މުޙައްމަދު ނާޖިޙު   2 ޖޫން 2025 - 23:10
ދިވެހިރާއްޖޭގެ އުތުރުން ދިވެހިރާއްޖެއާ އެއް އިންވެގެން އޮންނަ، އިންޑިޔާގެ މަލިކުގެ ވާހަކަ ގިނަވެފައި އޮތް މިދުވަސްވަރުގައި އަޅުނގަޑަށް ފާހަގަކުރެވުނު ކަމަކީ ވަރަށް ގިނަ ދިވެހީންނަށް މަލިކު ހިމެނޭ އިންޑިއާގެ ޔޫނިއަން ޓެރިޓަރީއެއް ކަމުގައިވާ ލަކްޝަދީބަކީ ކޮބައިކަން ނޭނގޭ ކަމެވެ. މިގޮތުން ދިވެހި ގިނަ ބަޔަކަށް ހީވެފައި އޮންނަނީ ލަކްޝަދީބަކީ މަލިކުކަމަށެވެ. ދިވެހި ބައެއް ނޫސްތަކުގައި ވެސް އެހެން ދޭހަވާ ގޮތަށް ލިޔެފައި ހުއްޓާ ދުށީމެވެ.

އާދެ، ލަކްޝަދީބޭ ކިޔަނީ ޖޯގުރަފީގެ ގޮތުން 12 އަތޮޅާއި 3 ފަރާއި 5 ތިލައިގެ މައްޗަށް އެކުލެވޭ ތަނަކަށެވެ. ބިމުގެ ބޮޑުމިނަކީ 32 އަކަކިލޯމީޓަރެވެ. މިތަނުގައި 39 ވަރަކަށް ރަށް އޮންނައިރު މީހުން އުޅެނީ ޖުމުލަ 10 ރަށުގައެވެ. އެ ރަށްތަކަކީ މަލިކު، ކަލްޕޭނި، އަންދުރޯތު، ކަވަރައްތި، އަގައްތި، އަމިނި، ކަޑުމައްތު، ކިލްތާން، ޗޭތުލާތު އަދި ބިއްތުރަައެވެ. ވެރިރަށަކީ ކަވަރައްތިއެވެ. ޖުމްލަ އާބާދީއަކީ 64429 އެވެ. މިއީ 2011 ގެ ބޯހިމެނި ހިސާބުތަކުން ދައްކާ އަދަދެވެ. މިހާރު 70000 އަށް އަރާފާނެއެވެ. މި 10 ރަށުގެ ދިވެހި ނަސްލާއި ދިވެހި ބަހާއި ސަގާފަތް އޮންނަނީ ހަމައެކަނި މަލިކުގައެވެ. ދެން ހުރި ހުރިހާ ރަށެއްގެ ނަސްލާއި ބަހާއި ސަގާފަތް ގުޅެނީ އިންޑިޔާގެ އަވަށްޓެރި ކެރަލާގެ މަލާބާރު ސަރަހައްދާއެވެ. އެހެންކަމުން ލަކްޝަދީބުގެ ނިސްބަތުން ދިވެހި ނަސްލާއި، ދިވެހި ބަހަކީ "މައިނޯރިޓީ" އެކެވެ.

ޖޯގުރަފީގެ ގޮތުން ބަލާއިރުވެސް މަލިކުއަތޮޅު އޮންނަނީ ދިވެހިރާއްޖޭގެ އަތޮޅުތައް ހިކިފައި އޮތް ކަނޑުއަޑީގެ އަށީގެ އެންމެ އުތުރުގައެވެ. މަލިކާ ލަކްޝަދީބުގެ އެހެން އަތޮޅުތަކާ ދޭތެރޭގައި މިފަދަ އައްޓެއްނެތެވެ. މަލިކު އަތޮޅަކީ ދިވެހިރާއްޖޭގެ ގުދުރަތީ އަތޮޅުތަކުގެ ތެރެއިން ގާތްގަނޑަކަށް މާމަކުނުދޫ އަތޮޅާ އެއް ބައްޓަމަކަށް އޮތް އަތޮޅެކެވެ. ތަފާތަކީ ފަރުގެ ދިގުމިނަށް ބޮޑު ރަށެއް އުފެދިފައި އޮތް ކަމެވެ. މަލިކުގެ ދިގުމިން 11 ކިލޯމީޓަރާ ގާތްކުރެއެވެ. އެހެންނަމަވެސް ރަށަކީ އެހާ ފުޅާ ރަށެއް ނޫނެވެ. 11 ކިލޯމީޓަރު ދިގު ރަށަކާ އަޅާބަލާއިރު ބިމުގެ ބޮޑުމިނަކީ 4.80 އަކަކިލޯމީޓަރެވެ. ދިގުމިނާ ބޮޑުމިނަށް ބަލާއިރު އެންމެ ވައްތަރީ އައްޑުއަތޮޅު ހިތަދޫއާއެވެ. އަތޮޅުގައި ވިރިނގިއްޔޭ ކިޔާ ކުޑަކުޑަ ރަށެއް ވެސް އޮވެއެވެ. އަދި ހިކިދިޔައިގައި ހިކިފައި އޮންނަ ރަށްގަނޑޭ ކިޔާ ކުޑަކުޑަ ހުރާގަނޑެއްވެސް އޮވެއެވެ. ދެން ލަކްޝަދީބުގެ ވަކިވަކި ރަށްރަށަށް ބަލައިލާނަމެވެ.

މަލިކު

ބޮޑުމިން: 4.80 އަކަކިލޯމީޓަރު

އާބާދީ: 10447 (2011 ގެ ބޯހިމެނުން)

ބަސް: ދިވެހި (މަލިކުބަސް/ރަސްމީ އިދާރާތަކުން: މަހަލް)

ނަސްލާއި ސަގާފަތް: ދިވެހި

ދީން: އިސްލާމް

ދިވެހިރާއްޖެއިން އެންމެ ކައިރި ރަށާ ހުރި ދުރުމިން: 130 ކިލޯމީޓަރު

ލަކްޝަދީބުން އެންމެ ކައިރި ރަށާ ހުރި ދުރުމިން: 200 ކިލޯމީޓަރު

މާލެއާ ހުރި ދުރުމިން: 457 ކިލޯމީޓަރު (ނޯޓު: މާލެއާ އައްޑުއާ ދޭތެރޭގައި 528 ކިލޯމީޓަރު ހުރޭ)

ކަވަރައްތިއާ ހުރި ދުރުމިން: 250 ކިލޯމީޓަރު

ކަލްޕޭނި

ބޮޑުމިން: 2.28 އަކަކިލޯމީޓަރު

އާބާދީ: 4419 (2011 ގެ ބޯހިމެނުން)

ބަސް: ޖެސެރީ (މަލިޔާޅަމް ބަހުގެ ބަހުރުވައެއް)

ނަސްލާއި ސަގާފަތް: މަލާބާރު މުސްލިމުންނާ އެއްގޮތް

ދީން: އިސްލާމް

އަންދުރޯތު

ބޮޑުމިން: 4.90 އަކަކިލޯމީޓަރު

އާބާދީ: 11191 (2011 ގެ ބޯހިމެނުން)

ބަސް: ޖެސެރީ (މަލިޔާޅަމް ބަހުގެ ބަހުރުވައެއް)

ނަސްލާއި ސަގާފަތް: މަލާބާރު މުސްލިމުންނާ އެއްގޮތް

ދީން: އިސްލާމް

ކަވަރައްތި

ބޮޑުމިން: 4.22 އަކަކިލޯމީޓަރު

އާބާދީ: 11221 (2011 ގެ ބޯހިމެނުން)

ބަސް: ޖެސެރީ (މަލިޔާޅަމް ބަހުގެ ބަހުރުވައެއް)

ނަސްލާއި ސަގާފަތް: މަލާބާރު މުސްލިމުންނާ އެއްގޮތް

ދީން: އިސްލާމް

އަގައްތި

ބޮޑުމިން: 3.84 އަކަކިލޯމީޓަރު

އާބާދީ: 7560 (2011 ގެ ބޯހިމެނުން)

ބަސް: ޖެސެރީ (މަލިޔާޅަމް ބަހުގެ ބަހުރުވައެއް)

ނަސްލާއި ސަގާފަތް: މަލާބާރު މުސްލިމުންނާ އެއްގޮތް

ދީން: އިސްލާމް

އަމިނި

ބޮޑުމިން: 2.60 އަކަކިލޯމީޓަރު

އާބާދީ: 7656 (2011 ގެ ބޯހިމެނުން)

ބަސް: ޖެސެރީ (މަލިޔާޅަމް ބަހުގެ ބަހުރުވައެއް)

ނަސްލާއި ސަގާފަތް: މަލާބާރު މުސްލިމުންނާ އެއްގޮތް

ދީން: އިސްލާމް

ކަޑުމައްތު

ބޮޑުމިން: 3.20 އަކަކިލޯމީޓަރު

އާބާދީ: 5389 (2011 ގެ ބޯހިމެނުން)

ބަސް: ޖެސެރީ (މަލިޔާޅަމް ބަހުގެ ބަހުރުވައެއް)

ނަސްލާއި ސަގާފަތް: މަލާބާރު މުސްލިމުންނާ އެއްގޮތް

ދީން: އިސްލާމް

ކިލްތާން

ބޮޑުމިން: 2.20 އަކަކިލޯމީޓަރު

އާބާދީ: 3946 (2011 ގެ ބޯހިމެނުން)

ބަސް: ޖެސެރީ (މަލިޔާޅަމް ބަހުގެ ބަހުރުވައެއް)

ނަސްލާއި ސަގާފަތް: މަލާބާރު މުސްލިމުންނާ އެއްގޮތް

ދީން: އިސްލާމް

ޗޭތުލާތު

ބޮޑުމިން: 1.40 އަކަކިލޯމީޓަރު

އާބާދީ: 2345 (2011 ގެ ބޯހިމެނުން)

ބަސް: ޖެސެރީ (މަލިޔާޅަމް ބަހުގެ ބަހުރުވައެއް)

ނަސްލާއި ސަގާފަތް: މަލާބާރު މުސްލިމުންނާ އެއްގޮތް

ދީން: އިސްލާމް

ބިއްތުރަ

ބޮޑުމިން: 0.10 އަކަކިލޯމީޓަރު

އާބާދީ: 271 (2011 ގެ ބޯހިމެނުން)

ބަސް: ޖެސެރީ (މަލިޔާޅަމް ބަހުގެ ބަހުރުވައެއް)

ނަސްލާއި ސަގާފަތް: މަލާބާރު މުސްލިމުންނާ އެއްގޮތް

ދީން: އިސްލާމް

ނޯޓު: ރަށްރަށުގެ ބޮޑުމިން ލިޔެފައި ހުރީ ލަކްޝަދީބުގެ ވެރިކަންކުރާ އިދާރާގެ ރަސްމީ ވެބްސައިޓުން ބަލައިގެންނެވެ. މި ޕޯސްޓަށް ލާފައި ހުރި ފޮޓޯގައި ލިޔެފައި ހުރި މިންތަކާ އެމިންތައް ތަފާތެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން