އެޗްޑީސީން އޮޑިވެރިންނާއެކު ބޭއްވި ބައްދަލުވުމުގެ ތެރެއިން
އެޗްޑީސީން އޮޑިވެރިންނާއެކު ބޭއްވި ބައްދަލުވުމުގެ ތެރެއިން
ހުޅުމާލެ މުދާ ޖެޓީ ސަރަހައްދުގައި ކަންބޮޑުވުން ފާޅުކުރި އޮޑިވެރިންނަށް އެޗްޑީސީން ވަގުތުން ހައްލު ހޯދައިދީފި އެވެ.

ހުޅުމާލެ މުދާ ޖެޓީ ތަރައްގީ ކުރުމުގެ މަސައްކަތަށް، އެ ސަރަހައްދުގެ ފަޅުތެރޭގައި އަޅާފައިވާ އުޅަނދުތައް ނެގުމަށް އެޗްޑީސީ މިދިޔަ މަހު ކުރީކޮޅު އިއުލާންކޮށް އޮތީ މުއްދަތެއް ދީފަ އެވެ. ނަމަވެސް އެ މުހުލަތު ފަހަނައެޅުމުން، މިއަދު އެ ސަރަހައްދުގައި އަޅާފައިވާ އުޅަނދުތައް ނެގުމަށް އެ ކޯޕަރޭޝަނުން އެންގުމާއެކު، ބައެއް އޮޑިވެރިން އެ ސަރަހައްދަށް އެއްވެ ކަންބޮޑުވުން ވަނީ ފާޅުކޮށްފައެވެ.

އެޗްޑީސީން މިއަދު ބުނީ އެ ކަންބޮޑުވުންތަކާ ގުޅިގެން އެ ކޯޕަރޭޝަންގެ އިސްވެރިން އޮޑިވެރިންނާ މަޝްވަރާ ކުރުމަށްފަހު، މުދާ ޖެޓީ ސަރަހައްދުގައި އޮތް އުޅަނދުތައް ވަގުތީ ގޮތުން އެހެން ސަރަހައްދެއްގައި ބޭއްވޭނެ އިންތިޒާމު މިހާރު ހަމަޖައްސައިދީފައިވާ ކަމަށެވެ.

އެޗްޑީސީން ބުނީ އެ ކޯޕަރޭޝަނުން އަބަދުވެސް މަސައްކަތް ކުރަނީ އާންމު ރައްޔިތުންނާއި ވިޔަފާރިވެރިންނަށް ދިމާވާ އެފަދަ އެންމެހާ ދަތިތަކަށް ހައްލު ހޯދައިދިނުމަށް ކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން