ހަނިމާދޫގައި އަޅާ މިސްކިތުގެ މަސައްކަތް، ފޮޓޯ: އެމްޓީސީސީ
ހަނިމާދޫގައި އަޅާ މިސްކިތުގެ މަސައްކަތް، ފޮޓޯ: އެމްޓީސީސީ
ހދ. ހަނިމާދޫގައި އިމާރާތްކުރަމުންދާ 500 މީހުންގެ ޖާގައިގެ އާ މިސްކިތުގެ ބޭރުގައި ސިމެންތި ޖެހުމުގެ މަސައްކަތާއި، އިމާރާތުގެ އެތެރޭގެ ބިން އެއްވަރުކުރުމުގެ މަސައްކަތް ބާރަށް ކުރިއަށްދާ ކަމަށް އެމްޓީސީސީން ހާމަކޮށްފިއެވެ.

ރަށުގެ ގިނަ އަދަދެއްގެ ރައްޔިތުންނަށް ފަސޭހަކަމާއެކު ނަމާދުކުރެވޭނެ އިންތިޒާމު ހަމަޖެއްސުމުގެ ގޮތުން ސަރުކާރުން ކުރިއަށްގެންދާ މި މަޝްރޫޢުގެ ދަށުން، މިހާރު ކުރިއަށްދަނީ އިމާރާތުގެ ބޭރު ފާރުތަކުގައި ޕްލާސްޓަރު ކުރުން ނުވަތަ ސިމެންތި ޖެހުމުގެ މަސައްކަތާއި، މިސްކިތުގެ އެތެރޭގެ ގްރައުންޑް ލެވެލިންގ މަސައްކަތްތަކެވެ.

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އާ ހަވާލުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫޢަކީ 9.44 މިލިއަން ރުފިޔާގެ މަޝްރޫޢެކެވެ. މި މަސައްކަތް އެ ކުންފުންޏާ ހަވާލުކޮށްފައިވަނީ 360 ދުވަހުގެ ތެރޭގައި އެއްކޮށް ނިންމާ ގޮތަށެވެ.

މި މަޝްރޫޢު ނިމި، މިސްކިތް ބޭނުންކުރަން ފެށުމުން ހަނިމާދޫގެ ރައްޔިތުންނަށް ނަމާދުކުރުމަށް ދިމާވެފައިވާ ޖާގައިގެ ދަތިކަމަށް ބޮޑު ލުޔެއް ލިބިގެންދާނެއެވެ.



ކިޔުންތެރިންގެ ހިޔާލު