އިސްރާއީލުގެ ހަމަލާތަކުގައި އެމެރިކާ ބައިވެރިވާކަމަށް އީރާނުން ތުހުމަތުކޮށް، އދގައި ނިއުކްލިއާ މަޝްވަރާތައް ބާއްވަން ގޮވާލައިފިއެވެ.

މިފަދައިން ގޮވާލާއިފައިވަނޯ އިސްރާއީލާއި އީރާނާއި ދެމެދު ކުރިއަށްދާ ހަމަލާތަކުގެ މަޝްވަރާ ތަކާއެކު އދގެ ސަލާމަތީ މަޖިލީހުގައި ކަންބޮޑުވުންތައް އިތުރުވެފައިވާ ވަގުތެއްގައެވެ. އެގޮތުން އިސްރާއީލުން ދިން ހަމަލާތަކުގައި އެމެރިކާ ބައިވެރިވާ ކަމަށް އީރާނުން ތުހުމަތު ކޮށްފައިވާއިރު، އީރާނުގެ މިތުހުމަތު އެމެރިކާ އިން ވަނީ ދޮގުކޮށްފައެވެ.

އީރާނުން އދ އަށް ކަނޑައަޅާފައިވާ ސަފީރު އަމީރު ސައީދު އިރާވާނީ ވިދާޅުވީ އިސްރާއީލުން ދިން ހަމަލާތަކަކީ ޑިޕްލޮމެސީ ފުނޑުފުނޑު ކޮށްލުމުގެ ނިޔަތުގައި ދިން ހަމަލާތަކެއްކަމަށެވެ. އަދި އޭގެ ރައްދުގެ ނަތީޖާ އަކީ، އެހަމަލާތައް ދިނުމަށް އިސްރާއީލަށް އެމެރިކާ އިން ދިން ތާއީދު، ޒިންމާ ވާންޖެހޭނެ ކަމެއް ކަމަށް އީރާނުގެ ސަފީރު ވިދާޅުވިއެވެ.

އީރާނުގެ ސަފީރަށް ރައްދުދީ އިސްރާއީލުން އދ އަށް ކަޑައަޅާފައިވާ ސަފީރު ޑެނީ ޑެނަން ވިދާޅުވީ އިސްރާއީލުން މަސައްކަތް ކުރީ ގައުމު ދިފާއުކުރަން ކަށަވަރު ކުރުމަށްކަމަށެވެ. އިސްރާއީލު ސަފީރު ވަނީ އީރާނުން ދިޔައީ ހަނގުރާމައަކަށް ތައްޔާރުވުމުގެ ގޮތުން ނިއުކްލިއާ ހަތިޔާރަށް ބޭނުންވާ ތަކެތި ރައްކާކުރަމުންކަމަށް ބުނެ ކަންބޮޑުވުން ފާޅުކޮށްފައެވެ.

އިސްރާއީލާއި އީރާނާއި ދެމެދު ކުރިއަށްދާ ހަމަލާތަކުގެ މަޝްވަރާތަކުގައި ބައިވެރިވަމުން އދ ގައި ހުންނަވާ އެމެރިކާގެ މަންދޫބު ވަނީ އިސްރާއީލުން ހަމަލާ ދޭނެ ކަމަށް ބުނި ނަމަވެސް، އަސްކަރީގޮތުން އެމެރިކާގެ އެއްވެސް ބައިވެރިވުމެއް ނެތްކަމަށް ތަކުރާރުކޮށްފައެވެ. އަދި މިވަގުތަކީ ނިއުކްލިއާ މަޝްވަރާތައް ފެށުމަށް އީރާނުގެ ލީޑަޝިޕަށް މުހިންމު ވާން ޖެހޭނެ ވަގުތު ކަމަށްވެސް އެމެރިކާގެ މަންދޫބު އިލްތިމާސް ކުރެއްވި އެވެ.

މީގެ އިތުރުން އދގެ ސަލާމަތީ މަޖިލީހުގައި އދގެ ނިއުކްލިއާ ވޮޗްޑޯގް އިން ވަނީ އިސްރާއީލުން ދިން ބަދަލުހިފުމުގެ ހަމަލާތަކުގައި އީރާނުގައި ހުރި އެތައް ނިއުކްލިއާ ފެސިލިޓީތަކަކަށް ގެއްލުން ލިބިފައިވާ ކަން ކަށަވަރުކޮށްދީފަވެ. އަދި ކުރިއަށް އޮތް



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން