ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ "މޯލްޑިވްސް 2.0" ގެ ތަސައްވުރު ހަގީގަތަކަށް ހެއްދެވުމަށްޓަކައި، ރާއްޖޭގެ ތަފާސްހިސާބުގެ ނިޒާމު އިތުރަށް ތަރައްގީކޮށް، ޒަމާނީ ޓެކްނޮލޮޖީގެ އެހީގައި އެ ނިޒާމު ބަދަލުކުރުމަށް ސަރުކާރުން ޚާއްސަ އިސްކަމެއް ދެއްވާ ކަމަށް މާލީ ވަޒީރު ޙަސަން ޒަރީރު ވިދާޅުވެއްޖެއެވެ.
ގައުމީ ތަފާސްހިސާބުގެ ދުވަހުގެ މުނާސަބަތުގައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅުދައްކަވަމުން ވަޒީރު ފާހަގަކުރެއްވި ގޮތުގައި، ދައުލަތުގެ ސިޔާސަތުތައް ހަރުދަނާ އުސޫލުތަކުގެ މައްޗަށް ބިނާކުރުމަށާއި، ތަރައްގީގެ މަޝްރޫއުތައް އެންމެ ފައިދާހުރި ގޮތުގައި ރޭވުމަށް، އިތުބާރުހުރި އަދި އަދާހަމަ ތަފާސްހިސާބުގެ ދައުރު ނުހަނު ބޮޑެވެ. އަދި ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު މަތިކުރުމަށްޓަކައި ކުރެވޭ ހޭދައިން އެދެވޭ ނަތީޖާ ހާސިލުވަމުންދާކަން ކަށަވަރުކުރުމަށް މިއަދު މިފަދަ މައުލޫމާތުތަކަށް ނުހަނު ބޮޑަށް ބޭނުންޖެހިފައިވާކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
މާލީ ވުޒާރާގެ މަސައްކަތްތަކަށް އަލިއަޅުއްވާލައްވަމުން ވަޒީރު ވިދާޅުވީ، ދައުލަތުގެ މާލިއްޔަތު ޒިންމާދާރުކަމާއެކު ބެލެހެއްޓުމަށާއި، ފިސްކަލް ސިޔާސަތުތައް ތަންފީޒުކުރުމުގައި ތަފާސްހިސާބު ފުޅާ ދާއިރާއެއްގައި ބޭނުންކުރެވެމުންދާ ކަމަށެވެ. އެގޮތުން ދައުލަތުގެ ބަޖެޓު އެކުލަވައިލުމާއި، މާލީ ނުރައްކާތައް ދެނެގަތުމުގެ އިތުރުން، ދައުލަތުގެ ވަސީލަތްތައް އެންމެ ފުރިހަމައަށް ބޭނުންކުރުމަށް ކުރެވޭ މަސައްކަތްތަކުގެ ކާމިޔާބީ މިންކުރެވެނީވެސް ސައްހަ ތަފާސްހިސާބުގެ އަލީގައި ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ. މީގެއިތުރުން، ކުރިއަށް އޮތް ތަނުގައި ސިޔާސަތުތައް އިތުރަށް ހަރުދަނާކުރުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތައް ދެނެގަތުމަށްވެސް މި މައުލޫމާތުތަކަކީ ކޮންމެހެން ބޭނުންތެރި އެއްޗެއްކަމުގައި ވިދާޅުވިއެވެ.
މީގެއިތުރުން، ރާއްޖޭގެ ގައުމީ ތަފާސްހިސާބުގެ ނިޒާމުގައި ހިމެނޭ އެންމެހައި މުއައްސަސާތަކުންވެސް މައުލޫމާތު އެއްކޮށް ބެލެހެއްޓުމުގައި ބައިނަލްއަގުވާމީ މިންގަނޑުތަކަށް އަމަލުކުރުމުގެ މުހިންމުކަން ވަޒީރު ފާހަގަކުރެއްވިއެވެ. އަދި ޒަމާނީ ޓެކްނޮލޮޖީގެ ވަސީލަތްތައް ބޭނުންކޮށްގެން މަސައްކަތްތައް ހަލުވިކޮށް، މައުލޫމާތުގެ ފެންވަރު މަތިކުރުމަށް އިލްތިމާސްކުރައްވަމުން، މި ދާއިރާއިން ކުރެވޭ އެންމެހައި މަސައްކަތްތަކަށް މާލީ ވުޒާރާގެ ފުރިހަމަ އެއްބާރުލުން ލިބިގެންދާނެކަމުގެ ޔަގީންކަން ވަޒީރު ވަނީ ދެއްވާފައެވެ.
ވާހަކަފުޅު ނިންމަވާލައްވަމުން ވަޒީރު ވަނީ، ދައުލަތުގެ މުއައްސަސާތަކުގެ މާލީ ކަންކަން ހިންގުމާއި ބެލެހެއްޓުން އިތުރަށް ހަރުދަނާކުރެއްވުމަށް ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުތަކަށް އަލިއަޅުއްވާލައްވާފައެވެ.
އެގޮތުން، ދައުލަތުގެ ޚަރަދުތައް ކުޑަކޮށް، އިސްރާފު ނައްތައިލުމަށާއި، މާލީ ކަންކަމުގައި ދެފުށް ފެންނަ، ޒިންމާދާރު އުސޫލުތަކެއް ގާއިމުކުރުމަށްޓަކައި ހަރުދަނާ ފިޔަވަޅުތަކެއް އަޅަމުންދާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އަދި ދައުލަތުގެ މާލިއްޔަތު ޑިޖިޓަލައިޒްކޮށް، އެންމެހައި މުއައްސަސާތަކެއްގެ މާލީ މުއާމަލާތްތައް އެއް ވިއުގައަކުން ގުޅާލުމަކީ، މާލީ ނިޒާމުގެ ހިންގުން ހަރުދަނާވެ، ރައްޔިތުންގެ ފައިސާ އެންމެ ފައިދާހުރި ގޮތުގައި ބޭނުންކުރުމަށް މަގުފަހިވެގެންދާނެ ކަމެއް ކަމުގައި ވަޒީރު ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު