އިންސާނާގެ ސިކުނޑިއަކީ ހަށިގަނޑުގެ އެންމެ މުހިންމު ގުނަވަނެވެ. ސިކުނޑިއަކީ މީހަަގެ ހިޔާލުތަކާއު، ޖަޒުބާތުތަކާއި ނިންމުންތައް ކޮންޓްރޯލު ކުރާ ގުނަވަނެވެ. ދިރިއުޅުމުގައި ގެންގުޅޭ ބައެއް އާދަތަަކުގެ ސަބަބުން ސިކުނޑިއަށް ގެއްލުންލިބި، ސިކުނޑީގެ މަސައްކަތްތަކަށް ބުރޫ އަރާ ފަހަރުވެސް އާދެއެވެ. ތިރީގައި މިވާ ކަންތައް ކުރާނަމަ އޭގެ ސަބަބުން ސިކުނޑިއަށް ގެއްލުންވެ، މީހާއަށް ސިއްހީ މައްސަލަތައް ދިމާވެއެވެ.
ހަމަ ނިދި ނުލިބުން
ހަށިގަނޑަށް ބޭނުންވާ ވަރަށް ނިދި ނުލިބުމަކީ އެކަމުގެ ސަބަބުން ސިކުނޑިއަށް ގެއްލުންވާ ކަމެކެވެ. ރޭގަނޑު ނުނިދާ ހޭލާ ހުންނަން އާދަ ކޮށްފިނަމަ މީހާގެ ހަނދާން ބަލިކަށިވެ، ސަމާލުކަން ދިނުމުގެ ގާބިލުކަން ދައްވެއެވެ. އަދި މީހާގެ މޫޑަށްވެސް މިކަމުގެ ސަބަބުން އަސަރު ކުރެއެވެ.
ނާސްތާ ނުނެގުން
ހެނދުނުގެ ނާސްތާ ނުނަގާނަމަވެސް އޭގެ ސަބަބުން މީހާގެ ސިކުނޑިއަށް ގެއްލުންވެއެވެ. ހެނދުނުގެ ނާސްތާ ނުނަގާނަމަ ސިކުނޑީގެ މަސައްކަތްތައް އޭގެ އެންމެ ރަނގަޅު ގޮތުގައި ކުރުމުގެ ހަކަތަ އެއް ނުލިބޭނެއެވެ. މިކަމުގެ ސަބަބުން ކަންކަމަށް ސަމާލުކަން ދޭން އުނދަގޫވެ، މީހާ ވަރުބަލިވާ ވަރު އިތުރުވެއެވެ.
އެކަނި އުޅުން
މާ ގިނައިރު އެކަނި އުޅޭނަމަވެސް ސިކުނޑިއަށް ގެއްލުންވެއެވެ. އެކަނި އަމިއްލަ ހިޔާލުތަކާއެކު ވަގުތު ހޭދަކުރުމުން މީހާއަށް ވަރަށް ހިތާމަވެރިކަން އިހުސާސް ކުރެވެއެވެ. އަދި ސިކުނޑީގެ މަސައްކަތްތައްވެސް ލަސްވެއެވެ. ސިކުނޑީގެ މަސައްކަތް އޭގެ އެންމެ ރަނގަޅު ގޮތުގައި ކުރަން ބޭނުންވާނަމަ އެހެން މީހުންނާ މުއާމަލާަތުކޮށް، އެހެން މީހުންނާ އެކު ވަގުތު ހޭދަކުރުމަކީ މުހިންމު ކަމެކެވެ.

ކިޔުންތެރިންގެ ހިޔާލު