މިއަދު ކިޔައިދޭން މިއުޅެނީ ނުހަނު އަޖައިބުކުރުވަނިވި ވާހަކައެކެވެ. ހަމައެކަނި ޤުރުއާނުގެ އާޔަތްތައް ބޭނުންކޮށްގެން ވާހަކަދެއްކި އަންހެނެއްގެ ވާހަކައެވެ. މިއީ މީގެ ގާތްގަނޑަކަށް 15 ވަރަކަށް އަހަރު ކުރިން ދެކުނު އެފްރިކާގެ ދަންނަބޭކަލެއް ކަމުގައިވާ އައްޝައިޚް ސުލައިމާން މޫލާގެ ދަރުހަކުން އަޑުއިވުނު ވާހަކައެކެވެ. އޭރު މި ވާހަކަ ދިވެހި ބަހަށް ތަރުޖަމާކޮށްގެން އަތުން ލިޔެގެން ގެންގުޅުނީމެވެ. މިއަދު މި ގަސްދުކުރަނީ މިތަނުގައި ޝާޢިއުކޮށް ތިޔަ ކިޔުންތެރިންނާ ހިއްސާކުރާށެވެ.
ޙަނަފީ މަޒުހަބުގެ މަޝްހޫރު ޢިލްމުވެރިއެއްކަމުގައިވާ ޢަބްދުﷲ އިބްނު މުބާރަކް (މާތްރަސްކަލާނގެ އެކަލޭގެފާނަށް ރަޙްމަތްލައްވާށިއެވެ.) ޙައްޖުގެ އަޅުކަން ނިންމަވާފައި ދުރުވި މަގުމަތީގައި ގަސްބުޑެއްގެ މަތީގައި އެކަނިމާއެކަނި އިށީނދެލައިގެން އިން މުސްކުޅި އަންހެނަކާ ދިމާވިއެވެ.
ޢަބްދުﷲ އިބްނު މުބާރަކް: السلام عليك ورحمة الله وبركاته
އެކަނބުލޭގެ: سَلَامٌ قَوْلًا مِّن رَّبٍّ رَّحِيمٍ (ޔާސީން ސޫރަތުގެ 58 އާޔަތް: ރަޙީމްވަންތަ ކަލެއްގެ ޙަޟްރަތުން އިއްވަވާ ސަލާމުގެ ބަސްފުޅެވެ.)
ޢަބްދުﷲ އިބްނު މުބާރަކް: ކަނބުލޭގެ މިތަނުގައި ތިޔަ އިނީ ކީއްވެ؟
އެކަނބުލޭގެ: مَن يُضْلِلِ اللَّهُ فَلَا هَادِيَ لَهُ (އަލްއަޢުރާފު ސޫރަތުގެ 186 ވަނަ އާޔަތް: ﷲ މަގުފުރައްދަވާމީހާ ފަހެ، އެމީހަކަށް ތެދުމަގުދައްކާނޭ ފަރާތެއް ނުވެތެވެ.)
އެކަނބުލޭގެ އެ އާޔަތް ކިޔެވުމުން އޭނާއަކީ މަގު ގެއްލިގެން އެތަނުގައި މަޑުކޮށްލައިގެން އިން މީހެއްކަން އެކަލޭގެފާނަށް އެނގިލެއްވިއެވެ.
ޢަބްދުﷲ އިބްނު މުބާރަކް: ކަނބުލޭގެ ދާން ބޭނުންވަނީ ކޮންތާކަށް؟
އެކަނބުލޭގެ: سُبْحَانَ الَّذِي أَسْرَىٰ بِعَبْدِهِ لَيْلًا مِّنَ الْمَسْجِدِ الْحَرَامِ إِلَى الْمَسْجِدِ الْأَقْصَى (އަލްއިސްރާ ސޫރަތުގެ 1 ވަނަ އާޔަތް: އެކަލާނގެ ހުސްޠާހިރުވަންތަކަމާއެވެ! އެކަލާނގެއީ، އަލްމަސްޖިދުލް ޙަރާމުން، އަލްމަސްޖިދުލް އަޤްޞާއަށް އެކަލާނގެ އަޅާ، ރޭގަނޑުން ބައެއްގައި ގެންދެވި ރަސްކަލާނގެއެވެ.)
އެކަނބުލޭގެ އެ އާޔަތް ކިޔެވުމުން އޭނާ އެ އިނީ ޙައްޖުގެ އަޅުކަންކޮށް ނިމިގެން މަސްޖިދުލްއަޤްޞާއަށް ދިޔުމުގެ ބޭނުމުގައި ކަން އެނގިލެއްވިއެވެ.
ޢަބްދުﷲ އިބްނު މުބާރަކް: މިތަނުގައި އިންނަތާ ކިހާ ދުވަހެއްވެއްޖެ؟
އެކަނބުލޭގެ: ثَلَاثَ لَيَالٍ سَوِيًّا (މަރިޔަމް ސޫރަތުގެ 10 ވަނަ އާޔަތުން: ފުރިހަމަ ތިންރޭ ވަންދެން)
ޢަބްދުﷲ އިބްނު މުބާރަކް: ކަނބުލޭގެ ކައިހަދަނީ ކިހިނެއް؟
އެކަނބުލޭގެ: هُوَ يُطْعِمُنِي وَيَسْقِينِ (އައްޝުޢަރާ ސޫރަތުގެ 79 ވަނަ އާޔަތުން: އެކަލާނގެއީ، ތިމަންނާއަށް ކާންދެއްވާ، އަދި ބޯންދެއްވާ ރަސްކަލާނގެއެވެ.)
ޢަބްދުﷲ އިބްނު މުބާރަކް: ވުޟޫކުރުމަށްޓަކައި ފެން އެބަހުރިތަ؟
އެކަނބުލޭގެ: فَلَمْ تَجِدُوا مَاءً فَتَيَمَّمُوا صَعِيدًا (އައްނިސާ ސޫރަތުގެ 43 ވަނަ އާޔަތުން: ދެން، ތިޔަބައިމީހުންނަށް ފެން ނުލިބިއްޖިއްޔާ، ޠާހިރު ވެލިން ތިޔަބައިމީހުން ތަޔައްމަމު ކުރާށެވެ!)
ޢަބްދުﷲ އިބްނު މުބާރަކް: އަހަރެންގެ އަތުގައި ކާނާ އެބަހުރި. ކާންވީނު!
އެކަނބުލޭގެ: ثُمَّ أَتِمُّوا الصِّيَامَ إِلَى اللَّيْلِ (އަލްބަޤަރާ ސޫރަތުގެ 187 ވަނަ އާޔަތުން: ދެން އެއަށްފަހު، ރޭވެއްޖައުމަށް ދާނދެން ތިޔަބައިމީހުން ރޯދަ ފުރިހަމަ ކުރާށެވެ!)
ޢަބްދުﷲ އިބްނު މުބާރަކް: މިއީ ރޯދަމަހެއް ވެސް ނޫނެއްނު؟
އެކަނބުލޭގެ: وَمَن تَطَوَّعَ خَيْرًا فَإِنَّ اللَّهَ شَاكِرٌ عَلِيمٌ (އަލްބަޤަރާ ސޫރަތުގެ 158 ވަނަ އާޔަތުން: އަދި ހެޔޮކަމެއްކޮށްފިމީހާ ފަހެ، ހަމަކަށަވަރުން ﷲއީ، ޝުކުރުވެރިވެވޮޑިގެންވާ މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ.)
ޢަބްދުﷲ އިބްނު މުބާރަކް: ދަތުރުމަތީގައި ރޯދަ ދޫކޮށްލުން ހުއްދަވެގެންވެއެއްނު؟
އެކަނބުލޭގެ: وَأَن تَصُومُوا خَيْرٌ لَّكُمْ ۖ إِن كُنتُمْ تَعْلَمُونَ (އަލްބަޤަރާ ސޫރަތުގެ 184 ވަނަ އާޔަތުން: އަދި ތިޔަބައިމީހުން ރޯދަހިފުން ތިޔަބައިމީހުންނަށް ހެޔޮކަން ބޮޑެވެ. އެކަން ތިޔަބައިމީހުން ދަންނާނެ ނަމައެވެ.)
ޢަބްދުﷲ އިބްނު މުބާރަކް: އަހުރެން ކަނބުލޭގެއާ މި ވާހަކަދައްކާ ގޮތަށް ވާހަކަދައްކަންވީނު!
އެކަނބުލޭގެ: مَّا يَلْفِظُ مِن قَوْلٍ إِلَّا لَدَيْهِ رَقِيبٌ عَتِيدٌ (ޤާފް ސޫރަތުގެ 18 ވަނަ އާޔަތް: ބަލަހައްޓަވަން އޭނާގެ ކައިރީގައި ޙާޟިރުވެ މަލާއިކަތަކުނެތި، އެނާޔަކަށް އެއްވެސް ބަހެއް ނުބުނެވެތެވެ.)
ޢަބްދުﷲ އިބްނު މުބާރަކް: ކަނބުލޭގެ ތިޔައީ ކޮން ޤަބީލާއެއްގެ މީހެއްތަ؟
އެކަނބުލޭގެ: وَلَا تَقْفُ مَا لَيْسَ لَكَ بِهِ عِلْمٌ ۚ إِنَّ السَّمْعَ وَالْبَصَرَ وَالْفُؤَادَ كُلُّ أُولَٰئِكَ كَانَ عَنْهُ مَسْئُولًا (އަލްއިސްރާ ސޫރަތުގެ 36 ވަނަ އާޔަތް: އަދި ތިބާޔަށް އެކަމަކާމެދު އެނގުމެއް ނުވާކަމަކަށް، ތިބާ ތަބަޢަ ނުވާށެވެ! ހަމަކަށަވަރުން، އިވުމާއި، ފެނުމާއި، ހިތާއި، މިއިން ކޮންމެ ކަމަކީ، އެއާމެދު ސުއާލު ކުރައްވާނެ ކަމެއްކަމުގައިވިއެވެ.)
ޢަބްދުﷲ އިބްނު މުބާރަކް: މާފުކުރޭ! އެއީ ކުރެވުނު ކުށެއް!
އެކަނބުލޭގެ: لَا تَثْرِيبَ عَلَيْكُمُ الْيَوْمَ ۖ يَغْفِرُ اللَّهُ لَكُمْ ۖ وَهُوَ أَرْحَمُ الرَّاحِمِينَ (ޔޫސުފް ސޫރަތުގެ 92 ވަނަ އާޔަތުން: މިއަދު ތިޔަބައިމީހުންގެ މައްޗަކަށް މަލާމާތެއް ދެރަބަހެއް ނެތެވެ. ތިޔަބައިމީހުންނަށް ﷲ ފާފަފުއްސަވާށިއެވެ! އަދި އެކަލާނގެއީ، ރަޙްމަތް ލައްވާ އެންމެ ރަޙްމަތްވަންތަ ރަސްކަލާނގެއެވެ.)
ޢަބްދުﷲ އިބްނު މުބާރަކް: އަހުރެންގެ ޖަމަލުގައި ކަނބުލޭގެ ޤާފިލާއާ ހަމައަށް ގެންގޮސްދެންތަ؟
އެކަނބުލޭގެ: وَمَا تَفْعَلُوا مِنْ خَيْرٍ يَعْلَمْهُ اللَّهُ (އަލްބަޤަރާ ސޫރަތުގެ 197 ވަނަ އާޔަތުން: ހެޔޮކަމުގެ ތެރެއިން ތިޔަބައިމީހުންކުރާ ކޮންމެ ކަމެއް ﷲ ދެނެވޮޑިގެންވެއެވެ.)
ޢަބްދުﷲ އިބްނު މުބާރަކް: (އެކަނބުލޭގެ އެރުމަށްޓަކައި ޖަމަލު ތިރިކުރުމަށްފަހު) ޖަމަލަށް ސަވާރުވޭ!
އެކަނބުލޭގެ: قُل لِّلْمُؤْمِنِينَ يَغُضُّوا مِنْ أَبْصَارِهِمْ (އައްނޫރު ސޫރަތުގެ 30 ވަނަ އާޔަތުން: މުއުމިނު ފިރިހެނުންނަށް، އެއުރެންގެ ބެލުންތައް ތިރިކުރުމަށް ކަލޭގެފާނު ވިދާޅުވާށެވެ!)
އެކަނބުލޭގެ އެ އާޔަތް ކިޔެވުމުން ޢަބްދުﷲ އިބްނު މުބާރަކް އެކަލޭގެފާނުގެ މޫނު އަނެއްފަރާތަށް އަނބުރައިލެއްވިއެވެ. އަދި އެވަގުތު ޖަމަލު ނުބަނދެ އޮތުމުން އެކަނބުލޭގެ ޖަމަލަށް އަރަނިކޮށް އޭތި ތެޅިގަތުމުން އެކަނބުލޭގެ ހެދުން ޖަމަލުގެ ލަގަނުގައި އަޅައިގަނެ ވީދުނެވެ.
އެކަނބުލޭގެ: وَمَا أَصَابَكُم مِّن مُّصِيبَةٍ فَبِمَا كَسَبَتْ أَيْدِيكُمْ (އައްޝޫރާ ސޫރަތުގެ 30 ވަނަ އާޔަތުން: ތިޔަބައިމީހުންނަށް ޖެހޭހާ މުޞީބަތެއް ޖެހެނީ، ތިޔަބައިމީހުންގެ އަތްތަކުން ހޯދިކަންތަކުގެ ސަބަބުންނެވެ.)
އެކަނބުލޭގެ އެ އާޔަތް ކިޔެވުމުން އެކަންތައް އެދިމާވީ އެކަލޭގެފާނަށް ޖަމަލު ނުބަނދެވި ހުރުމުގެ ސަބަބުންކަން އިޙްސާސްކުރެއްވި އެކަލޭގެފާނު ޖަމަލުގެ ފައި ބެންނެވުމަށްފަހު ލަގަން ރަނގަޅުކޮށްދެއްވިއެވެ.
އެކަނބުލޭގެ: فَفَهَّمْنَاهَا سُلَيْمَانَ (އަލްއަންބިޔާ ސޫރަތުގެ 79 ވަނަ އާޔަތުން: ފަހެ، ތިމަންރަސްކަލާނގެ ސުލައިމާނުގެފާނަށް އެ ޙުކުމް ވިސްނައިދެއްވީމެވެ.)
ދެން އެކަނބުލޭގެ ޖަމަލަށް ސަވާރުވުމުން ޢަބްދުﷲ އިބްނު މުބާރަކް ދަތުރު ފެއްޓެވިއެވެ.
އެކަނބުލޭގެ: سُبْحَانَ الَّذِي سَخَّرَ لَنَا هَٰذَا وَمَا كُنَّا لَهُ مُقْرِنِينَ (އައްޒުޚްރުފް ސޫރަތުގެ 13 ވަނަ އާޔަތުން: އަޅަމެންނަށް މި ތަކެތި ޚިދުމަތްތެރިކޮށްދެއްވި ރަސްކަލާނގެ ހުސްޠާހިރުވަންތަކަމާއެވެ! އަދި އަޅަމެންއެކަމަށް ކުޅަދާނަވެގެންވާ ބަޔަކުކަމުގައި ނުވަމުއެވެ.)
ޢަބްދުﷲ އިބްނު މުބާރަކް ޖަމަލުގެ ލަގަނުގައި ހިއްޕަވައިގެން ޖަމަލާއެކު ހަރުކޮށް ހިންގަވަމުން ޢަރަބީންގެ މީހުން ކިޔައިއުޅުނު މަޝްހޫރު ޅެމެއް ކަމުގައިވާ "ހުއްދީ" ކިޔުއްވަން ފެއްޓެވިއެވެ.
އެކަނބުލޭގެ: وَاقْصِدْ فِي مَشْيِكَ وَاغْضُضْ مِن صَوْتِكَ (ލުޤްމާން ސޫރަތުގެ 19 ވަނަ އާޔަތުން: އަދި ތިބާ ހިނގާ ހިނގުމުގައި މެދުމިނަށް ހިނގާށެވެ! އަދި ތިބާގެ އަޑު މަޑުކުރާށެވެ!)
އެކަނބުލޭގެ މިއާޔަތް ކިޔެވުމާއެކު ޢަބްދުﷲ އިބްނު މުބާރަކް، އެކަލޭގެފާނުގެ ހިންގެވުން ލަސްކުރައްވައި ކިޔުއްވަމުން ގެންދެވި ޅެމުގެ އަޑުވެސް މަޑުކުރެއްވިއެވެ.
އެކަނބުލޭގެ: فَاقْرَءُوا مَا تَيَسَّرَ مِنَ الْقُرْآنِ (އަލްމުޒައްމިލް ސޫރަތުގެ 20 ވަނަ އާޔަތުން: ފަހެ، ޤުރްއާނުން ފަސޭހަވީ މިންވަރެއް ތިޔަބައިމީހުން ކިޔަވާށެވެ!)
އެކަނބުލޭގެ މިއާޔަތް ކިޔެވުމާއެކު ޢަބްދުﷲ އިބްނު މުބާރަކް، އެކަލޭގެފާނު ކިޔުއްވަމުން ގެންދެވި ޅެން ކިޔުއްވުން ހުއްޓަވާލައްވާފައި ކީރިތި ޤުރުއާން ކިޔުއްވަން ފެއްޓެވިއެވެ.
އެކަނބުލޭގެ: وَمَا يَذَّكَّرُ إِلَّا أُولُو الْأَلْبَابِ (އަލްބަޤަރާ ސޫރަތުގެ 269 ވަނަ އާޔަތުން: ބުއްދީގެ އަހުލުވެރިން މެނުވީ، ވިސްނައި ހަނދުމަކޮށެއް ނަހަދަތެވެ.)
ޢަބްދުﷲ އިބްނު މުބާރަކް: (އިރުކޮޅެއްވަންދެން ޤުރުއާން ކިޔުއްވުމަށްފަހު) އުޚްތާ! ކަނބުލޭގެ ފިރިއަކު އެބަހުރިތަ؟
އެކަނބުލޭގެ: يَا أَيُّهَا الَّذِينَ آمَنُوا لَا تَسْأَلُوا عَنْ أَشْيَاءَ إِن تُبْدَ لَكُمْ تَسُؤْكُمْ (އަލްމާއިދާ ސޫރަތުގެ 101 ވަނަ އާޔަތުން: އޭ އީމާން ވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުންނަށް އެކަންކަން ފާޅުކުރައްވައިފިނަމަ، ތިޔަބައިމީހުންނަށް އުނދަގޫވެ، ނުރުހުންވާނޭ ކަންކަމާމެދު ތިޔަބައިމީހުން ސުއާލު ނުކުރާށެވެ.)
އެވަގުތު ކުރިމަތިން ދަތުރުކުރަމުންދިޔަ ޤާފިލާއެއް ފެނުނެވެ.
ޢަބްދުﷲ އިބްނު މުބާރަކް: އެ ޤާފިލާގައި ކަނބުލޭގެ ތިމާގެ މީހަކު ހުންނާނެތަ؟
އެކަނބުލޭގެ: الْمَالُ وَالْبَنُونَ زِينَةُ الْحَيَاةِ الدُّنْيَا (އަލްކަހްފް ސޫރަތުގެ 46 ވަނަ އާޔަތުން: މުދަލާއި ދަރިންނަކީ ދުނިޔޭގެ ދިރިއުޅުމުގެ ޒީނަތްތެރިކަމެވެ.)
އެކަނބުލޭގެ މިއާޔަތް ކިޔެވުމާއެކު އެ ޤާފިލާގައި އޭނާގެ ދަރިން ތިބިކަން އެކަލޭގެފާނަށް އެނގިލެއްވިއެވެ.
ޢަބްދުﷲ އިބްނު މުބާރަކް: ކަނބުލޭގެ ދަރިން އެ ޤާފިލާގައި ކުރަނީކީއް؟
އެކަނބުލޭގެ: وَعَلَامَاتٍ ۚ وَبِالنَّجْمِ هُمْ يَهْتَدُونَ (އައްނަހްލް ސޫރަތުގެ 16 ވަނަ އާޔަތް: އަދި ފާހަގަތަކެއް ލެއްވިއެވެ. އަދި ތަރިތަކުންވެސް އެއުރެން މަގު ހޯދައިގަނެތެވެ.)
އެ އާޔަތުން އޭނާގެ ދަރިންނަކީ އެ ޤާފިލާގެ އާރުކާޓީން ކަމުގައި ޢަބްދުﷲ އިބްނު މުބާރަކަށް ދޭހަވެލެއްވިއެވެ.
ޢަބްދުﷲ އިބްނު މުބާރަކް: ދަރީންނަށް ކިޔަނީ ކޮން ނަންތަކެއް؟
އެކަނބުލޭގެ: وَاتَّخَذَ اللَّهُ إِبْرَاهِيمَ خَلِيلًا (އައްނިސާ ސޫރަތުގެ 125 ވަނަ އާޔަތުން: ﷲ، މިތުރަކު ކަމުގައި އިބްރާހީމުގެފާނު ހިއްޕެވިއެވެ.) وَكَلَّمَ اللَّهُ مُوسَىٰ تَكْلِيمًا (އައްނިސާ ސޫރަތުގެ 164 ވަނަ އާޔަތުން: މެދުވެރިއެއްނެތި މޫސާގެފާނަށް ﷲ ބަސް ވަޙީ ކުރެއްވިއެވެ.) يَا يَحْيَىٰ خُذِ الْكِتَابَ بِقُوَّةٍ (މަރިޔަމް ސޫރަތުގެ 12 ވަނަ އާޔަތުން: އޭ ޔަޙްޔާގެފާނެވެ! ކަލޭގެފާނު ފޮތުގައި ބާރަށް ހިފަހައްޓަވާށެވެ!)
އެކަނބުލޭގެ ދަރީންނަށް ކިޔަނީ އިބްރާހީމާއި، މޫސައާއި، ޔަޙްޔާކަން އެނގިލެއްވުމުން އެ ޤާފިލާދޮށަށް ދުރުވެ އެކަލޭގެފާނު އެމީހުންގެ ނަންތަކުން ގޮވުމުން ޒުވާން ތިން ފިރިހެނަކު އެ ޤާފިލާގެ ތެރެއިން ނިކުމެގެން އައެވެ.
އެކަނބުލޭގެ: فَابْعَثُوا أَحَدَكُم بِوَرِقِكُمْ هَٰذِهِ إِلَى الْمَدِينَةِ فَلْيَنظُرْ أَيُّهَا أَزْكَىٰ طَعَامًا فَلْيَأْتِكُم بِرِزْقٍ مِّنْهُ (އަލްކަހްފް ސޫރަތުގެ 19 ވަނަ އާޔަތުން: ފަހެ، ތިޔަބައިމީހުންގެ މިފައިސާ ހިފައިގެން ތިޔަބައިމީހުންކުރެ އެކަކު، ރަށުތެރެއަށް ފޮނުވައިބަލާށެވެ! އެމީހަކު އެންމެރަނގަޅު، ޙަލާލު ކާނާއެއް ބަލާހުށިކަމެވެ! އަދި އެއިން ކާއެތިކޮޅެއް ތިޔަބައިމީހުންނަށް ގެންނަހުށިކަމެވެ!)
އެއަށްފަހު އެކަނބުލޭގެ އޭނާގެ ދަރީން އަތަށް ފައިސާ ދިނެވެ. އަދި އެތަނުން ކުއްޖަކު އެފައިސާ ހިފައިގެން ގޮސް ކާއެއްޗެހި ގެނައުމުން އެކަނބުލޭގެ ޢަބްދުﷲ އިބްނު މުބާރަކާ މުޚާޠަބުކުރިއެވެ.
އެކަނބުލޭގެ: كُلُوا وَاشْرَبُوا هَنِيئًا بِمَا أَسْلَفْتُمْ فِي الْأَيَّامِ الْخَالِيَةِ (އަލްޙާއްޤަ ސޫރަތުގެ 24 ވަނަ އާޔަތް: އަރާމުލިބެނިވިގޮތުގައި، ތިޔަބައިމީހުން ކައިބޮއި އުޅޭށެވެ! ދުނިޔޭގައި ތިޔަބައިމީހުން ހޭދަކުރި ދުވަސްތަކުގައި ތިޔަބައިމީހުންކުރި ހެޔޮ ޢަމަލުތަކުގެ ޖަޒާއެއްގެ ގޮތުންނެވެ.)
އަދި ޢަބްދުﷲ އިބްނު މުބާރަކް އެކަނބުލޭގެއާ މެދު ކަންތައްކުރެއްވި ލެއް ހެޔޮކަމުން ޝުކުރުއަދާކުރުމުގެ ގޮތުން ބުންޏެވެ.
އެކަނބުލޭގެ: هَلْ جَزَاءُ الْإِحْسَانِ إِلَّا الْإِحْسَانُ (އައްރަޙްމާން ސޫރަތުގެ 60 ވަނަ އާޔަތް: )
އެއަށްފަހު، ޢަބްދުﷲ އިބްނު މުބާރަކް އެ ކަނބުލޭގެއަށް ޝުކުރު އަދާކުރެއްވުމަށްފަހު، އޭނާގެ ދަރިންނާ ވަކިން ބައްދަލުކުރެއްވިއެވެ. އަދި އެމީހުންގެ މަންމަ ކީރިތި ޤުރުއާނުގެ އާޔަތްތައް ބޭނުންކޮށްގެން މުޢާމަލާތްކުރާ ސަބަބު އެއްސެވިއެވެ. އެ މީހުން ޖަވާބުގައި ބުނީ އެ މީހުންގެ މަންމަ އެފަދައިން ވާހަކަދައްކާތާ 40 އަހަރު ވެއްޖެ ކަމަށެވެ. އަދި އިތުރަށް ބުނީ، މަންމަ އެފަދައިން ޤުރުއާނުގެ އާޔަތްތަކުން ވާހަކަދައްކަނީ ޤިޔާމަތްދުވަހު ދުލުން އެއްވެސް ފާފައެއް ނުކޮށްހުރި މީހެއްގެ ގޮތުގައި ވުމަށްކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު