ހުއްޓުމެއް ނެތި ބޯކޮށް ވާރޭވެހުމުގެ ސަބަބުން ވެރިރަށް މާލޭގެ ބޮޑު ސަރަހައްދެއްގައި ފެންބޮޑުވެއްޖެއެވެ.
މިރޭ އިރުއޮއްސުނުފަހުން ވާރޭވެހެން ފެށި ގޮތަށް، މި ވަގުތާ ހަމައަށް ވެސް މާލެއަށް ދަނީ ހުއްޓުމެއް ނެތި ބޯކޮށް ވާރޭވެހެމުންނެވެ. އޭގެ ސަބަބުން މާލޭގެ ގިނަ މަގުތަކުގައި ވަނީ ވަރަށް ބޮޑަށް ފެންބޮޑުވެފައެވެ. އަދި ބައެއް ގެތަކަށް ފެންވަދެ، ގޭތެރޭގެ މުދަލަށް ވެސް ދަނީ ގެއްލުންވަމުންނެވެ.
މާލޭގެ ބޮޑު ސަރަހައްދެއްގައި ފެންބޮޑުވެފައިވާއިރު، ކުރިއަށް އޮތް 24 ގަޑިއިރު ވެސް މުޅި ރާއްޖެއަށް ބޯކޮށް ވާރޭވެހޭނެ ކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވަނީ ލަފާކޮށްފައެވެ.
މާލޭގެ މަގުތަކުގައި ބޮޑުވެފައިވާ ފެން ހިންދުމުގެ މަސައްކަތް މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން މިރޭ އިރުއޮއްސުނީ އިރުން ފެށިގެން ދަނީ ކުރަމުންނެވެ.
ފެންބޮޑުވުމުގެ ސަބަބުން ގެއްލުން ލިބިދާފަދަ ހިސާބުތަކުގައި ހުންނަ ކާބޯތަކެއްޗާއި ހިފައިގެންގުޅޭ ތަކެތި ފެން ނުޖެހޭ ފަދަ އުސް ތަންތަނަށް އެރުވުމަށް އެމްއެންޑީއެފުން ވަނީ އިރުޝާދުދީފައެވެ. އަދި ގަދަވައިގެ ސަބަބުން ގޭގޭގެ ފުރާޅު އެއްލައިލަފާނެ ކަމަށް ލަފާކުރެވޭ ނަމަ، ކުރިއާލައި ފުރާޅުގެ ޓިނުތައް ރަނގަޅަށް ބަނދެ ހައްޔަރުކުރުމަށް ވެސް އެ އިދާރާއިން އެދިފައިވެއެވެ.
މީގެ އިތުރުން، ކަނޑުދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް އެމްއެންޑީއެފާއި މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވަނީ އިލްތިމާސްކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު