އިންސްޓަ އެޕް
އިންސްޓަ އެޕް
އައިޕެޑަށް ހާއްސަ އިންސްޓަގްރާމު އެޕެއް މިއަހަރު ފަހުކޮޅު ނެރުމަށް ތައްޔާރުވަމުން އަންނަ ކަމަށް މެޓާއިން ހާމަކޮށްފިއެވެ.

އެޕް ނެރުމުގެ ކުރިން ހަދަން ޖެހޭ ޓެސްޓުތައް މިހާރުވެސް މެޓާގެ މުވައްޒަފުން ހަދަމުންދާ ކަމަށް ރިޕޯޓުތަކުގައި ވެއެވެ.

މެޓާއިން ބުނީ މީގެ ކުރިން އައިޕެޑަށް ޚާއްސަ އެޕެއް ނެރެފައިނުވަނީ، އޮޕްޓިމައިޒޭޝަންގެ މައްސަލަތަކާއި، އައިޕެޑްގެ ބޮޑު ސްކްރީނުގައި ހަތަރެސްކަން ފޮޓޯތައް ފެންނާނެ ގޮތާއި، އަދި ފެންވަރު ދަށް ފޮޓޯތައް ފާޅުވެދާނެ ކަމުގެ ކަންބޮޑުވުންތަކުގެ ސަބަބުން ކަމަށެވެ.

އެހެންނަމަވެސް މިހާރު ޓެކްނޮލޮޖީ އެކަމަށް އެކަށީގެންވާ ވަރަށް ކުރިއަރާފައިވާ ކަމަށާއި އެހެންވެ، މި އެޕް ތައާރަފް ކުރަން ނިންމީ ކަމަށް މެޓާއިން ވަނީ ހާމަކޮށްފައެވެ.

އިންސްޓަގްރާމަކީ ދުނިޔޭގެ އެކިކަންކޮޅުތަކުގެ މީހުންގެ މެދުގައި މަގުބޫލު ސޯޝަލް މީޑިއާ އެޕެކެވެ. މިހާރު އައިޕެޑުން އިންސްޓަގްރާމް ބޭނުންކުރުމަށް ލިބެން ހުންނަނީ، އައިފޯނަށް ޚާއްސަކޮށްފައިވާ އެޕްލިކޭޝަނެވެ. މިއީ އައިޕެޑްގެ ބޮޑު ސްކްރީނަށް ރަނގަޅަށް ފިޓްނުވާ، އަދި ބޭނުންކުރަން އުނދަގޫ، "ޒޫމް" ކޮށްފައިވާ ވާޝަންއެކެވެ. އެހެންވެ، ޔޫޒަރުން މިކަމުގެ ޝަކުވާ ވަރަށް ކުރެއެވެ.

މެޓާއިން ބުނީ އެހެންވެ، އައިޕެޑަށް ހާއްސަ އިންސްޓަގްރާމު އެޕެެއް ހެދުމަށް ވަރަށް ހާއްސަ އިސްކަމެއް ދޭކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން