އަންހެނުން ދަރިމައިވުން ހުއްޓުވުމަށް ބޭނުންކުރާ ބޭސްތައް (ބަރތު ކޮންޓްރޯލް) ބޭނުން ކުރުމުން ސްޓްރޯކު ޖެހުމުގެ ފުރުސަތު އިތުރުވާކަމަށް ދިރާސާއަކުން ދައްކައިފިއެވެ.
ޔޫރަޕިއަން ސްޓްރޯކް އޯގަނައިޒޭޝަން ކޮންފަރެންސްގައި ހުށަހެޅި ދިރާސާއިން ދައްކާ ގޮތުގައި އެދްޓްރޮޖެން އަދި ޕްރޮޖެސްޓޮޖެން އެކުލެވޭ ކޮމްބައިންޑް ހޯމޯނަލް ކޮންޓްރެސެޕްޓިވްސް ބޭނުންކުރާ އަންހެނުންނަށް ކްރިޕްޓޮޖެނިކް ސްޓްރޯކް ޖެހުމުގެ ފުރުސަތު ބޮޑުވެގެންދެއެވެ.
މިއީ ކުއްލިއަކަށްޖެހޭ ނުރައްކާތެރި ބާވަތެއްގެ ސްޓްރޯކެއް ކަމުގައި ވީއިރު، މި ސްޓްފޯކު ޖެހުމަށް ދިމާވާ ވަކި ސަބަބެއް ދެނެގަނެވިފައި ނުވާކަމަށް ދިރާސާގައި ވެއެވެ.
މި ދިރާސާގެ ހޯދުންތަކުން ދައްކާ ގޮތުގައި ކޮމްބައިންޑް އޯރަލް ކޮންޓްރަސެޕްޓިވްސް ބޭނުންކުރާ އަންހެނުންނާއި، އެ ބޭނުން ނުކުރާ އަންހެނުންނާ އަޅާބަލާއިރު ތިން ގުނަ ބޮޑަށް ކްރިޕްޓޮޖެނިކް ސްޓްރޯކް ޖެހުމުގެ ފުރުސަތު އޮވެއެވެ.
އަދި ޒުވާން އަންހެންވެރިންގެ މެދުގައި ޖެހޭ ހުރިހާ ސްޓްރޯކްތަކުގެ ތެރެއިން 40 އިންސައްތައަކީ ކްރިޕްޓޮޖެނިކް ސްޓްރޯކްކަންވެސް ދިރާސާއިން ވަނީ ހޯދިފައެވެ.
ދަރިމައިވުން ހުއްޓުވުމަށްޓަކައި ނުވަތަ ތަފާތު އެކިކަހަލަ ހޯމޯން އިންބެލެންސްތަކުގެ ސަބަބުން ވަރަށް ގިނަ މީހުން ބަރތު ކޮންޓްރޯލް ބޭނުން ކުރެއެވެ. މިގޮތަށް ބަރތު ކޮންޓްރޯލް ބޭނުންކުރާއިރު މިކަމާމެދު ސަމާލުވެ، ޑޮކްޓަރާ ވާހަކަދައްކައި ލަފާ ހޯދުމަށް ދިރާސާވެރިން ވަނީ އިލްތިމާސް ކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު