މަރްޔަމް ނަހްދާ ވަޙީދު   10 ޖޫން 2025 - 15:36
ގައުމީ ޓީމުގެ ކޯޗު-
ގައުމީ ޓީމުގެ ކޯޗު-
ރާއްޖޭގެ ގައުމީ ފުޓުބޯޅަ ޓީމުގެ ކޯޗުގެ މަގާމުގައި ހުރި އަލީ ސުޒޭން އިސްތިއުފާ ދީފިއެވެ.

ގައުމީ ޓީމުގެ ކޯޗުކަމުގެ މަގާމާ ސުޒޭން ހަވާލުވީ، އެންމެ ފަހުން އެ މަގާމުގައި ހުރި އިޓަލީގެ ފްރެންޗެސްކޯ މޮރިއޭރޯގެ ކޮންޓްރެކްޓް ހަމަވުމުންނެވެ.

ސުޒޭން އިސްތިއުފާ ދީފައިވަނީ އޭޝިއަން ކަޕް ކޮލިފިކޭޝަންގައި ރާއްޖެއިން ޓިމޯ ލެސްޓޭ އަތުން 1-0 ގެ ނަތީޖާ އަކުން ބަލިވުމަށް ފަހުގައެވެ. މިއީ އޭނާ މަގާމާ ހަވާލުވި ފަހުން ވިދިވިދިގެން ރާއްޖެއިން ބަލިވި 5 ވަނަ ފަހަރެވެ.

ޓިމޯ ލެސްޓޭ މެޗަށްފަހު ދިން އިންޓަވިއުއެއްގައި ސުޒޭން ބުނީ އެ މެޗުގައި ރާއްޖެއިން ރަނގަޅު ކުޅުމެއް ދައްކާފައި ނުވާކަން ގަބޫލުކުރާ ކަމަށެވެ. އަދި އެކަމަށް ދިވެހި ފުޓުބޯޅަ ފޭނުންގެ ފަރާތުން މާފަށް އެދޭ ކަމަށް އޭނާ ވަނީ ބުނެފައެވެ.

އޭނާ އިތުރަށް ބުނީ ދިވެހި ޓީމާއެކު ކުރި މަސައްކަތް ނިމުނީ ކަމަށާއި، އެހެން ކޯޗަކަށް ދިވެހި ޓީމާއިގެން ކުރިއަށް ދިއުމުގެ ފުރުސަތު ދިނުމަށް މަގާމުން ދުރުވީ ކަމަށެވެ.

ސުޒޭން ބުނީ ދިވެހި ފުޓުބޯޅަ އުނދަގޫ ހާލަތެއްގައި އޮއްވައި ގައުމީ ޓީމާއެކު މަސައްކަތް ކުރަން ލިބުން އެއީ ވަރަށް ބޮޑު ޝަރަފެއް ކަމުގަ އެވެ.

އަދި ކޯޗުކަމުގެ މަގާމުގައި ހުރި ދުވަސްތަކުގައި އެއްބާރުލުންދިން ކުޅުންތެރިންނާއި، އޮފިޝަލުން އަދި މެނޭޖްމަންޓަށް ޝުކުރުއަދާ ކުރާ ކަމަށްވެސް ސުޒޭން ބުނެފައި ވެއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން