އިޒުރޭލުގެ މައި އެއާޕޯޓު މުއްދަތެއް ނެތްގޮތަށް ބަންދުކޮށްފިއެވެ.
ބެން ގުރިއޮން އިންޓަނޭޝަނަލް އެއާޕޯޓު ބަންދުކޮށްފައިވާކަން އިޒުރޭލުން ހާމަކޮށްފައި މިވަނީ އީރާނުން އިއްޔެ އިޒުރޭލަށް ވަރުގަދަ ހަމަލާތަކެއް ދީފައި ވަނިކޮށެވެ.
ނަމަވެސް، މިއީ އެ ހަމަލާތަކާ ގުޅިގެން ސަލާމަތީގޮތުން އެޅި ފިޔަވަޅެއްކަމެއް ނުވަތަ ނޫންކަމެއް އިޒުރޭލުން ބުނެފައެއް ނުވެއެވެ.
އިޒުރޭލުގެ ބެން ގުރިއޮން އެއާޕޯޓުގެ ތަރުޖަމާނު ބުނެފައިވަނީ އެއާޕޯޓު ވަގުތީގޮތުން ބަންދު ކޮށްފައިވާކަމަށާއި ނަމަވެސް އެއާޕޯޓު ހުޅުވާނެ ތާރީހެއް އަދި ބުނަން ނޭނގޭ ކަމަށެވެ.
އެ އެއާޕޯޓު ބަންދުކޮށްފައިވާއިރު އެ ތަނުގެ ކައިރިން ޔަމަނުގެ ހޫތީން މީގެ ކުރިން މިސައިލް ހަމަލާތަކެއް ދީފައިވާކަން ފާހަގަކޮށްލެވެއެވެ.
އިޒުރޭލުން އިރާންގެ ނިއުކުލިއާ މަރުކަޒުތަކަކަށް އަމާޒުކޮށް ދިން ހަމަލާތަކުގައި އިރާނުގެ އަސްކަރީ އިސް އެތައް ބަޔަކު ވަނީ އަވަހާރަވެފައެވެ. ބަދަލުގައި އިރާނުން އިއްޔެ އިޒުރޭލަށް ދިން ހަމަލާތަކުގައި ޖުމުލަ 95 މީހަކު ޒަހަމްވެފައިވާކަމަށް އިޒުރޭލުން ބުނެއެވެ. އަދި ފުރާނައަށް ނުރައްކާވާ މިންވަރަށް 20 މީހަކަށް އަނިޔާވެފައިވާކަމަށް އިޒުރޭލުން ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު