ދުޅަހެޔޮ ސިއްހަތެއްގައި ހުރުމަށްޓަކައި ހަށިގަނޑަށް ބޭނުންވާ ހުރިހާ ވިޓަމިނާއި މިނަރަލެއް ލިބުމަކީ ވަރަށް މުހިންމު ކަމެކެވެ. އެއީ ހަށިގަނޑުގެ ހުރިހާ ގުނަވަނެއްވެސް ރަނގަޅަށް މަސައްކަތް ކުރުމަށް މި ތަކެތި ކޮންމެހެން ބޭނުންވާތީއެވެ. މިގޮތުން ހަށިގަނޑަށް ބޭނުންވާ މުހިންމު މިނަރަލްތަކުގެ ތެރޭގައި މެގްނީޒިއަމް ހިމެނެއެވެ. ހަށިގަނޑުގައި މެގްނީޒިއަމް މަދުވެއްޖެނަމަ އޭގެ ނޭދެވޭ އަސަރު ހަށިގަނޑަށް ކުރާނެއެވެ. ތިރީގައި މި ހިމަނާލަނީ މެގްނީޒިއަމް މަދުވުމުން ދިމާވާ ބައެއް މައްސަލަތަކެވެ.
މަސްތަކަށް ބަދަލު އައުން
މެގްނީޒިއަމް އަކީ މަސްތަކުގެ މަސައްކަތަށް ވަރަށް މުހިންމު މާއްދާއެކެވެ. މި މާއްދާ މަދުވުމުން މަސްތަކަށް ވަރުބަލިކަން އައިސް، ފަސޭހައިން ވަރުބަލިވެ، އަދި މަސްތަކުގައި ރިއްސަން ފަށާނެއެވެ. މީގެ އިތުރުން ގަޔަށް ބާރު ނުލިބި، ކުރިން ކުރެވޭ ކަންތައްތައް ކުރުމަށް އުނދަގޫވާން ފަށައެވެ.
ނިދަން އުނދަގޫވުން
މެގްނީޒިއަމް އަކީ ހަށިގަނޑު ރިލެކްސްވުމަށް އެހީތެރިވެދޭ މާއްދާއެކެވެ. މި މާއްދާ މަދުވުމުން ނިދުމަށް އުނދަގޫވެ، ނިދިން ހޭލެވުނު ކަމުގައިވިޔަސް ރަނގަޅަށް ނިދުނު ކަމުގެ އިހުސާސް ނުކުރެވި، އަދި ދުވާލުގެ ވަގުތުތަކުގައި ވަރުބަލިކަން އިހުސާސްކުރަން ފަށައެވެ. މިއީ ދުވަހުން ދުވަހަށް ކުރަންޖެހޭ މަސައްކަތްތަކަށް ވަރަށް ބޮޑު ހުރަހަކަށް ވެދާނެ ކަމެކެވެ.
ހިތުގެ މައްސަލަތައް
މެގްނީޒިއަމްއަކީ މަސައްކަތަށް ވަރަށް މުހިންމު މާއްދާއެކެވެ. މި މާއްދާ މަދުވުމުން ހިތުގެ ވިންދު އަވަސްވެ، ލޭގެ ޕްރެޝަރު މައްޗަށް ދިއުމާއި، ހިތުގެ ރިދުން އިހުސާސްވުން ފަދަ ކަންކަން ދިމާވެދާނެއެވެ. މިކަމުގެ ސަބަބުން ނުރައްކާތެރި މައްސަލަތައް ދިމާވުމަކީ އެކަށީގެންވާ ކަމެކެވެ.

ކިޔުންތެރިންގެ ހިޔާލު