މަރްޔަމް ނަހްދާ ވަޙީދު   13 ޖޫން 2025 - 19:26
ފަތުރުވެރިޔާ ގެއްލުނު ސަރަހައްދުގައި ސިފައިން ހަރަކާތްތެރިވަނީ- ފޮޓޯ: ސިފައިން
ފަތުރުވެރިޔާ ގެއްލުނު ސަރަހައްދުގައި ސިފައިން ހަރަކާތްތެރިވަނީ- ފޮޓޯ: ސިފައިން
ކ. މާފުށި ކައިރީގައި އޮންނަ ކަނޑޫމާ ތިލަ ކައިރިއަށް ޑައިވިނަށް ގޮސް އުޅެނިކޮށް ގެއްލުނު ފަތުރުވެރިޔާ މަރުވެފައި އޮއްވާ ފެނިއްޖެއެވެ.

އެމްއެންޑީއެފުން ބުނީ ސިފައިންގެ މާލޭ އޭރިއާގެ ކޮމާންޑް، ކޯސްޓްގާޑް ސެކަންޑް ސްކޮޑްރަންގެ ޑައިވަރުން މިއަދުގެ ހަވީރު 5:17 ހާއިރު އެ ޓޫރިސްޓު މީހާ މޫދުން ނަގާފައިވާ ކަމަށެވެ.

މައުލޫމާތު ލިބޭ ގޮތުގައި އެ ފަތުރުވެރިޔާ ނަގައިގެން މާފުށީ ހޮސްޕިޓަލަށް ގެންދިޔައިރު ވެސް އޮތީ މަރުވެފައެވެ.

ޖަޕާނަށް ނިސްބަތްވާ މި ފަތުރުވެރިޔާ ގެއްލިގެން ސިފައިންނަށް ރިޕޯޓްކުރީ މިއަދު ހެނދުނު 10:00 ހާއިރެވެ. އޭނާއަކީ މާފުށި ގެސްޓުހައުސްއަކުން ޓޫރިސްޓުންތަކެއް ގޮވައިގެން އެ ތިލައަށް ދަތުރުކުރި އުޅަނދަކުން ޑައިވިނަށް ފޭބި މީހެކެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން