ރޯދަމަހު ޓީވީއެމުން ދައްކާ 'މުޙައްމަދުއްރަސޫލުﷲ' ސިލްސިލާގެ މަންޒަރެއް
ރޯދަމަހު ޓީވީއެމުން ދައްކާ 'މުޙައްމަދުއްރަސޫލުﷲ' ސިލްސިލާގެ މަންޒަރެއް
(މިއީ ބަރުނާބާގެ އިންޖީލުގައި ސަލާމްލެއްވި އިބްރާހީމްގެފާނުގެ ހަޔާތްޕުޅުން ގެނެސްފައިވާ ވާހަކައެއްގެ ތަރުޖަމާއެވެ. ބަރުނާބާގެ އިންޖީލަކީ ނަޞާރާއިންގެ ރަސްމީ ފައްޅިތަކުން ޞައްޙަކަމަށް ޤަބޫލުކުރާ އިންޖީލެއް ނޫނެވެ. އޭގައި ހުރި ގިނަ ވާހަކަތައް ހުރީ މުސްލިމުންގެ ޤަބޫލުކުރުންތަކާ ނުހަނު އެއްގޮތަށެވެ.)

އެ ފޮތުގައި މި ވާހަކަ ގެނެސްފައި ވަނީ ސަލާމްލެއްވި ޢީސާގެފާނު ވިދާޅުވެދެއްވި ވާހަކައެއްގެ ގޮތުގައެވެ.

އިބްރާހީމްގެފާނުންގެ އުމުރުފުޅުން ހަތް އަހަރުގައި އެކަލޭގެފާނު މާތްރަސްކަލާނގެ ހޯއްދަވަން ފެއްޓެވިއެވެ. މިގޮތުން އެއް ދުވަހަކު އެކަލޭގެފާނު، އެކަލޭގެފާނުގެ ބައްޕައާ ސުވާލުކުރެއްވިއެވެ.

އިބްރާހީމްގެފާނު: ބައްޕާ! އިންސާނުން ހެދީ ކާކުތޯ؟

ބައްޕަ: އިންސާނުން އަމިއްލަޔަށް. ދަރިފުޅު ހެދީ ބައްޕަ. އަދި ބައްޕަ ހެދީ ކާފަ.

އިބްރާހީމްގެފާނު: ބައްޕާ! އެހެންނެއް ނޫން. ގައިމު މުސްކުޅިބެއަކު ރޮމުން މާތްރަސްކަލާކޯއޭ! ތިމަންނާއަށް ދަރީން ނުދެއްވީ ކީއްވެގެންހެއްޔޭ ބުނި އަޑު އަޅުގަނޑު އެހިން!

ބައްޕަ: ދަރިފުޅާ އެއީ ތެދެއް! އިންސާނުން އުފެއްދުމުގައި މީސްތަކުންނަށް ކަލާނގެ އެހީތެރިވޭ. އެކަމަކު އެއީ އެކަލާނގެ އަމިއްލަ އަތުން ކުރާ ކަމެއް ނޫން. އެކަމަކު އެމީހަކު އެމީހެއްގެ ކަލާނގެއަށް ދުޢާކޮށް، އެކަލާނގެއަށް ބަކަރިއާއި ކަންބަޅި ގުރުބާންކޮށް ހެދުމުން އެކަލާނގެ އެމީހަކަށް އެހީތެރިވޭ.

އިބްރާހީމްގެފާނު: ބައްޕާ! ކިތައް ކަލާނގެ ވޭތޯ؟

ބައްޕަ: ދަރިފުޅާ! ކަލާނގެތަކުގެ ޢަދަދު ގުނޭ ވަރަށްވުރެ ގިނަ.

އިބްރާހީމްގެފާނު: ބައްޕާ! އަޅުގަނޑު ވަކި ކަލަކަށް އަޅުކަންކޮށްފައި، އަނެއް ކަލަކަށް އަޅުކަން ނުކުރީމާ އެ ކަލަކު އަޅުގަނޑާމެދު ނުނިޔަތްލައިފިއްޔާ އަޅުގަނޑު ހަދާނީ ކިހިނެއްތޯ؟ އަދި އެކަމާ އެ ކަލާނގެތަކުގެ މެދުގައި އަރައިރުން އުފެދި، ހަނގުރާމަކޮށް، އެންމެ ފަހުން ނުނިޔަތްލީ ކަލާނގެ، އަޅުގަނޑުގެ ކަލާނގެ ގަތުލުކޮށްފިއްޔާ ކިހިނެއްތޯ ހަދާނީ؟ ހަމަކަށަވަރުން ވެސް އެ ކަލަކު އަޅުގަނޑު ވެސް ގަތުލުކޮށްފާނެ!

ބައްޕަ: (ހެމުންހެމުން) ދަރިފުޅާ! ދަރިފުޅު އެކަމާ ބިރުނުގަނޭ! އެއްވެސް ކަލަކު އަނެއް ކަލަކާ އަރައިރުންވެ ހަނގުރާމައެއް ނުކުރާނެ. މިރަށުގެ ބޮޑު ފައްޅީގައި ވެސް ބަޢުލް ކަލާނގެއާއެކީ އެތަކެއް ހާސް ކަލާނގެއަށް އެބަހުރޭ. ބައްޕަގެ ޢުމުރުން މިވީ ހަތްދިހަ އަހަރުގެ ތެރޭގައި އެއް ކަލަކު އަނެއް ކަލަކަށް ހަމަލާދިން ތަނެއް ނުދެކެން. އަދި ބުނަން! ހުރިހާ އެންމެންނެއް އެއް ކަލަކަށް އަޅުކަމެއް ނުކުރޭ. އެކަކަށް އެއް ކަލާނގެ. އަނެކަކަށް އަނެއް ކަލާނގެ.

އިބްރާހީމްގެފާނު: އެހެންވީމާ ކަލާނގެތަކުގެ މެދުގައި ޞުލްޙަ ޤާއިމުވެފައި އޮންނަނީ ދެއްތޯ؟

ބައްޕަ: އާނ އެހެން!

އިބްރާހީމްގެފާނު: ބައްޕާ! ކަލާނގެތަައް ހުންނަނީ ކިހިނެއްތޯ؟

ބައްޕަ: މިހިރަ މޮޔަ ކުއްޖާ! ކޮންމެ ދުވަހަކު ކަލާނގެތަައް ހަދައި، ވިއްކައި، ކާބޯތަކެތި ގަނެހަދާ އިރު ދަރިފުޅަކަށް ކަލާނގެތަައް ހުންނަ ގޮތެއް ނޭނގޭ؟ (އަދި އެވަގުތު އޭނާ ހަދަން ހުރި ބުދަށް އިޝާރާތްކޮށްފައި) މިއީ ކަދުރު ނިރޮޅުން ހަދާ ކަލާނގެއެއް. އެހެރަ ފެންނަނީ ޒައިތޫނި ލަކުޑިން ހަދާފައިވާ ކަލާނގެއެއް. އަދި ކުޑަކުޑަކޮށް އެހެރީ އެތްދަތުން ހަދާފައިވާ ކަލާނގެއެއް. ބަލާބަލަ ރީތިކަން! ދިރިހުރި އެއްޗެއްހެން ހިޔެއްނުވޭތަ؟ ހަމައެކަނި ނޭވާނުލެވޭކަން!

އިބްރާހީމްގެފާނު: އެހެންވީމާ ބައްޕަ ތި ވިދާޅުވީ އެއްވެސް ކަލާނގެއަކަށް ނޭވާނުލެވޭ ވާހަކަތޯ؟ އެހެންކަމަށް ވާނަމަ ނޭވާނުލެވޭ އެއްޗެހިތަކަކަށް އެހެން ފަރާތްތަކަށް ނޭވާލައްވައިދެވޭނީ ކިހިނެއްތޯ؟ ދިރުމެއް ނެތި އެހެން ފަރާތްތަކަށް ދިރުން ދެވޭނީ ކިހިނެއްތޯ؟ ބައްޕާ! މިކަމުން އެނގެނީ ތިއީ ކަލާނގެތަކެއް ނޫންކަން!

ބައްޕަ: (ވަރަށް ބޮޑަށް ރުޅިއައިސްފައި) ތިޔައީ ވިސްނޭވަރުގެ ބޮޑުމީހެއް ނަމަ މި ކޯރާޑީން ތިޔަ ބޮލުގައި ޖެހީމުސް. އަނގަމަޑުން ލައިގެން ހުރޭ! ކަލެއަށް ނުވިސްނޭނެތީ އަޅާނުލައި މި ދޫކޮށްލީ!

އިބްރާހީމްގެފާނު: އިންސާނުން ހެދުމަށް ކަލާނގެތަައް އެހީވާކަމަށްވާނަމަ އިންސާނުންނަށް ކަލާނގެތައް ހަދަންޖެހެނީ ކީއްވެގެންތޯ؟ އަދި ކަލާނގެތައް ލަކުޑިން ހަދާކަމަށްވަންޏާ ލަކުޑި އެންދުން ވާނީ ބޮޑުވެގެންވާ ފާފައަކަށް ނޫންތޯ؟ ބައްޕަ ނިކަން ވިދާޅުވެބައްލަވާ! ބައްޕަ ތިޔަ ހުރިހާ ކަލާނގެތަކެއް ހެއްދެވި އިރު ބައްޕައަށް ގިނަގުނަ ދަރިންތަކެއް އުފެއްދެވުމަށް އެ ކަލާނގެތައް އެހީތެރިނުވީ ކީއްވެގެންތޯ؟ އެހެންނޫންނަމަ ބައްޕަ ވީހީ މުޅި ދުނިޔޭގައި ހުރި އެންމެ ބާރުގަދަ މީހާއަށް ނޫންތޯ؟

އިބްރާހީމްގެފާނު މިހެން ވިދާޅުވުމުން ބައްޕަ އެކައްޗެކޭވެސް ނުބުނެ މަސައްކަތްކުރަމުން ދިޔައެވެ.

އިބްރާހީމްގެފާނު: ބައްޕާ! ދުނިޔޭގައި އިންސާނުން ނޫޅޭ ދުވަސްވަރެއް ދިޔަތޯ؟

ބައްޕަ: އާނ! ކިހިނެއްވީ؟

އިބްރާހީމްގެފާނު: އެއީ އެންމެ ފުރަތަަމައަށް ކަލަކު ހެދީ ކާކުތޯ ބަލާލަންވެގެން.

ބައްޕަ: މިތަނުން ފޭވެގެން ދާންއުޅޭ! މަށަށް މި ކަލާނގެ ހެދިޔަދީ. މަށާ އިތުރަށް ވާހަކަނުދައްކާތި! ބަނޑުހައިވީމަ ވާހަކައަކުން ބަނޑެއް ނުފުރޭނެ. ކާބޯތަކެތި ގަނެވޭނީ މިކަން ކޮށްގެން!

އިބްރާހީމްގެފާނު: ވަރަށް ވެސް ރީތި ކަލާނގެއެއް. ބައްޕަ ބޭނުން ގޮތަކަށް ކޮށްޓަވައި އެބަހައްދަވަމު. އެކަމަކު ތިޔަ ކަލާނގެއަކަށް އަމިއްލަ ދިފާޢުގައި އެއް ކަމެއްވެސް ނުކުރެވޭ!

ބައްޕަ: (އިހުނަށްވުރެ ރުޅިގަދަވެފައި) މުޅި ދުނިޔެ އެބަބުނޭ މިއީ ކަލެއް ކަމަށް! އެކަމަކު މިހިރަ މޮޔަ ކުއްޖާގަނޑު މި ބުނަނީ މިއީ ކަލެއް ނޫނޭ! މަގޭ މިކަލާނގެ ގަންދީ ބުނަން! ކަލޭ ތީ ބޮޑު ފިރިހެނެއް ނަމަ ގަތުލުކުރީމުސް! (އެހެން ބުނެ އިބްރާހީމްގެފާނުގެ ގައިކޮޅުގައި ޖަހައި އެތަނުން ބޭރުކުރިއެވެ.)


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން