މިއީ މާލޭ އާކަކާގޭގައި އާއްމުކޮށް ހަދާ، މަލިކުން އެގެއަށް ވާރުތަވި ހެދިކާގެ ބާވަތެއް ކަމަށްވާ ސަންބޯސާއެވެ. މި ބައްޓަމަށް ހުންނަ މަސް އަޅައިގެން ހަދާ ހެދިކާއެއް މަލިކުގައި މިހާރުވެސް ހަދައެވެ. އެއަށް އެމީހުން ކިޔަނީ މަސްފޫކުއްތެވެ.
މިހާރު މިހުންނަ ބަޖިޔާގެ ބައްޓަމަށް ހުންނަ ހެދިކާއަކަށް އިހުގައި ތިލަދުންމައްޗާއި އައްޑުވާއި އެހެން ބައެއް ހިސާބުތަކުގައި ސަންބޯސާއޭ ކިޔައިއުޅުނެވެ. އަދި ފޮޓޯގައި މިވާ ބައްޓަމަށް ހުންނަ ހެދިކާއަކަށް އައްޑޫގައި ކީމިޔާއޭ ކިޔައި އުޅުނެވެ. މި ބައްޓަމަށް ހުންނަ ހެދިކާއަށް މިހާރުގެ ގިނަ ދިވެހީން އާއްމު ގޮތެއްގައި ކިޔައި އުޅެނީ ޕެޓީސްއެވެ.
ދިވެހީން ހަދައިއުޅުނު ސަންބޯސާގެ އަސްލު ކަމަށް ބެލެވެނީ އިންޑިޔާ ބައްރުގައި ހަދާ ސަމޯސާއެވެ. ތިރީގައި މި ލިޔަނީ މި ފޮޓޯގައި މިވާ "ސަންބޯސާ" ގެ ރެސިޕީއެވެ. ރެސިޕީ އާއި ސަންބޯސާގެ ފޮޓޯ ފޮނުއްވީ އަންވަރީ އަޙްމަދެވެ. ހިއްސާމިކޮށްލަނީ އިބާރާތް ކޮންމެވެސް ވަރަކަށް ބަދަލުކޮށްފައެވެ.
ބޭނުންވާ ތަކެތި:
1 ފިޔާ
2 އިންޗި އިނގުރު
1 ގިތެޔޮ މިރުސް
2 ގަނޑު ވަޅޯމަސް
1 ލުނބޯ
1/2 ޖޯޑު ހަކުރު
2 ސަމުސާ ގިތެޔޮ
ރީނދޫކޮޅެއް
ރަހަލާ ވަރުގެ ލޮނުކޮޅެއް
ކުޑަ ރާނބާފަތްކޮޅެއް
ކުޑަ ހިކަނދިފަތްކޮޅެއް
2 ޖޯޑު ގޮދަންފުށް
ކުޑަ ތެޔޮފޮދެއް
ތައްޔާރުކުރާނެ ގޮތް:
ކުޑަ ތެޔޮފޮދަކާއި ލޮނުކޮޅެއް ލައިގެން ފެން ޖަހައިގެން ފުށްގަނޑު މޮޑެލާށެވެ.
ފިޔާ، އިނގުރު، މިރުސް ކޮށާލާށެވެ. އަދި ވަޅޯމަސް ސާފުކުރުމަށް ފަހު ތުނިކޮށް ކޮށާލާށެވެ.
އެއަށްފަހު ކޮށި ފިޔަޔާއި އިނގުރާއި މިރުހުގެ ތެރެއަށް ލުނބޯ ހުތް އަޅައިގެން ލޮނުކޮޅެއް ވެސް ލައިގެން އަދި ރީނދޫކޮޅެއް އަޅައިގެން ރަނގަޅަށް މޮޑެލާށެވެ. ދެން އޭގެ ތެރެއަށް ކޮށި ވަޅޯމަސްތައް އަޅައިގެން ރަނގަޅަށް މޮޑެލާށެވެ. ދެން އޭގެ ތެރެއަށް ބައި ޖޯޑު ހަކުރު އަޅައިގެން އަނެއްކާވެސް ރަނގަޅަށް މޮޑެލާށެވެ.
އެއަށްފަހު ތަވައަށް 2 ސަމުސާ ގިތެޔޮ އަޅައިގެން ހިކަނދިފަތްކޮޅާއި ރާނބާފަތްކޮޅު ލައިގެން އޭގެ ތެރެއަށް މޮޑުނު މަސްގަނޑު އަޅައިގެން މީރުކޮށްލާށެވެ.
އެއަށްފަހު މޮޑުނު ފުށްގަނޑުން ގުޅަޖަހައި، އެއިން ރޮށި ދަމައި، ވަށް މަތިގަނޑަކުން ކަނޑައި އެއްވަރުކޮށްލާށެވެ. ދެން އޭގެ ތެރެއަށް މަސްއަޅައި ބައްދާލާފައި ތުން އަނބުރަމުން ގެންދާށެވެ. އެއަށް ތެޔޮފޮދަކަށް އަޅައިގެން ތެލުލާށެވެ.

ކިޔުންތެރިންގެ ހިޔާލު