މިއީ ލީބިޔާއަށް ނިސްބަތްވާ ފިރިހެނަކު ހައްޖަށް ދާން އުޅުމުގެ ތެރޭގައި ދިމާވި ހާދިސާއެކެވެ.
ލީބިޔާއަށް ނިސްބަތްވާ އާމެރް ނަމަކަށް ކިޔާ ޒުވާނަކު ހައްޖަށް ދާން ފުރަން އުޅެނިކޮށް، އެއާޕޯޓުގައި އޭނާއަށް ސެކިއުރިޓީ މައްސަލައެއް ދިމާވިއެވެ. އެވަގުތު އެއާޕޯޓުގެ ސެކިއުރިޓީން އޭނާ ގާތު ބުނީ އެ މައްސަލަ ހައްލު ކުރަން މަސައްކަތް ކުރަމުންދާ ކަމަށާއި، އެކަން ހައްލުވަންދެން މަޑުކޮށްލަން ޖެހޭނެ ކަމަށެވެ. އޭނާ އެތަނުގައި މަޑު ކޮށްގެން ހުއްޓައި އެހެން ހުރިހާ ހައްޖާޖީން އެމީހުން ސެކިއުރިޓީ ޗެކުތައް ނިންމުމަށްފަހު ފްލައިޓަށް އެރިއެވެ. އަދި އާމެރްގެ ސެކިއުރިޓީ ޗެކުތައް ނުނިމެނީސް ފްލައިޓުގެ ދޮރުތައް ލައްޕާލިއެވެ.
އޭގެ އިރުކޮޅެއްފަހުން އާމެރުއަށް ދިމާވި މައްސަލަ ހައްލުވެ، އޭނާ ފްލައިޓަށް އަރަންވެގެން ދިޔައެވެ. އެހެންނަމަވެސް ފްލައިޓުގެ ޕައިލެޓު ވަނީ އެ ފްލައިޓުގެ ދޮރު ހުޅުވަން އިންކާރު ކޮށްފައެވެ. އަދި އެ ފްލައިޓު ފުރީ އާމެރު ފްލައިޓަށް ނާރުވައެވެ.
އެއާޕޯޓުގެ ސެކިއުރިޓީ އޮފިސަރުން އާމެރު އަށް ހިތްވަރުދޭން ވަރަށް މަސައްކަތް ކުރިއެވެ. އަދި ގެއަށް ދާންވެސް ނަސޭހަތްތެރި ވިއެވެ. އެހެންނަމަވެސް އާމެރު ދިޔައީ އެއާޕޯޓުން ދާން އިންކާރު ކުރަމުންނެވެ. އޭނާ ބުނަމުންދިޔައީ އޭނާ ދިޔައީ ހައްޖަށް ދާން ގަސްތުކޮށްގެން ކަމަށާއި، އެހެންވެ މާތްﷲ އިރާދަފުޅު ކުރެއްވިއްޔާ ހައްޖަށް ދެވޭނެ ކަމަށެވެ.
ފްލައިޓު ފުރިތާ މާ ލަސްތަކެއްނުވެ، ފްލައިޓުގައި މައްސަލައެއް ދިމާވެގެން ޑައިވާޓު ކުރަން ޖެހުނު ހަބަރު އިއުލާން ކުރިއެވެ. އަދި ފްލައިޓު އަނބުރާ އެއާޕޯޓަށް ޖައްސައި، ދިމާވި މައްސަލަވެސް ހައްލު ކުރިއެވެ. އެހެންނަމަވެސް އެފަހަރުވެސް ފްލައިޓުގެ ޕައިލެޓު ވަނީ އާމެރު އަރުވަން ފްލައިޓް ދޮރު ހުޅުވަން އިންކާރު ކޮށްފައެވެ. އެފަހަރުވެސް ފްލައިޓު ފުރީ އާމެރު ފްލައިޓަށް ނާރުވައެވެ.
ދެންވެސް ސެކިއުރިޓީ އޮފިސަރު އޭނާއަށް ވިސްނައިދޭން މަސައްކަތް ކުރިއެވެ. އަދި އެއަހަރުގެ ހައްޖު އޭނާގެ ނަސީބުގަައި ނުވަނީކަމަށްވެސް އޮފިސަރު ބުންޏެވެ. ނަމަވެސް އާމެރު ވަނީ ވަރަށް ޔަގީންކަމާއެކު އޭނާއަށް މާތްﷲ ގެ އިރާދަފުޅާއެކު ހައްޖުގެ އަޅުކަން އަދާކުރެވޭނެ ކަމަށް ބުނެފައެވެ.
ދެވަނަ ފަހަރަށް ފްލައިޓު ފުރައިގެން މާ ގިނައިރުތަކެއް ނުވެ، އަނެއްކާވެސް ފްލައިޓަށް މައްސަލައެއް ދިމާވިއެވެ. އަދި ފްލައިޓު އެނބުރި އެއާޕޯޓަށް އައެވެ. އެފަހަރު ޕައިލެޓަށް ވެގެން އުޅޭ ގޮތް ވިސްނުނެވެ. އަދި އެފަހަރު ޕައިލެޓު ނިންމީ އާމެރު ގޮވައިގެން ނޫން ގޮަތަކަށް ނުފުރުމަށެވެ.
އެދުވަހު އެ ފްލައިޓު ފުރީ އާމެރު ގޮވައިގެންނެވެ. އަދި އާމެރު ގޮވައިގެން ފުރުމަށްފަހު އެއްވެސް މައްސަލައެއް ދިމާނުވެ މައްކާއަށް ދެވުނެވެ.
މި ހާދިސާ އިން އެނގިގެންދަނީ ތަގުދީރުގައި ލިޔެވިފައިވާ ކަމެއް، އެ ލިޔެވިފައިވާ ވަގުތެއްގައި ވާނެ ކަމެވެ. އަދި އެއްވެސް މީހަކަށް އެކަމެއް ބަދަލު ނުކުރެވޭނެ ކަމެވެ.
މައުލޫމާތު: އިންސައިޑް ދަ ހަރަމައިން

ކިޔުންތެރިންގެ ހިޔާލު