އީދު ބޯމަތި ވަނީ ލަވައިގެ ޕޯސްޓަރ
އީދު ބޯމަތި ވަނީ ލަވައިގެ ޕޯސްޓަރ
ނ. މަނަދޫ ހިޔަލަ ގްރޫޕުން މި އީދަށް ނެރެފައިވާ، އީދު ބޯމަތި ވަނީ ލަވަ، ހުއްދަ ނުހޯދައި ޓީވީއެމުން ދެއްކުމުން، އެޗެނަލާ ދެކޮޅަށް ގާނޫނީ ފިޔަވަޅު އަޅަން އެ ގްރޫޕުން ނިންމައިފިއެވެ.

މީސްމީޑިއާގައި ވަރަށްބޮޑު މަޤުބޫލުކަމެއް ހޯދާފައިވާ މިލަވަ، ޓީވީއެމްގެ އީދު ކަވަރޭޖުގައި ދެއްކީ ލިބިފައިވާ ހަދިޔާއެއް ކަމަށް ބުނެއެވެ.

އެކަމާ ގުޅިގެން ހިޔަލަ ގްރޫޕުން އިއްޔެ މީސްމީޑިއާ ގައި ބުނެފައިވަނީ، އެ ލަވަ ޓީވީއެމްގައި ވެސް އަދި އެނޫން އެހެން ޗެނަލަކުން ވެސް ދެއްކުމުގެ ހުއްދަ ދީފައި ނުވާނެ ކަމަށެވެ.

“މި ގުރޫޕްގެ އުފެއްދުމެއް ހުއްދަ ނުހޯދައި ބޭނުން ކުރުމުން އަޅުގަނޑުމެންގެ ހައްގަށް އަރައިގަތުމުގެ އިތުރުން މިއީ ވަރަށް އަންޕްރޮފެޝަނަލް ކަމެއް.” ހިޔަލަ ގްރޫޕުން ބުނެފައިވެއެވެ.

ހިޔަލަ ގްރޫޕުން ބުނީ މި މައްސަލަ ވަރަށް ސީރިއަސް މައްސަލައެއްގެ ގޮތުގައި ނަގާކަމަށާއި، މި މައްސަލައިގައި ގާނޫނީ ފިޔަވަޅު އަޅަން ކަމާބެހޭ އިދާރާތަކަށް ވެސް ހުށަހަޅާނެ ކަމަށެވެ.

މި މައްސަލާގައި ޤާނޫނީ ފިޔަވަޅު އަޅާނެކަމަށް ހިޔަލަ ގްރޫޕުން ބުނެފައިވާއިރު، ޔޫޓިއުބުގައި އެލަވަ ރިލީޒް ކޮށްފައިވަނީ މިދިޔަ ބުރާސްފަތި ދުވަހު ހަވީރެވެ. މިހާތަނަށް 85،000 އަށްވުރެ ގިނަ މީހުން އެ ލަވަ ޔޫޓިއުބުން ބަލާފައިވާއިރު، ރ. އަލިފުށީގައި ޝޫޓް ކޮށްފައިވާ މި ލަވަ ކިޔާފައި ވަނީ މަރިޔަމް އަޝްފާ އެވެ.

އެރާ ރެކޯޑްސްއިން މިއުޒިކް އުފައްދާފައިވާ މި ލަވައިގެ ޅެން ހަދާފައި ވަނީ އަބްދުﷲ ޝާހިދު (ޓެޑީ) އެވެ. މި ލަވައިގައި ހަރަކާތްތެރިވެފައިވާ ލީޑް ތަރިންނަނީ މަރިޔަމް ޝިފާ އާއި މުހައްމަދު އިޝްފާނެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން