ދުޅަހެޔޮ ސިއްހަތެއްގައި ހުރުމަށްޓަކައި އެންމެ މުހިންމު އެއް ކަމަކީ ހަށިގަނޑުގެ ބަރުދަން ރަނގަޅު މިންގަނޑެއްގައި ބެހެއްޓުމެވެ. އެހެންނަމަވެސް، މިއަދުގެ ދުނިޔޭގައި ގިނަ މީހުން ކުރިމަތިލާންޖެހިފައިވާ އެއް މައްސަލައަކީ ބަރުދަން އިތުރުވުމެވެ. މިކަމުގެ ސަބަބުން އެތައް ބައިވަރު ސިއްހީ މައްސަލަތަކާ ކުރިމަތިލާން ޖެހެއެވެ. އެހެންކަމުން، ބަރުދަން ލުއިކުރުމަކީ ވަރަށް މުހިންމު ކަމެކެވެ.
ތިރީގައި މި ހިމަނާލަނީ ބަރުދަން ލުއިކުރަން ބޭނުން ކުރަންވީ 2 ރެސިޕީއެކެވެ.
ލުނބޯއާއި އިނގުރު ފެން
މި ފެން ތައްޔާރު ކުރުމަށްޓަކައި ބޭނުންވާނީ ލުނބޯ ފަޅިއަކާއި، 1 ސައިސަމުސާ މާމުއާއި، 1/2 އިންޗި އިނގުރުގެ އިތުރުން 1 ތަށި ތާފެނާ ފެނެވެ. މި ތައްޔާރު ކުރުމަށްޓަކައި ފެން ހޫނުކުރުމަށްފަހު އެއަށް ގާނާފައި ހުރި އިނގުރާއި ލުނބޯ ހުތް އަދި މާމުއި އަޅާފައި ރަނގަޅަށް އެއްކޮށްލާނީއެވެ. މި ފެން ތާފެނާކަންމަތީ ބޭނުން ކުރުމަކީ މުހިންމު ކަމެކެވެ.
ބީޓްރޫޓް އާއި މިންޓު ފަނި
މި ފަނި ތައްޔާރު ކުރުމަށްޓަކައި ބޭނުންވާނީ ބީޓްރޫޓަކާއި، މިންޓު ފަތާއި ކުޑަ ލޮނުކޮޅެކެވެ. މި ތައްޔާރުކުރުމަށްޓަކައި މިންޓުފަތާއި، ބީޓްރޫޓު އަދި ލޮނުކޮޅު މިކްސަރަކަށް އަޅާލުމަށްފަހު ރަނގަޅަށް އެއްކޮށްލާނީއެވެ. އަދި މި ތައްޔާރު ކުރުމަށްފަހު އެ ތާޒާކަންމަތީ ބޭނުން ކުރަން ޖެހޭނެއެވެ.

ކިޔުންތެރިންގެ ހިޔާލު