އިސްރާއީލުން އީރާނަށް މިއަދު ދިން ހަމަލާއެއް
އިސްރާއީލުން އީރާނަށް މިއަދު ދިން ހަމަލާއެއް
ނިއުކްލިއަރ އަދި މިލިޓަރީ ތަންނަށް އަމާޒުކޮށް އިސްރާއީލުން އީރާނަށް ހަމަލާ ދޭންފަށައިފިއެވެ.

މީގެ ކުޑަ އިރުކޮޅެއް ކުރިން އިސްރާއީލުން ދޭން ފެށި މިހަމަލާތަކުގައި އީރާނުގެ ސިފައިންގެ ބްރާންޗެއް ކަމަށްވާ އިސްލަމިކް ރިވޮލިއުޝަނަރީ ގަރޑް ކޯޕްސް، އައިއާރުޖީސީ ގެ ޗީފް އަދި ދެ ނިއުކްލިއާ ސައިންސްވެރިން މަރާލައިފާވާކަމަށް ރިޕޯޓުތައް ބުނެއެވެ،

އީރާނާ ދެކޮޅަށް އިސްރާއީލުން ދޭން ފެށި މި ހަމަލާ ތަކަކީ އީރާނުގެ ނިއުކްލިއަރ އަދި މިލިޓަރީ ތަންނަށް އަމާޒުކޮށް ފެށި ބޮޑު އަސްކަރީ އޮޕަރޭޝަނެއް ކަމަށް ރިޕޯޓުތައް ބުނެއެވެ. "ރައިޒިންގ ލަޔަން" ގެ ނަމުން ނަންދީފައިވާ މި އޮޕަރޭޝަންގައި ވައިގެ ބޮޑެތި ހަމަލާތަކެއް ހިމެނޭއިރު މިހަމަލާތައް ބޮޑަށް އަމާޒުވެފައިވަނީ އީރާނުގެ ވެރިރަށް ތެހެރާނުގެ ބެލިސްޓިކް މިސައިލް ޕްރޮގްރާމަށެވެ.

އީރާނުގެ މީޑިއާތަކުން ވަނީ އިސްރާއީލުގެ ހަމަލާތަކުގައި އައިއާރުޖީސީގެ ކޮމާންޑަރ އިން ޗީފް ހުސެއިން ސަލާމީ އާއި ނިއުކްލިއާގެ އިސް ދެ ސައިންސްވެރިން ކަމަށްވާ މުހައްމަދު މެހްދީ ތެހެރާންޗީ އާއި ފެރީދޫން އައްބާސީ މަރުވެފައިވާކަން ކަށަވަރުކޮށްދީފަ އެވެ. މީގެ އިތުރުން އަސްކަރީ ކޮމާންޑަރުންނާއި އެކަޑަމިކްގެ ބައެއް މީހުން ވެސް މަރުވެފައިވާ ކަމަށް ރިޕޯޓްތައް ބުނެ އެވެ.

އިސްރާއީލުގެ އަސްކަރިއްޔާއިން ބުނީ ނިއުކްލިއާ ފެސިލިޓީތަކާއި މިސައިލް ފެކްޓްރީތަކާއި ހައި ސެކިއުރިޓީ ރެސިޑެންޝަލް ކޮމްޕްލެކްސްތަކަށް މިއަދު ބާރަވަރަކަށް ޖެޓް ހަމަލާދީފައިވާ ކަމަށެވެ. އެގޮތުން އީރާނުގެ ވެރިރަށް ތެހެރާނުގެ އެކި ސަރަހައްދުތަކަށް މިހަމަލާތަކުގެ އަސަރުކޮށްފައިވާއިރު، މިހަމަލާތަކުގެ ސަބަބުން އީރާނުގެ އޭވިއޭޝަން އޮތޯރިޓީތަކުން ވަނީ އެގައުމުގެ ވައިގެ ސަރަހައްދު ބަންދުކޮށްފަ އެވެ.

އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ މި އޮޕަރޭޝަން އެތައް ދުވަހަކަށް ދުވަހަކަށް ދިގުދެމިލައިގެން ގޮސްދާނެކަމަށް އިންޒާރުދީފައިވާއިރު، އެމެރިކާއިން ވަނީ އިސްރާއީލުގެ މި އޮޕަރޭޝަނުގައި ބައިވެރިނުވާކަމަށް ބުނެ، އެ ސަރަހައްދުގައި އެމެރިކާގެ މަސްލަހަތުތަކާ ދެކޮޅަށް ބަދަލު ނުހިފުމަށް އީރާނަށް އިލްތިމާސްކޮށްފައިވެ އެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން