ރައްޔިތުންގެ މަޖިލީހުގެ ނާއިބުރައީސް އަދި ދިއްގަރު ދާއިރާގެ މަޖިލީސް މެންބަރު އަޙްމަދު ނާޒިމް
ރައްޔިތުންގެ މަޖިލީހުގެ ނާއިބުރައީސް އަދި ދިއްގަރު ދާއިރާގެ މަޖިލީސް މެންބަރު އަޙްމަދު ނާޒިމް
ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން އޮޑިޓް އޮފީހަށް 18 ޚާއްސަ އޮޑިޓް ޙަވާލު ކޮށްފައިވާއިރު، މިހާތަނަށް ނިންމުނީ 9 އޮޑިޓް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނާއިބުރައީސް އަދި ދިއްގަރު ދާއިރާގެ މަޖިލީސް މެންބަރު އަޙްމަދު ނާޒިމް ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމެޓީގެ މިއަދުގެ ބައްދަލުވުމުގައި، މެންބަރު ނާޒިމް ވަނީ މާލިއްޔަތު ކޮމެޓީން ސުންގަޑި ދީފައިވާ ހާއްސަ އޮޑިޓު ރިޕޯޓުތައް އެއްކޮށް ނިމިފައި ނުވާތީ އެކަމުގެ ކަންބޮޑުވުން ފާޅު ކުރަށްވާފައެވެ.

އެގޮތުން ނާޒިމް ވިދާޅުވީ، މުއައްސަސާތަކާއި ކުންފުނިތައް އޮޑިޓު ނުކުރެވި ގިނަ ދުވަސް ވެގެންދާނަމަ އެއިން ކޮންމެ ދުވަހަކީވެސް ދައުލަތަށް ވަރަށް ގިނަ ފައިސާތަކެއް ގެއްލިގެންދާ ދުވަހެއް ކަމަށެވެ. އެހެންކަމުން އެކަމުގައި ޙައެްލުތަކެއް ހޯދަންޖެހޭކަން ނާޒިމް ފާހަގަ ކުރެއްވިއެވެ.

އޮޑިޓް އޮފީހުގެ ޕާފޯމަންސާމެދު ކަންބޮޑުވުން ފާޅު ކުރަށްވަމުން މެންބަރު ނާޒިމް ވިދާޅުވީ، އޮޑިޓު އޮފީސް އޮޑިޓު ކުރުމަށް މާލިއްޔަތު ކޮމެޓީން ހަވާލުކުރި ކޭޕީއެމްޖީގެ ރިޕޯޓު ދައްކާގޮތުން އޮޑިޓް އޮފީހަށް ފުރިހަމަ ކުރެވިފައިވަނީ 621 އޮޑިޓް ރިޕޯޓުގެ ތެރެއިން 189 އޮޑިޓް ކަމަށެވެ.

“އަނެއް 432 ކުރިއަށްދާ ކަމަށް. އެހެންވީމާ ކުރިއަށް ދަންޏާ ނިމޭނެތާ. ހާއްސަ އޮޑިޓުތައް އަޅުގަނޑުމެން ހަވާލު ކުރި 18 އޮޑިޓުގެ ތެރެއިން 9 އޮޑިޓު މިވަނީ ނިމިފައި.” ނާޒިމް ވިދާޅުވި އެވެ.

އެހެންކަމުން ނާޒިމް ވަނީ އޮޑިޓު އޮފީހުގެ ޕާފޯމަންސާއި އެހެނިހެން ކަންކަމާ ގުޅޭ ގޮތުން އޮޑިޓާ ޖެނެރަލާ ބައްދަލުކޮށްގެން ޓައިމްލީކޮށް ކަންކަން ނިމޭނެ ގޮތެއް ހަމަޖައްސަން މިއަދު އެދިވަޑައިގެންފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން