އަމިއްލަ ދަރިއަކަށް ޖިންސީ ގޯނާކުރި ބައްޕަ
އަމިއްލަ ދަރިއަކަށް ޖިންސީ ގޯނާކުރި ބައްޕަ
އަމިއްލަ ދަރިފުޅަށް ޖިންސީ ގޯނާކުރި މައްސަލައެއް ސާބިތުވެ، ބަންގްލަދޭޝްގެ މުންޝީގަންޖު ކޯޓުން އުމުރުން 60 އަހަރުގެ އެބާދަތު މީރް އުމުރަށް ޖަލަށްލުމަށް ހޯމަ ދުވަހު ހުކުމްކޮށްފިއެވެ.

މި ހާދިސާއަކީ 2015 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައި ލޯހާޖަންގް އުޕަޒިލާގައި ހިނގާފައިވާ ހިތާމަވެރި ހާދިސާއެކެވެ.

އަންހެނުންނާއި ކުޑަކުދިންނަށް ކުރާ އަނިޔާތައް ހުއްޓުވުމުގެ ޤާނޫނުގެ ދަށުން އެބާދަތު މީރްގެ މައްޗަށް ކުށް ސާބިތުވާކަމަށް ކަނޑައަޅައި، އުމުރު ދުވަހުގެ ޖަލު ޙުކުމެއް އިއްވުމުގެ އިތުރުން، އެއްލައްކަ ޓަކާއިން އޭނާ ޖޫރިމަނާ ކުރުމަށްވެސް ކޯޓުން ވަނީ އަމުރުކޮށްފައެވެ.

ކޯޓުން މި ޙުކުމް އިއްވާފައިވަނީ މި މައްސަލައާ ގުޅިގެން ޝަރީޢަތަށް ހެކިބަސް ދީފައިވާ ހަތް މީހެއްގެ ވާހަކަތަކަށް ރިޢާޔަތްކުރުމަށް ފަހުގައެވެ.



ކިޔުންތެރިންގެ ހިޔާލު