އައިޖީއެމްއެޗްގެ 75 އެނދުގެ ވޯޑް ކޮމްޕްލެކްސް
އައިޖީއެމްއެޗްގެ 75 އެނދުގެ ވޯޑް ކޮމްޕްލެކްސް
އައިޖީއެމްއެޗްގެ 75 އެނދުގެ ވޯޑް ކޮމްޕްލެކްސްގެ މިހާރު ނުނިމެނީ ފިނިޝިންގެ މަސައްކަތް އެކަނިކަމަށް އެ މަސައްކަތް ކުރަމުންދާ އާރުޑީސީން ބުނެފި އެވެ.

އާރުޑީސީން ބުނީ ވޯޑް ކޮމްޕްލެކްސްގެ 90 ޕަސެންޓް މިހާރު ނިމިފައިވާ ކަމަށެވެ. އަދި މިހާރު ކުރަމުންދަނީ ފިނިޝިންގެ މަސައްކަތްތައް ކަމަށް ވެސް އާރުޑީސީން ބުންޏެވެ.

މިއީ އައިޖީއެމްއެޗަށް ކުރިމަތިވެފައިވާ ޖާގައިގެ ދަތިކަން ހައްލުކުރުމުގެ ގޮތުން އިތުރުކުރަމުންދާ ވޯޑުތަކެކެވެ.

މި މަހު ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވި ގޮތުގައި އެ ވޯޑު އަންނަ މަހު ހުޅުވާނެ އެވެ.

75 އެނދުގެ އެ ވޯޑު ކޮމްޕްލެކްސްގެ ޖެނަރަލް ވޯޑުގައި 44 އެނދާއި ހައި ޑިޕެންޑެންސީގައި 15 އެނދާއި ޕްރައިވެޓް 14 ޔުނިޓް ހުންނާނެ އެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން