ގުޅީ ސްކޫލުގެ އައު އިމާރާތުގެ މަސައްކަތް، ފޮޓޯ: އެމްޓީސީސީ
ގުޅީ ސްކޫލުގެ އައު އިމާރާތުގެ މަސައްކަތް، ފޮޓޯ: އެމްޓީސީސީ
ކ. ގުޅީ ސްކޫލުގައި އަލަށް އިމާރާތްކުރާ 6 ކްލާސްރޫމާއި މަލްޓި-ޕާޕަސް ހޯލް ހިމެނޭ އިމާރާތުގެ ރޫފް ބީމް ރީއިންފޯސްމަންޓް މަސައްކަތްތައް މިހާރު ބާރަށް ކުރިއަށްދާ ކަމަށް އެމްޓީސީސީން ހާމަކޮށްފިއެވެ.

މި މަޝްރޫޢަކީ ގުޅީ ސްކޫލުގެ ޖާގައިގެ ދަތިކަން ޙައްލުކޮށް، ދަރިވަރުންނަށް އެކަށީގެންވާ ތަޢުލީމީ މާޙައުލެއް ޤާއިމުކޮށްދިނުމުގެ މަޤްޞަދުގައި ސަރުކާރުން ކުރިއަށްގެންދާ މުހިންމު މަޝްރޫޢެކެވެ. މަޝްރޫޢުގެ ދަށުން މިހާރު ކުރިއަށް

ދާ މަސައްކަތްތަކާއެކު، މުޅި މަޝްރޫޢުގެ 37 އިންސައްތަ މަސައްކަތް ވަނީ އެއްކޮށް ނިންމާލެވިފައެވެ.

ގުޅީ ސްކޫލުގައި ތަރައްޤީކުރާ މި އައު އިމާރާތުގެ މަޝްރޫޢުގެ ތެރޭގައި ހިމެނެނީ 6 ކްލާސްރޫމާއި، ޖަލްސާތަކާއި އެކި ޙަރަކާތްތައް ބޭއްވޭނެ ފަދަ ޒަމާނީ މަލްޓި-ޕާޕަސް ހޯލެއްގެ ސްޓްރަކްޗަރަލް އަދި ފިނިޝިންގ މަސައްކަތްތައް ފުރިހަމަކުރުމެވެ. މި މަޝްރޫޢު ނިމުމުން، ސްކޫލުގެ ކިޔެވުމުގެ ކަންކަމަށާއި އިތުރު ޙަރަކާތްތައް ހިންގުމަށް ބޮޑު ލުޔެއް ލިބިގެންދާނެއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ރަށްރަށުގެ ތަޢުލީމީ ޙާލަތު ރަނގަޅުކުރުމަށް ޚާއްޞަ އިސްކަމެއް ދެއްވައިގެން ކުރިއަށްގެންދަވާ ސިޔާސަތުގެ ދަށުން، ގުޅީ ސްކޫލުގެ އައު އިމާރާތުގެ މަސައްކަތް ވީހާވެސް އަވަހަކަށް ނިންމައި ދަރިވަރުންނާއި ޓީޗަރުންގެ ބޭނުމަށް ހުޅުވައިލުމަށް ދަނީ މަސައްކަތް ކުރަމުންނެވެ.



ކިޔުންތެރިންގެ ހިޔާލު