އައްޑުއަތޮޅު ހުޅުމީދޫ ޖަޒީރާއަކީ ޒަމާނުއްސުރެ ހުޅުދޫ އަދި މީދޫގެ ނަމުގައި ދެބައި ކުރެވިފައި އޮންނަ އިދާރީ ދެރަށެވެ. ދެރަށުގެ ގޮތުގައި އޮތުމުން ގުދުރަތީ ރަށުގެ ބޮޑުމިން އޮންނަނީ ގެއްލިފައެވެ. އަސްލަކީ މިއީ ދިވެހިރާއްޖޭގެ އެންމެ ބޮޑެތި ރަށްތަކުގެ ތެރޭގައި ހިމެނޭ ގުދުރަތީ ރަށެކެވެ. މާކުރީ ޒަމާނެއްގައި ގުދުރަތީ ދެރަށުގެ ގޮތުގައި އޮވެ ފަހުން ތަބީއީގޮތުން އެއްވީ ކަމަށް ވެސް ވެދާނެއެވެ.
ކޮންމެއަކަސް ހުޅުމީދޫ ޖަޒީރާގެ ސައިޒު 3 އަކަކިލޯމީޓަރަށްވުރެ ކުޑަ ތަންކޮޅެއް ބޮޑެވެ. މިއަދު އައްޑޫ ސިޓީގެ ދެ އަވަށުގެ ގޮތުގައި އޮތް ހުޅުދޫ އަދި މީދޫގެ ރަޖިސްޓްރީ އާބާދީ އެއްކޮށްލުމުން ދިވެހިރާއްޖޭގެ އާބާދީގެ ގޮތުން ވެސް އެންމެ ބޮޑު ރަށްތަކުގެ ލިސްޓަށް މިރަށް އަރައެވެ. އެއީ ހުޅުދޫގެ 3763 މީހުންނާއި މީދޫގެ 3082 މީހުންނާއެކު ޖުމްލަ 6845 މީހުންނެވެ.
އަންޒަމާނުއްސުރެން އިދާރީ ވަކި ދެރަށުގެ ގޮތުގައި ބަލަމުން އައި ހުޅުދޫއާއި މީދޫއަކީ ހުޅުމީދޫއޭ ކިޔާ އިދާރީ އެއްރަށުގެ ގޮތުގައި އޮތް ދުވަސްވަރެއް ވެސް ދިޔައެވެ. އެއްރަށެއްގެ ގޮތުގައި ހަމަޖެއްސީ ރައީސް އިބްރާހީމް ނާސިރުގެ ވެރިކަމުގައި 3 އޭޕްރީލް 1969 ގައެވެ. އެހެންނަމަވެސް މާގިނަ އަހަރުތަކެއް ނުވަނީސް 1975 ގައި އަލުން ދެ ރަށެއްގެ ގޮތުގައި ކަނޑައެޅިއެވެ.
1975 ގެ ފަހުން ހުޅުދޫއާއި މީދޫއަކީ އިދާރީ ވަކި ދެ ރަށުގެ ގޮތުގައި އޮތަސް ދިވެހިރާއްޖޭގެ ޖަޒީރާތަކުގެ އަދަދު ކަނޑައަޅައި، ރައީސް މައުމޫނުގެ ވެރިކަމުގައި ނެރެފައިވާ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ނަންބަރު 66/83 ދެންނެވުމުގައި އައްޑުއަތޮޅު ހުޅުދޫއާއި މީދޫ އޮތީ ހުޅުމީދޫގެ ނަމުގައި އެއް ޖަޒީރާއެއްގެ ގޮތުގައެވެ.

ކިޔުންތެރިންގެ ހިޔާލު