ރިސޯޓު ކުލީގެ ގޮތުގައި އެންމެ ބޮޑު އާމްދަނީއެއް ލިބެނީ ކ. އަތޮޅުން ކަމަށް މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ، މީރާގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
މީރާއިން އާއްމު ކޮށްފައިވާ މިދިޔަ އަހަރުގެ އާމްދަނީގެ އުސްއަލިތައް ދައްކާގޮތުން ފަތުރުވެރިކަމުގެ ދާއިރާއިން ރިސޯޓް ކުލީގެ ގޮތުގައި ކ. އަތޮޅުން 542.45 މިލިޔަން ރުފިޔާ ލިބިފައިވެއެވެ. އަދި ރ. އަތޮޅު 260.47 މިލިޔަން ރުފިޔާ ލިބިފައިވާއިރު ބ. އަތޮޅުން ލިބިފައިވަނީ 201.01 މިލިޔަން ރުފިޔާއެވެ.
މީރާގެ ތަފާސްހިސާބުތައް ދައްކާގޮތުން، މިދިޔަ އަހަރު ރިސޯޓްތަކުގެ ކުލީގެ ގޮތުގައި ލިބިފައިވާ އާމްދަނީ އަކީ 3 ވަނައަށް އެންމެ ގިނައިން މީރާއަށް އާމްދަނީ ލިބިފައިވާ ދާއިރާއެވެ. އެގޮތުން އެދާއިރާއިން މުޅި ޖުމްލަ 1.8 ބިލިޔަން ރުފިޔާ ވަނީ ލިބިފައެވެ. މިއީ އަންދާޒާކުރި އާމްދަނީއާއި އަޅާބަލާއިރު 7.4 އިންސައްތަ އިތުރު އަދަދެކެވެ.
2023 ވަނަ އަހަރު ރިސޯޓު ކުރީގެ ގޮތުގައި ލިބިފައިވަނީ 1.7 ބިލިޔަން ރުފިޔާއެވެ. އެހެންކަމުން 2024 ވަނަ އަހަރު ލިބުނު އާމްދަނީ ވަނީ 2023ވަނަ އަހަރާއި އަޅާބަލާއިރު 6.7 އިންސައްތަ އިތުރުވެފައެވެ.
ތަފާސްހިސާބުތައް ދައްކާގޮތުން ރާއްޖޭގައި ފަތުރުވެރިންނަށް މިހާރު ހިދުމަތްދެމުން އަންނަނީ 1،191 ތަނަކުންނެވެ. އެއީ 175 ރިސޯޓާއި، 842 ގެސްޓްހައުސް އާއި، 158 ސަފާރީގެ އިތުރުން 16 ހޮޓަލެވެ. މިތަންތަނުގެ ޖުމްލަ ބެޑް ކެޕޭސިޓީއަކީ 63،172 އެވެ.

ކިޔުންތެރިންގެ ހިޔާލު