މަރްޔަމް ނަހްދާ ވަޙީދު   7 ޖޫން 2025 - 3:38
ލޭގެ ޕްރެޝަރު ބެލުން
ލޭގެ ޕްރެޝަރު ބެލުން
އިންސާނާގެ ހަށިގަނޑުގެ އެންމެ މުހިންމު އެއް ގުނަވަނަކީ ބޮޑު ގޮހޮރެވެ. ބޮޑު ގޮހޮރުގެ މައިގަނޑު މަސައްކަތަކީ ހަށިގަނޑުގައި އުފެދޭ ވިހަ މާއްދާތައް ބޭރުކުރުމެވެ. ނަމަވެސް، ބޮޑު ގޮހޮރު ރަނގަޅަށް މަސައްކަތް ނުކުރާނަމަ، ނުވަތަ ސާފުނުވާނަމަ، ވަރަށް ގިނަ ވިހަ މާއްދާތައް ހަށިގަނޑުގައި ހުންނާނެއެވެ. މިކަމުގެ ސަބަބުން ގިނަ ސިއްހީ މައްސަލަތަކެއް ދިމާވެއެވެ.

ތިރީގައި މި ހިމަނާލަނީ ބޮޑު ގޮހޮރު ސާފުނުވުމުގެ ސަބަބުން ދިމާވާ 3 މައްސަލައެކެވެ.

ލޭގައި ކްރިއެޓިނިން އަދި ޔޫރިއާގެ މިންވަރު އިތުރުވުން

ބޮޑު ގޮހޮރު ސާފުނުވުމުގެ ސަބަބުން ދިމާވާ އެންމެ ބޮޑު އެއް މައްސަލައަކީ ލޭގައި ކްރިއެޓިނިން އަދި ޔޫރިއާގެ މިންވަރު އިތުރުވުމެވެ. މި ދެ މާއްދާއަކީ ހަށިގަނޑުން ބޭރުކުރަންޖެހޭ ވިހަ މާއްދާތަކެވެ. ބޮޑު ގޮހޮރު ރަނގަޅަށް މަސައްކަތް ނުކުރާނަމަ، މި މާއްދާތައް ލޭގައި އެއްވެ، އޭގެ މިންވަރު އިތުރުވެއެވެ. މިކަމުގެ ސަބަބުން ހަށިގަނޑުގެ އެހެން ގުނަވަންތުނަވަންތަކަށް ގެއްލުން ލިބި، ބަލިވެ އާންމު ދިރިއުޅުމަށް ބުރޫއަރައެވެ.

ލޭ އުފައްދާ ވަރު މަދުވުން

ބޮޑު ގޮހޮރު ރަނގަޅަށް މަސައްކަތް ނުކުރާނަމަ، އެރިތްރޮޕޮއިޓިން ހޯމޯން އުފެއްދުން މަދުވެ، ހަށިގަނޑުގައި ލޭ އުފެއްދުމަށް ދަތިވެއެވެ. މިކަމުގެ ސަބަބުން ލޭ މަދުވުމުގެ ބަލި (އެނީމިއާ) ޖެހި، ވަރުބަލިކަމާއި، ނޭވާ ހާސްވުން ފަދަ އަލާމާތްތައް ފެންނަން ފަށައެވެ. މީގެ އިތުރުން، ހަށިގަނޑުގެ އެހެން ގުނަވަންތަކަށް ބޭނުންވާ އޮކްސިޖަން ލިބުން މަދުވެ، އެ ގުނަވަންތަކުގެ މަސައްކަތަށް ދަތިވެއެވެ.

ލޭގެ ޕްރެޝަރު މަތިވުން

ބޮޑު ގޮހޮރަކީ ހަށިގަނޑުގައި ހުރި އިތުރު ފެން ބޭރުކުރުމުގެ މަސައްކަތް ކުރާ ގުނަވަނެވެ. ބޮޑު ގޮހޮރު ރަނގަޅަށް މަސައްކަތް ނުކުރާނަމަނުކުރާނަމަ، ހަށިގަނޑުގައި ފެން ޖަމާވެ، ލޭގެ ޕްރެޝަރު މައްޗަށް ދެއެވެ. މިކަމުގެ ސަބަބުން ހިތުގެ ބަލިތަކާއި، ސްޓްރޯކް ޖެހުމުގެ ފުރުސަތު ބޮޑުވެއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން