ކުއްލިގޮތަކަށް އިއްޔެ ނިޔާވި ރާއްޖޭގެ މަޝްހޫރު ދީނީ އިލްމުވެރިޔާ ޝެއިހް ފަރީދުގެ ހަނދާނުގައި ރާއްޖޭގައި މިސްކިތެއް ބިނާކުރަން ނިންމުމުން އެކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސައީދު މަރުހަބާ ވިދާޅުވެއްޖެއެވެ.
ޝެއިހް ފަރީދު އެކި ދީނީ މަސައްކަތްތައް ކުރައްވަމުން ގެންދެވި ހިދުމަތް ޖަމިއްޔާގެ ފަރާތުން މިއަދުވަނީ ރާއްޖޭގައި ވެސް ޝެއިހްގެ ހަނދާނުގައި މިސްކިތެއް ބިނާކުރަން ނިންމާފައިވާކަން ހާމަކޮށްފައެވެ. އެގޮތަށް އެ ޖަމިއްޔާއިން ނިންމީ ޝެއިހްގެ ހަނދާނުގައި ބަންގްލަދޭޝްގައި މިސްކިތެއް ބިނާކުރަން އެހީވާން ހުޅުވާލި ފުރުސަތުގައި އެއް ދުވަސްތެރޭ އެކަމަށް ބޭނުންވާވަރަށްވުރެ އިތުރަށް ވެސް ފައިސާ ލިބެމުންދާތީކަމަށް އެ ޖަމިއްޔާއިން ބުނެފައިވެއެވެ.
ރާއްޖޭގައި ފަރީދުގެ ހަނދާނުގައި މިސްކިތެއް ބިނާކުރަން ނިންމުމުން ޝަހީމް ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އެ ނިންމުމަކީ ވަރަށް ރަނގަޅު ނިންމުމެއް ކަމަށާއި ޝެއިހްގެ ހަނދާނުގައި ބޭރު ގައުމެއްގައި ތަނެއް ހުރުމަށްވުރެ ރާއްޖޭގައި ހުރުން މާ އައުލާކަން ބޮޑުކަމަށެވެ.
އަދި މިސްކިތް ހުންނަންވީވެސް އިސްލާމީ އިލްމުގެ ލައިބްރަރީއަކާ ޤުރްއާން ކިޔަވައިދެވޭނެ ކުލާސްރޫމްތަކާ އެކު، ޝެއިހް ކުރެއްވި މަސައްކަތް ދިރުވާނެ ތަނެއްގެ ގޮތުގައިކަމަށް ދެކިވަޑައިގަންނަވާ ކަމަށް ވެސް ޝަހީމް ވަނީ ވިދާޅުވެފައެވެ.
ޝަހީމް ވިދާޅުވީ، އެ މަސައްކަތުގައި މިނިސްޓްރީގެ ފަރާތުން ދެވެންއޮތް ހުރިހާ އެއްބާރުލުމަކާއި އެހީތެރިކަމެއް ދެއްވާނެކަމަށެވެ. އެގޮތުން، މިސްކިތް ބިނާކުރާނެ ތަނެއް ހަމަޖެއްސުމާއި މާލީގޮތުން ވެސް ދެވެން އޮތް އެހީތެރިކަމެއް ދެއްވާނެކަމަށް ޝަހީމް ވަނީ ވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު