އައިޖީއެމްއެޗް-
އައިޖީއެމްއެޗް-
މިދިޔަ އަހަރު އެކަނިވެސް 500 މީހުންނަށް ސްޓްރޯކް ޖެހިގެން އައިޖީއެމްއެޗުގައި އެޑްމިޓްކުރިކަމަށް އެ ހޮސްޕިޓަލުން ބުނެފިއެވެ.

ޕީއެސްއެމްއިން މިރޭ ގެނެސްދިން "ރާއްޖެ މިއަދު" ޕްރޮގްރާމްގައި އައިޖީއެމްއެޗްގެ ކޮންސަލްޓަންޓް ސްޕެޝަލިސްޓް އިން ނިއުރޯސާޖަރީ ޑރ. އަލީ އާފީ ވިދާޅުވީ މުޅި ދުނިޔޭގެ ހާލަތަށް ބަލާލާއިރުވެސް ސްޓްރޯކް ޖެހުން އާންމު ކަމަށެވެ. އެގޮތުން ކުރީގެ ޑޭޓާއާ އަޅާބަލާއިރު 50 ޕަސެންޓް އިތުރުވެފައިވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

"ރާއްޖޭގެ ހާލަތަށް ބަލާލާއިރު އައިޖީއެމްއެޗުގެ ޑޭޓާއަށް ބަލާލާއިރު ވެސް މިދިޔަ އަހަރުގެ ތެރޭގައިވެސް 500އަށް ވުރެ ގިނަ މީހުންނަށް ސްޓްރޯކް ޖެހިގެން އައިޖީއެމްއެޗުގައި އެޑްމިޓްވެފައި ވަނީ" އާފީ ވިދޅާުވި އެވެ.

އައިޖީއެމްއެޗުގައި މަސައްކަތް ކުރައްވާ ނިއުރޮލޮޖިސްޓް ޑރ. ސަލްމާން ނިޒާމް ވިދާޅުވީ ސްޓްރޯކް ޖެހުމަށް މަގުފަހިވާ ކަންކަން މިރޭގެ ޕްރޮގްރާމްގައި ހިއްސާ ކުރައްވައިފައެވެވެ.

އެގޮތުުން ހަކުުރ މައްޗަށް ދިއުމާއި، ލޭގެ ޕްރެޝަރު މަތިވުން އަދި ކޮލެސްޓްރޯލް މަތިވުން އަދި ބައެއް ފަހަރު އިންފެކްޝަންއަކުން ވެސް ސްޓްރޯކް ޖެހިދާނެކަމަށް ސަލްމާން ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް