ބަންގްލަދޭޝްގެ ވެރިކަމުން ދުރުކުރެވިފައިވާ ކުރީގެ ބޮޑުވަޒީރު ޝައިޚް ޙަސީނާ، އެސޯސިއޭޓެޑް ޕްރެސް (އޭޕީ) އަށް އީމެއިލް މެދުވެރިކޮށް ދެއްވި ޚާއްޞަ ބަސްދީގަތުމެއްގައި، ކުރިމަތިލައްވަން ޖެހިވަޑައިގަންނަވާ ކޮންމެ ނުރައްކަލަކަށް ފަސްޖެހިވަޑައިނުގެން، އަންނަ ޑިސެމްބަރު މަހު އަނބުރާ ވަޒަނަށް ވަޑައިގަތުމަށް ނިންމަވާފައިވާ ނިންމެވުމުގައި ސާބިތުވެ ހުންނެވި ކަމަށް ވިދާޅުވެއްޖެއެވެ.
ފިއްލަވައިގެން މިވަގުތު އިންޑިއާގައި ދިރިއުޅުއްވަމުން ގެންދަވާ ޙަސީނާގެ ޣައިރު ޙާޟިރުގައި، ބަންގްލަދޭޝްގެ ޚާއްޞަ ޓްރައިބިއުނަލަކުން ވަނީ އޭނާގެ މައްޗަށް މަރުގެ އަދަބު ކަނޑައަޅާފައެވެ. އެއީ، 2024 ވަނަ އަހަރު އޭނާގެ ސަރުކާރާ ދެކޮޅަށް ރައްޔިތުން ކުރި ވަރުގަދަ މުޒާހަރާތައް އަނިޔާވެރިކަމާއެކު ހުއްޓުވުމުގައި، އިންސާނިއްޔަތާ ޚިލާފު ބޮޑެތި ޖަރީމާތަކެއް ހިންގަވާފައިވާ ކަމަށް ކަނޑައެޅުމަށް ފަހުގައެވެ.
އޭޕީ އަށް ދެއްވި ބަޔާނުގައި ޙަސީނާ ފާހަގަކުރެއްވި ގޮތުގައި، އެނބުރި ޤައުމަށް ވަޑައިގެންފިނަމަ ހައްޔަރުކޮށް، ޖަލުގެ އަނދިރިގޮޅިއަށް ލުމާއި، ލާއިންސާނީ އަނިޔާ ލިބުން ނުވަތަ ފުރާނަފުޅު ދުއްވާލުމުގެ ނުރައްކާ އޮތްކަން އެކަމަނާއަށް ވަރަށް ރަނގަޅަށް ސާފުވެއެވެ. ނަމަވެސް، އަމިއްލަ ޤައުމުގެ ރައްޔިތުން ނިކަމެތިކަމާއި ބިކަހާލުގައި ތިއްބައި، ހަމަޖެހިގެން ދުރުގައި ބައްލަވަން ހުންނަވަން ޟަމީރު ތަންނުދޭ ކަމަށް އެކަމަނާ ވިދާޅުވިއެވެ. އަދި އަޖަލު ހަމަވުމަކީ އިލާހީ މިންވަރުފުޅުގައި ލިޔެވިފައިވާ ކަމަކަށްވާއިރު، އެންމެ ފަހު ނޭވާ ދޫކޮށްލައްވަން އެދިވަޑައިގަންނަވަނީ އަމިއްލަ ވަޒަނުގެ ފަސްގަނޑުގައި، ލޮބުވެތި ރައްޔިތުންގެ ޚިދުމަތުގައި ކަމަށްވެސް ވިދާޅުވިއެވެ.
ޙަސީނާ ވަނީ އޭނާގެ މައްޗަށް ކުރެވިފައިވާ އެންމެހައި ތުހުމަތުތައް ދޮގުކުރައްވައި، ޓްރައިބިއުނަލްގެ އެ ޙުކުމަކީ ސިޔާސީ ބޭނުމަކަށް ކޮށްފައިވާ ބާޠިލު ނިންމުމެއް ކަމަށް ސިފަކުރައްވާފައެވެ.
ބަންގްލަދޭޝްގެ މިހާރުގެ އިންތިޤާލީ ސަރުކާރުން ޙަސީނާ އެ ޤައުމާ ޙަވާލުކުރުމަށް އިންޑިއާގައި ރަސްމީކޮށް އެދެމުންދިޔަ ނަމަވެސް، އިންޑިއާއިން އަދި މިހާތަނަށް އެކަމަށް އެއްވެސް އިޖާބައެއް ދީފައެއް ނުވެއެވެ. މީގެއިތުރުން، މިހާރުގެ ސިޔާސީ ހަލަބޮލިކަމުގެ ނާޖާއިޒު ފައިދާ ނަގައިގެން، ހައްދުފަހަނައަޅާފައިވާ ހަރުކަށި ފިކުރުގެ ޖަމާޢަތްތަކުން ބަންގްލަދޭޝްގައި ނުފޫޒު ގަދަކުރަމުންދާ ކަމުގެ ކަންބޮޑުވުންވެސް ޙަސީނާ ވަނީ ފާޅުކުރައްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު