބަދަލުގައި އެ ސްކޫލު ވަގުތީ ގޮތުން ހިންގަން އިސްކަންދަރު ސްކޫލުގެ ޕްރިންސިޕަލް ހުސައިން ސައީދާ މިހާރު ވަނީ ހަވާލުކޮށްފައެވެ.
އަރަބިއްޔާގެ ޕްރިންސިޕަލް ވަކިކުރި މައްސަލައިގައި އެ ސުކޫލުގެ ބެލެނިވެރިން އިއްޔެ ވަނީ މުޒާހަރާވެސްކޮށްފައެވެ. އަރަބިއްޔާ ސުކޫލުގެ ބެލެނިވެރިންނާއި އެޑިއުކޭޝަން މިނިސްޓަރު އާއިޝަތު އަލީ މިއަދު ބައްދަލު ކުރަށްވައި ބެލެނިވެރިންގެ ކަންބޮޑުވުންތައް ވަނީ އަޑުއައްސަވާފައެވެ.
އެޑިއުކޭޝަން މިނިސްޓްރީން ބުނީ މި ބައްދަލުކުރެއްވުމުގައި މިނިސްޓަރު ބެލެނިވެރިންގެ ކަންބޮޑުވުންތައް އަޑުއައްސަވައި، އަރަބިއްޔާ ސްކޫލުގެ އައު އިމާރާތާ ގުޅޭ މައުލޫމާތު ހިއްސާ ކުރެެއްވި ކަމަށެެވެ.
އެ ބައްދަލުވުމަށްފަހު ރާއްޖޭގެ މީޑިޔާ އަކަށް މައުލޫމާތު ދެެއްވަމުން އެޑިއުކޭޝަން މިނިސްޓަރު ޑރ. އާއިޝަތު އަލީ ވިދާޅުވީ، އަރަބިއްޔާ ހިންގަން އިސްކަންދަރު ސްކޫލުގެ ޕްރިންސިޕަލް ހުސައިން ސައީދު ގޯސް ނުވާނެ ކަމަށެވެ. މިނިސްޓަރު ވިދާޅުވީ އޭނާއަކީ މިސްރުގެ އަޒްހަރުގެ ގްރެޖުއޭޓެއް ކަމަށާއި، ހުސައިން ސައީދާ އަރަބިއްޔާ ހަވާލުކުރީ އެ ސްކޫލުގެ އިދާރީ ކަންކަން ރަނގަޅު ކުރަން ކަމަށެވެ.
ސައީދަކީ އެކަމަށް އާ ބޭފުޅެއް ނޫން ކަމަށް މިނިސްޓަރު އާއިޝަތު އަލީ ވިދާޅުވިއެވެ. މިނިސްޓަރު ވަނީ އިމާދުއްދީން ސްކޫލުގެ ހިންގުން ރަނގަޅު ކުރަން ވެސް ދުވަސްކޮޅަކަށް ސައީދާ ހަވާލުކުރުމުން ނަތީޖާ ރަނގަޅަށް ފެނުނުކަން ފާހަގަކުރަށްވާފައެވެ.
"ހުސައިން ސައީދު ގޯހެއް ނުވާނެ." ތައުލީމީ ދާއިރާގައި 24 އަހަރު އަދި ޕްރިންސިޕަލްކަން ކުރެއްވުމުގައި 19 އަހަރުގެ ތަޖުރިބާ ހުރި ސައީދާއި ގުޅޭގޮތުން މިނިސްޓަރު ވިދާޅުވިއެވެ.
މީގެ އިތުރުން އެޑިއުކޭޝަން މިނިސްޓަރު އާއިޝަތު އަލީ ވިދާޅުވީ ހުޅުމާލެ ފެރީ ޓާމިނަލާ އިންވެގެން ހުރި އިމާރާތަށް އަރަބިއްޔާ ސްކޫލު ވަގުތީ ގޮތުން ބަދަލުުކުރީ ވެސް ބެލެނިވެރިން ބޭނުންވެގެން ކަމަށެވެ. އެހެން ނަމަވެސް އެތަނުގެ ވެސް ޖާގައިގެ ދަތިކަން އެބައޮތް ކަމަށާއި އެހެން ތަނެއް ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
އަރަބިއްޔާގެ އާ އިމާރާތާ އެކު 700 އިން 1،400 އަށް ޖާގަ އިތުރުވާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އަރަބިއްޔާ ސްކޫލަކީ މި ސަރުކާރުގައި އެންމެ ބޮޑަށް ސަމާލުކަން ދޭ އެއްތަން ކަމަށާއި އެ ތަން އެޑިއުކޭޝަން މިނިސްޓްރީއަށް ވަރަށް ހާއްސަ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. މިނިސްޓަރު ވަނީ އަރަބިއްޔާ ސްކޫލަށް ކުރިމަތިވެފައިވާ މައްސަލަތައް ހައްލުކުރަން މި ސަރުކާރުން އެކި ފަހަރު އެކި ގޮތަށް މަސައްކަތް ކޮށްފައިވާނެކަން ފާހަގަކުރަށްވާފައެވެ.
މިހާރު އަރަބިއްޔާ ސްކޫލުގެ ދަރިވަރުން ކިޔަވަނީ ކުރިން ފޮރިން މިނިސްޓްރީ ހިންގި އިމާރާތުގައެވެ. އަދި ކުރީގެ ޖަމާލުއްދީން ސްކޫލް ހިންގި ބިމުގައި އަރަބިއްޔާ ހިންގަން ސްކޫލެއް އެޅުމުގެ މަސައްކަތް ސަރުކާރުން މިހާރު ދަނީ ކުރަމުންނެެވެ.

އަލްމަދްރަސަތުލް ޢަރަބިއްޔަތުލް އިސްލާމިއްޔާގެ ބެލެނިވެރިންނާ މިނިސްޓަރ @aisthly ބައްދަލުކުރެއްވުން. މި ބައްދަލުކުރެއްވުމުގައި މިނިސްޓަރ ވަނީ އެބޭފުޅުންގެ ހުރި ކަންބޮޑުވުންތައް އަޑުއައްސަވައި، @Arabiyya_Schoolގެ އައު އިމާރާތާ ގުޅޭ މަޢުލޫމާތު ޙިއްޞާކުރައްވާފައި. pic.twitter.com/q7drAmca1W
— Ministry of Education (@MoEdumv) November 7, 2022
އެ ބައްދަލުވުމަށްފަހު ރާއްޖޭގެ މީޑިޔާ އަކަށް މައުލޫމާތު ދެެއްވަމުން އެޑިއުކޭޝަން މިނިސްޓަރު ޑރ. އާއިޝަތު އަލީ ވިދާޅުވީ، އަރަބިއްޔާ ހިންގަން އިސްކަންދަރު ސްކޫލުގެ ޕްރިންސިޕަލް ހުސައިން ސައީދު ގޯސް ނުވާނެ ކަމަށެވެ. މިނިސްޓަރު ވިދާޅުވީ އޭނާއަކީ މިސްރުގެ އަޒްހަރުގެ ގްރެޖުއޭޓެއް ކަމަށާއި، ހުސައިން ސައީދާ އަރަބިއްޔާ ހަވާލުކުރީ އެ ސްކޫލުގެ އިދާރީ ކަންކަން ރަނގަޅު ކުރަން ކަމަށެވެ.
ސައީދަކީ އެކަމަށް އާ ބޭފުޅެއް ނޫން ކަމަށް މިނިސްޓަރު އާއިޝަތު އަލީ ވިދާޅުވިއެވެ. މިނިސްޓަރު ވަނީ އިމާދުއްދީން ސްކޫލުގެ ހިންގުން ރަނގަޅު ކުރަން ވެސް ދުވަސްކޮޅަކަށް ސައީދާ ހަވާލުކުރުމުން ނަތީޖާ ރަނގަޅަށް ފެނުނުކަން ފާހަގަކުރަށްވާފައެވެ.
"ހުސައިން ސައީދު ގޯހެއް ނުވާނެ." ތައުލީމީ ދާއިރާގައި 24 އަހަރު އަދި ޕްރިންސިޕަލްކަން ކުރެއްވުމުގައި 19 އަހަރުގެ ތަޖުރިބާ ހުރި ސައީދާއި ގުޅޭގޮތުން މިނިސްޓަރު ވިދާޅުވިއެވެ.
މީގެ އިތުރުން އެޑިއުކޭޝަން މިނިސްޓަރު އާއިޝަތު އަލީ ވިދާޅުވީ ހުޅުމާލެ ފެރީ ޓާމިނަލާ އިންވެގެން ހުރި އިމާރާތަށް އަރަބިއްޔާ ސްކޫލު ވަގުތީ ގޮތުން ބަދަލުުކުރީ ވެސް ބެލެނިވެރިން ބޭނުންވެގެން ކަމަށެވެ. އެހެން ނަމަވެސް އެތަނުގެ ވެސް ޖާގައިގެ ދަތިކަން އެބައޮތް ކަމަށާއި އެހެން ތަނެއް ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
އަރަބިއްޔާގެ އާ އިމާރާތާ އެކު 700 އިން 1،400 އަށް ޖާގަ އިތުރުވާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އަރަބިއްޔާ ސްކޫލަކީ މި ސަރުކާރުގައި އެންމެ ބޮޑަށް ސަމާލުކަން ދޭ އެއްތަން ކަމަށާއި އެ ތަން އެޑިއުކޭޝަން މިނިސްޓްރީއަށް ވަރަށް ހާއްސަ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. މިނިސްޓަރު ވަނީ އަރަބިއްޔާ ސްކޫލަށް ކުރިމަތިވެފައިވާ މައްސަލަތައް ހައްލުކުރަން މި ސަރުކާރުން އެކި ފަހަރު އެކި ގޮތަށް މަސައްކަތް ކޮށްފައިވާނެކަން ފާހަގަކުރަށްވާފައެވެ.
މިހާރު އަރަބިއްޔާ ސްކޫލުގެ ދަރިވަރުން ކިޔަވަނީ ކުރިން ފޮރިން މިނިސްޓްރީ ހިންގި އިމާރާތުގައެވެ. އަދި ކުރީގެ ޖަމާލުއްދީން ސްކޫލް ހިންގި ބިމުގައި އަރަބިއްޔާ ހިންގަން ސްކޫލެއް އެޅުމުގެ މަސައްކަތް ސަރުކާރުން މިހާރު ދަނީ ކުރަމުންނެެވެ.
ކިޔުންތެރިންގެ ހިޔާލު