ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ޕާކިސްތާނުގެ ރައީސް އާސިފް ޢަލީ ޒަރްދާރީއާ ބައްދަލުކުރައްވައިފިއެވެ.
ޕާކިސްތާނުގެ ރަސްމީ ގަނޑުވަރު (އައިވާން-އީ-ސަދްރު) ގައި ބޭއްވެވި މި ބައްދަލުވުމުގައި، ދެ ޤައުމުގެ އިސްވެރިން ވަނީ ރާއްޖެއާއި ޕާކިސްތާނާ ދެމެދު އޮތް ޒަމާންވީ އަޚުވަންތަ ގުޅުން އިތުރަށް ބަދަހިކުރުމާ ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ.
ރައީސްގެ ދެކަނބަލުންނަށް ޕާކިސްތާނުގެ ރައީސާއި ފަސްޓް ލޭޑީ އަދި ނޭޝަނަލް އެސެމްބްލީގެ މެންބަރު އަސީފާ ބުއްޓޯ ޒަރްދާރީ ވަނީ ވަރަށް ހޫނު މަރުޙަބާއެއް ދަންނަވާފައެވެ.
މި ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން ރައީސް މުޢިއްޒު ވަނީ ދެ ޤައުމުގެ މެދުގައި އޮތް ތާރީޚީ ގުޅުމުގެ މައްޗަށް އަލިއަޅުވާލައްވައި، ވިޔަފާރިއާއި، ތަޢުލީމާއި، ޞިއްޙަތުގެ އިތުރުން ތަމްރީނުގެ ދާއިރާއިން ގުޅުން ބަދަހިކުރުމުގެ މުހިންމުކަން ފާހަގަކުރައްވާފައެވެ. އަދި ޕާކިސްތާނުގެ ފަރާތުން ދިވެހި ވަފުދަށް ދެއްވި ފުރިހަމަ މެހެމާންދާރީއަށް އެމަނިކުފާނު ޝުކުރު އަދާކުރެއްވިއެވެ.
ޕާކިސްތާނުގެ ރައީސް އާސިފް ޢަލީ ޒަރްދާރީ ދެއްކެވި ވާހަކަފުޅުގައި، ގިނަ ދުވަސްތަކެއްގެ މެދުކެނޑުމަކަށްފަހު ރާއްޖޭގެ ރައީސް އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅަށްޓަކައި އުފާކުރައްވާކަން ހާމަކުރެއްވިއެވެ. އަދި މި ދަތުރުފުޅުގެ ސަބަބުން ދެ ޤައުމުގެ ގުޅުން ކުރިއަށްވުރެ ބޮޑަށް ހަރުދަނާވެގެންދާނެ ކަމަށާއި، ޚާއްޞަކޮށް މިއަދު ސޮއިކުރެވުނު އެއްބަސްވުންތަކުން އެކަން ރަމުޒުކޮށްދޭކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
މި ބައްދަލުވުން ނިމިގެންދިޔައީ ކުރިއަށް އޮތް ތަނުގައިވެސް ދެ ޤައުމުގެ މަޞްލަޙަތު އެކުލެވޭ ކަންކަމުގައި ގުޅިގެން މަސައްކަތްކުރުމުގެ ޔަޤީންކަން އައުކުރައްވަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު