އިސްރާއީލާއި އީރާނާ ދެމެދު ހަމަލާ ބަދަލުކޮށް މަޝްރަހު ހޫނުވަމުންދާނަމަ ދުނިޔޭގެ ބޮޑުބަޔަކަށް ތެޔޮ ފޯރުކޮށްދޭ މަގު، ސްޓްރެއިޓް އޮފް ހޯރމުޒް ބަންދު ކުރަން ވިސްނަމުންދާކަމުގެ އިޝާރާތެއް އިރާނުން ދީފިއެވެ.
އިރާނުގެ މަޖިލީހުގެ އިސް އޮފިޝަލަކާ ހަވާލާދީ އީރާނުގެ ދައުލަތުގެ މީޑިއާ އިން ރިޕޯޓުކޮށްފައިވާގޮތުން، އިސްރާއީލުން ދެމުންދާ ހަމަލާތަކަށް ރައްދުދިނުމުގެ ގޮތުން ސްޓްރެއިޓް އޮފް ހޯރމުޒް ބަންދުކުރުމުގެ ކަންކަން އީރާން ސަރުކާރުން ދަނީ ސީރިއަސްކޮށް މުރާޖައާ ކުރަމުންނެވެ.
އީރާނުގެ ޕާލަމެންޓްރީ ސެކިއުރިޓީ ކޮމިޝަންގެ މެމްބަރު، ޖެނެރަލް އެސްމާއީލް ކޮސާރީ ވިދާޅުވީ ހޯރމުޒް ބަންދުކުރަން ސީރިއަސްކޮށް ވިސްނަމުންދާކަމަށާއި، އަދި މިކަމާ ގުޅިގެން ދުނިޔޭގެ ހަކަތަ މާކެޓްތަކަށް ކުރިމަތިވެދާނެ ނެގަޓިވް ނަތީޖާއަކަށް ތައްޔާރުވުމަށް އިންޒާރު ދެއްވާފައިވެ އެވެ.
އޮމާނާއި އީރާނާ ދެމެދު އޮންނަ ސްޓްރެއިޓް އޮފް ހޯރމުޒް އަކީ ދުނިޔޭގެ ތެލުގެ ސަޕްލައިގެ ގާތްގަނޑަކަށް ތިންބައިކުޅަ އެއްބައި ދަތުރުކުރާ ޕްރައިމަރީ ޝިޕިން ރޫޓެއްގެ ގޮތުގައި ހިދުމަތް ކުރާ ކަނޑުމަގެކެވެ.
ސްޓްރެއިޓް އޮފް ހޯރމުޒް ބަންދުކުރުމުން ދުނިޔޭގެ ތެލުގެ ދަތުރުފަތުރަށް ވަރަށް ބޮޑަށް ބުރޫއަރައި، ތެޔޮ ފީފާއެއްގެ އަގު 100–150 ޑޮލަރަށް އުފުލިދާނެ ކަމަށް، ތެލުގެ ވިޔަފާރީގެ މާހިރުން ލަފާ ކުރެއެވެ. އަދި މިފަދަ ފިޔަވަޅަކުން އިންފްލޭޝަން މަތިވެ، އެމެރިކާ އަދި އެހެން ބޮޑެތި އިގްތިސާދީ ގަައުމު ތަކުގައިވެސް ތެލާއި ގޭހުގެ އަގު ބޮޑުވާނެ ކަމަށް ބުނެ ކަމާ ބެހޭ މާހިރުންނާއި، އެނަލިސްޓުން މިހާރު ވަނީ އިންޒާރު ދޭންފަށާފަ އެވެ. ނަތީޖާއެއްގެ ގޮތުން ކުދި އަދި މެދުފަންތީގެ ގައުމުތަކުގައި އިންފްލޭޝަން މަތިވެ، ތަކެތީގެ އަގު އުފުލުން ވަރަށް ގާތެވެ.

ކިޔުންތެރިންގެ ހިޔާލު