އިސްލާމީ ކަންތައްތަކާއި އައުޤާފާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު
އިސްލާމީ ކަންތައްތަކާއި އައުޤާފާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު
ކުރިއަށް އޮތް ބަރަކާތްތެރި ރަމަޟާން މަސް ފެށުމުގެ ކުރިން ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި އަލަށް އިމާރާތްކުރަމުންދާ 14 މިސްކިތެއްގެ މަސައްކަތް ނިންމައި، ނަމާދުކުރަން ފެށުމަށް ހުޅުވާލާނެ ކަމަށް އިސްލާމިކް މިނިސްޓަރ ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.

މިނިސްޓަރ ޝަހީމް ހާމަކުރެއްވި ގޮތުގައި، މި މުއްދަތުގެ ތެރޭގައި ހުޅުވުމަށް ހަމަޖެހިފައިވާ މިސްކިތްތަކުގެ ތެރޭގައި އާބާދީ ބޮޑުވަމުން އަންނަ ހުޅުމާލޭގައި އަލަށް ބިނާކުރެވޭ ދާއިމީ ތިން މިސްކިތެއް ވެސް ހިމެނެއެވެ. މިއީ ހުޅުމާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ދިމާވެފައިވާ ޖާގައިގެ ދަތިކަމަށް ބޮޑު ލުޔެއް ލިބިގެންދާނެ ކަމެއް ކަމުގައި މިނިސްޓަރ ހާމަކުރެއްވިއެވެ.

ރާއްޖޭގެ އެކި ރަށްރަށުގައި ބިނާކުރަމުންދާ މިސްކިތްތަކުގެ މަސައްކަތްތައް އަވަސްކޮށް، ކޮންމެ އަހަރަކުވެސް ރަމަޟާން މަސް އައުމުގެ ކުރިން އެ ތަންތަން ބޭނުންކުރެވޭނެ އިންތިޒާމު ހަމަޖެއްސުމަށް އިސްލާމިކް މިނިސްޓްރީން ޚާއްޞަ އިސްކަމެއް ދީގެން އަންނަނީ މަސައްކަތް ކުރަމުންނެވެ. ވަކިން ޚާއްޞަކޮށް، ރޯދަމަހަކީ މިސްކިތްތަކަށް އަޅުކަންކުރަންދާ މީހުންގެ އަދަދު އެތައް ގުނައަކަށް އިތުރުވެގެންދާ މައްސަރަކަށް ވާތީ، ޖަމާޢަތުގައި ނަމާދުކުރުމަށް އެކަށީގެންވާ ޖާގަ ފަހިކޮށްދިނުމަކީ ސަރުކާރުގެ މުހިންމު އަމާޒެކެވެ.

މި މަޝްރޫޢުތަކަކީ އާބާދީ އިތުރުވަމުން އަންނަ ރަށްރަށާއި ސިޓީތަކުގައި މިސްކިތްތަކުގެ ޖާގައިގެ ދަތިކަން ޙައްލުކޮށްދެއްވުމަށްޓަކައި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ޚާއްޞަ އިރުޝާދުގެ ދަށުން ސަރުކާރުން އިސްނަންގަވައިގެން ކުރިއަށްގެންދަވާ މުހިންމު މަސައްކަތްތަކެކެވެ. ރައީސް މުޢިއްޒުގެ ސަރުކާރުން އަންނަނީ ދީނީ ކަންކަމަށް ލޯބިކުރާ މުޖުތަމަޢެއް ބިނާކުރުމަށާއި، މިސްކިތްތައް ޒަމާނީ ފެންވަރަށް ތަރައްޤީކޮށް ބެލެހެއްޓުމަށް ގިނަގުނަ މަސައްކަތްތަކެއް ކުރަމުންނެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް