އިންޑިއާއިން ހިމާޔަތް ހޯއްދަވައިގެން ހުންނެވި ބަންގްލަދޭޝްގެ ކުރީގެ ބޮޑުވަޒީރު ޝައިޚް ހަސީނާ، އަންނަ ޑިސެމްބަރު މަހު އަނބުރާ ޤައުމަށް ވަޑައިގަތުމަށްޓަކައި އައު ޕާސްޕޯޓަކާއި އައިޑީ ކާޑަކަށް އެދިވަޑައިގަތުމުން، އެކަން ބަލައިނުގަނެ ބަންގްލަދޭޝްގެ މިހާރުގެ ސަރުކާރުން ހަރުކަށި އިބާރާތުން ރައްދު ދީފިއެވެ.
ބަންގްލަދޭޝް ސަރުކާރުން ޝައިޚް ހަސީނާ ސިފަކޮށްފައިވަނީ ފިލައިގެން އުޅޭ "ކުށްވެރިއެއް" އަދި "ޓެރަރިސްޓެއް" ގެ ގޮތުގައެވެ. އަދި އޭނާއަށް އައު ޕާސްޕޯޓެއް ދޫނުކުރެވޭނެ ކަމަށް ބުނެ، ދެ ޤައުމުގެ ދެމެދުގައި ވެވިފައިވާ ކުށްވެރިން ބަދަލުކުރުމުގެ މުއާހަދާގެ ދަށުން އޭނާ ބަންގްލަދޭޝްއާ ޙަވާލުކުރުމަށް އިންޑިއާއަށް ވަނީ ގޮވާލާފައެވެ.
އަމިއްލަފުޅަށް އަރުވާލެވިގެން އިންޑިއާގައި ދިރިއުޅުއްވަމުން ގެންދަވާ ހަސީނާގެ ޤާނޫނީ ޓީމުން ނިއުދިލީގައި ހުންނަ ބަންގްލަދޭޝްގެ ހައިކޮމިޝަނަށް ފޮނުވި ސިޓީއެއްގައި ބަޔާންކޮށްފައިވަނީ، ޑިސެމްބަރު މަހު އެނބުރި ޤައުމަށް ވަޑައިގެން ކޯޓަށް ޙާޟިރުވެވަޑައިގަތުމަށް ބޭނުންފުޅުވާތީ، ޕާސްޕޯޓާއި އައިޑީ ކާޑު އައުކޮށްދިނުމަށެވެ.
ނަމަވެސް، 2024 ވަނަ އަހަރު ގެނެވުނު ސިޔާސީ އިންޤިލާބާ ގުޅިގެން، ހަސީނާގެ ޣައިރު ޙާޟިރުގައި އޭނާގެ މައްޗަށް މަރުގެ ޙުކުމް އިއްވާފައިވާތީ، ޕާސްޕޯޓް ދޫކުރެވެން ނެތް ކަމަށް ބަންގްލަދޭޝްގެ ޚާރިޖިއްޔާއިން ވަނީ ކަނޑައަޅާފައެވެ.
މި މައްސަލައިގެ ސަބަބުން އިންޑިއާއާއި ބަންގްލަދޭޝްއާ ދެމެދު އޮތް ސިޔާސީ އަދި ޑިޕްލޮމެޓިކް ގުޅުމަށް އިތުރު ނުތަނަވަސްކަމެއް ކުރިމަތިވެދާނެ ކަމަށް މަސްރަޙު ދިރާސާކުރާ ފަރާތްތަކުން ލަފާކުރެއެވެ.

ކިޔުންތެރިންގެ ހިޔާލު