ކެނޑިކުޅުދޫ ޕޮލިސް ސްޓޭޝަންގެ މަސައްކަތް، ފޮޓޯ: އެމްޓީސީސީ
ކެނޑިކުޅުދޫ ޕޮލިސް ސްޓޭޝަންގެ މަސައްކަތް، ފޮޓޯ: އެމްޓީސީސީ
ނ. ކެނދިކުޅުދޫގައި އަލަށް އިމާރާތްކުރާ ޕޮލިސް ސްޓޭޝަނުގެ މަސައްކަތުގެ ތެރެއިން މިހާރު އިމާރާތުގެ ޓައި ބީމް ކޮންކްރީޓް އެޅުމުގެ މަސައްކަތް ބާރުމިނެއްގައި ކުރިއަށްދާ ކަމަށް އެ މަސައްކަތް ކުރަމުން އަންނަ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ހާމަކޮށްފިއެވެ.

އެމްޓީސީސީން ހާމަކޮށްފައިވާ އެންމެ ފަހުގެ މަޢުލޫމާތުތަކަށް ބަލާއިރު، މި ޕްރޮޖެކްޓުގެ ފައުންޑޭޝަން އެޅުމުގެ މަސައްކަތްތަކާއި، ފައުންޑޭޝަން ބީމް އެޅުމުގެ އިތުރުން ޓައި ބީމް ޝަޓަރިންގ އެޅުމުގެ މަސައްކަތްތައް މިހާރު ވަނީ އެއްކޮށް ނިންމާލެވިފައެވެ. އަދި މިވަގުތު ސައިޓުގައި ކުރިއަށްދަނީ ޓައި ބީމްގެ ކޮންކްރީޓް އެޅުމުގެ މަރުހަލާއެވެ.

ކެނދިކުޅުދޫގައި ޕޮލިސް ސްޓޭޝަނެއް އެޅުމުގެ މަސައްކަތަކީ، ރާއްޖޭގެ މީހުން ދިރިއުޅޭ ރަށްރަށުގައި ފުލުހުންގެ ޚިދުމަތް ފުޅާކޮށް، ފުލުހުންގެ އަމިއްލަ ޒަމާނީ މަރުކަޒުތައް ގާއިމުކުރުމަށް ސަރުކާރުން އިސްނަގައިގެން ކުރިއަށްގެންދާ ފުޅާ މަޝްރޫޢުގެ ދަށުން އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށްގެންދާ މަސައްކަތެކެވެ.

މި މަޝްރޫޢު ނިމިގެންދާއިރު، ކެނދިކުޅުދޫގެ އަމަންއަމާންކަން ދެމެހެއްޓުމަށާއި، ރައްޔިތުންނަށް ފުލުހުން ފޯރުކޮށްދޭ ޚިދުމަތްތައް މިހާރަށްވުރެ ހަރުދަނާ އަދި ލުއިފަސޭހަކަމާއެކު ދިނުމަށް ބޮޑު އެހީތެރިކަމެއް ލިބިގެންދާނެ ކަމަށް ބެލެވެއެވެ. އެމްޓީސީސީން އަންނަނީ ކަނޑައެޅިފައިވާ ތާވަލާ އެއްގޮތަށް މި މަސައްކަތް ނިންމުމަށްޓަކައި މެދުކެނޑުމެއްނެތި މަސައްކަތް ކުރަމުންނެވެ.



ކިޔުންތެރިންގެ ހިޔާލު