ސްޕިނެޗަކީ ވަރަށް ފައިދާހުރި ފަތުގެ ބާވަތެކެވެ. މިއީ ކެލޮރީތައް މަދު އެއްޗަކަށްވީނަމަވެސް މީގައި ގިނަ އަދަދަކަށް ވިޓަމިނާއި މިނަރަލްތައް ހިމެނެއެވެ. އަދި ހަމަ އެހާމެ ގިނައިން ފައިބާ އާއި އެންޓިއޮކްސިޑެންޓުވެސް ހިމެނެއެވެ. މިފަހަރު މި ހިމަނާލަނީ ކޮންމެ ދުވަހަކު ސްޕިނެޗު ކާންވީ ބަައެއް ސަބަބުތަކެވެ.
ހަކަތަ ލިބޭ
ސްޕިނެޗަކީ އޭގައި ގިނަ އަދަދަކަށް އަޔަން ހިމެނޭ އެއްޗެކެވެ. އަޔަން އަކީ ލޭގައި އޮކްސިޖެން ދައުރުކޮށްދޭ މާއްދާކަމަށްވާ ހިމޮގްލޮބިން އުފައްދައިދޭ މާއްދާއެވެ. އެހެންކަމުން ކޮންމެ ދުވަހަކު ސްޕިނެޗް ކެއުމުން ހަށިގަނޑުގައި އޮކްސިޖަން ދައުރުވާ ވަރު ރަނގަޅުކޮށްދީ، މީހާގެ ހަށިގަނޑުގައި ހަކަތަ ހުންނަ ވަރު އިތުރު ކޮށްދެއެވެ. އަދި ވަރުބަލިވާ ވަރު ކުޑަކޮށްދެއެވެ.
އިންފްލެމޭޝަން ދަށްކޮށްދޭ
ސްޕިނެޗަކީ އޭގައި ގިނަ އަދަދަކަށް އެންޓިއޮކްސިޑެންޓުތައް ހިމެނޭ އެއްޗެކެވެ. އޭގެ ތެރޭގައި ވިޓަމިން ސީ، ބީޓާ ކެރޮޓީން، އަދި ފްލެވެނޮއިޑުތައް ހިމެނެއެވެ. މި މާއްދާތަކަކީ އޮކްސިޑޭޓިވް ސްޓްރެސް އިން ހަށިގަނޑުގެ ސެލްތައް ރައްކާތެރިކޮށްދޭ މާއްދާތަކެކެވެ. އެހެންކަމުން ކޮންމެ ދުވަހަކު ސްޕިނެޗު ކާނަމަ ހަށިގަނޑު ދުޅަވުން ކުޑަކޮށްދެއެވެ. އަދި ކެންސަރާއި ހިތުގެ ބަލި ފަދަ މައްސަލަތަކުން މީހާ ރައްކާތެރި ކޮށްދެއެވެ.
ލޮލުގެ ފެނުން ރަނގަޅުކޮށްދޭ
ސްޕިނެޗަކީ އޭގައި ލިއުޓެއިން އަދި ޒެކްސެންތިން ނަމަކަށް ކިޔާ މާއްދާތަކެއް އެކުލެވޭ އެއްޗެކެވެ. މި މާއްދާތަކަކީ އިރުގެ ނުރައްކާތެރި ދޯދިތަކުން މީހާގެ ލޯ ރައްކާތެރިކޮށްދޭ، އަދި އުމުރުން ދުވަސްވުމުން ލޮލަށް ދިމާވާ މައްސަލަތަކުން މީހާ ރައްކާތެރިކޮށްދިނުމުގައި އެހީވެދޭ މާއްދާތަކެކެވެ. ކޮންމެ ދުވަހަކު ސްޕިނެޗު ކާނަމަ ކެޓެރެކްޓު ނެގުމުގެ ފުރުސަތު ކުޑަކޮށްދީ ލޮލުގެ މައްސަލަތަކުން މީހާ ދުރުކޮށްދެއެވެ. އަދި ލޮލުގެ ފެނުން ރަނގަޅު ކޮށްދެއެވެ.

ކިޔުންތެރިންގެ ހިޔާލު