ފާއިތުވި ދުވަސްތަކުގައި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ އެކައުންޓުތަކުން ފައިސާ މަދުވާ މައްސަލަތަކެއް މިވަނީ ފެންމަތިވެފައެވެ. މިކަމާ ގުޅިގެން ގިނަ އަދަދެއްގެ ކަސްޓަމަރުން ސޯޝަލް މީޑިއާގެ އެކި ޕްލެޓްފޯމްތަކުގައި ދަނީ ކަންބޮޑުވުން ފާޅު ކުރަމުންނެވެ.
އެގޮތުން ބޭންކު އެކައުންޓުން އިތުރަށް ފައިސާ ކެނޑެމުންދާ ކަމަށް ގިނަ ފަރާތްތަކަކުން ވަނީ ބުނެފައެވެ. ބައެއް ފަރާތްތަކުން ބުނެފައިވަނީ މި މައްސަލަ ދިމާވަނީ ފޮރިން ޓްރާސްސެކްޝަންތައް ކުރުމަށް ފަހު ކަމަށެވެ. އެހެންނަމަވެސް މިގޮތަށް ފޮރިން ޓްރާންސެކްޝަންތައް ނަހަދާ ފަރާތްތަކަށްވެސް މި މައްސަލަ ވަނީ ދިމާވެފައެވެ.
ގިނަ ފަރާތްތަކުން ބުނެފައިވަނީ ބައެއް ފަހަރު 1000 އަށްވުރެ ގިނަ ރުފިޔާވެސް އެކައުންޓުތަކުން މަދުވާ ކަމަށެވެ. އަދި ބައެއް އެކައުންޓުތަކުން 5000 ރުފިޔާއާ ގާތް ކުރާ އަދަދަކަށްވެސް ފައިސާ ގެއްލިފައިވާ ކަމަށް ބައެއް ފަރާތްތަކުން ބުނެފައި ވެއެވެ.
މި މައްސަލަ މިހާރު ބޮއްސުންލައިގެން ގޮސްފައިވާއިރު، ކަސްޓަމަރުންގެ ސުވާލުތަކަށް ބީއެމްއެލުން އެކަށީގެންވާ ފެންވަރެއްގައި ޖަވާބުދާރީވެފައި ނުވާކަމަށް ބުނެވެސް އެތައް ބަޔަކު ވަނީ ކަންބޮޑުވުން ފާޅު ކޮށްފައެވެ. އަދި ޖަވާބު ދާރީވީނަމަވެސް ގިނަ ފަހަރަށް މިގޮތަށް ގެއްލޭ ފައިސާ އަނބުރާ ނުލިބޭ ކަމަށްވެސް ކަސްޓަމަރުން ބުނެފައިވެއެވެ.
"މި މައްސަލަ ދިމާވެގެން ގުޅާލުމުން ބުނީ އެއީ އޮޅުމަކުން ވީ ކަމެއް ކަމަށް، އަބަދު އޮޅިފަ ތިބޭ ބައެއް، ގުޅެނީވެސް އެހާ އުނދަގުލުން." ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ޕޯސްޓެއްގައި ބީއެމްއެލްގެ ކަސްޓަމަރަކު ބުނެފައިވެއެވެ.
ދިވެހިންގެ ބެންކު ގެ ނަމުގައި ހިންގާ ބީއެމްއެލް، މިއަށްވުރެ ހަރުދަނާ ވާން ޖެހެއެވެ. ކަސްޓަމަރުން ބުރަ މަސައްކަތުން ހޯދާ ލާރި މިގޮތަށް "އޮޅުމަކުން" ގެއްލުމަކީ އެފަރާތްތަކަށް ލިބޭ ބޮޑު ގެއްލުމެކެވެ.
މިއީ ހަމައެކަނި މިފަހަރު ދިމާވެފައިވާ މައްސަލައެއް ނޫނެވެ. ދޭތެރެއަކުން ހަމަ މިފަދައިން ބީއެމްއެލްއާ ގުޅޭ ކޮންމެވެސް މައްސަލައެއް ފެންމަތިވެއެވެ. މިސާލަކަށް، ފާއިތުވި މަހު ބީއެމްއެލްގެ އޭޓީއެމްތަކުން ފައިސާ ނުނެގޭ މައްސަލަ ދިމާވިއެވެ. އަދި އޭގެ ކުރީ މަހު ބީއެމްއެލްގެ މޮބައިލް ބޭންކިން އެޕްލިކޭޝަން މަސައްކަތް ނުކުރާ މައްސަލަ ދިމާވިއެވެ.
ދިވެހިންގެ އެންމެ ބޮޑު ބޭންކުން މިފަދަ ކަންކަން ތަކުރާރުކޮށް ދިމާވުމުގެ ސަބަބުން ރައްޔިތުންނަށް ބޮޑެތި ގެއްލުންތައް ކުރިމަތިވެއެވެ. ގިނަ ފަހަރަށް މިފަދަ މައްސަލަތައް ދިމާވަނީ މުސާރަ ޖަމާވާ ދުވަސްވަރާ ދިމާކޮށް ކަމަށްވުމުން، ރައްޔިތުންނަށް އެމީހުންގެ އަސާސީ ބޭނުންތައް ފުއްދުމަށްވެސް ދަތިވެއެެވެ.
ރައްޔިތުންގެ ބުރަ މަސައްކަތުން ހޯދާ ފައިސާ ބޭންކުގެ ފަރުވާކުޑަކަމުގެ ސަބަބުން ނުވަތަ ސްކޭނެއްގެ ސަބަބުން ގެއްލިގެންދާކަމީ ވަރަށްވެސް ކަންބޮޑުވާންޖެހޭ ކަމެކެވެ. މިފަދަ ކަންކަމުގެ ސަބަބުން "ރައްޔިތުންގެ ބޭންކަށް" އޮންނަ އިތުބާރު ގެއްލި، އަދި ބޭންކިންގ ދާއިރާގެ މުޅި ނިޒާމަށް ނޭދެވޭ އަސަރުތަކެއް ކުރުމަކީ އެކަށީގެންވާ ކަމެކެވެ.
ވީމާ މިފަދަ މައްސަލަތައް ހައްލު ކުރުމަށް ބީއެމްއެލުން އަވަސް ފިޔަވަޅުތަކެއް އަޅަން ޖެހެއެވެ. އަދި މިފަދަ މައްސަލަތައް ތަކުރާރުވިޔަ ނުދިނުމަށްޓަކައި ދާއިމީ ހައްލުތަކެއް ހޯދަން ޖެހެއެވެ. ހަމަ އެހެންްމެ، ކަމާ ބެހޭ އިދާރާތަކުންވެސް މިކަމާ ގުޅޭގޮތުން ތަހުގީގެއް ހިންގައި، ރައްޔިތުންގެ ހައްގުތައް ރައްކާތެރިކުރުމަށް މަސައްކަތް ކުރަން ޖެހެއެވެ.

ކިޔުންތެރިންގެ ހިޔާލު