ބޮލުން ހަންފޮޅުން
ބޮލުން ހަންފޮޅުން
ބޮލުން ހަންފޮޅުމަކީ ވަރަށް ގިނަ މީހުންނަށް ދިމާވާ އާންމު މައްސަލައެކެވެ. މި މައްސަލަ ދިމާވުމަށް މެދުވެރިވާ ސަބަބުތަކިގެ ތެރޭގައި ހަމުގެ ހިކި ކަން، ސްޓްރެސް، ހަށިގަނޑުގެ ހޫނުމިން ބަދަލުވުން، އަދި ބައެއް ބާވަތުގެ ބޭސް ބޭނުންކުރުން ހިމެނެއެވެ. މިކަމަށް މާ ގިނަ ހަރަދުތަކެއް ނުކޮށް، ގޭގައިވެސް ފަރުވާ ހޯދޭނެއެވެ.

މިފަހަރު މި ހިމަނާލަނީ ބޮލުން ހަންފޮޅޭނަމަ ބޭނުންކުރަންވީ ބައެއް ބާވަތްތަކެވެ.

ޒައިތޫނި ތެޔޮ

ޒައިތޫނި ތެލަކީ ގުދުރަތީ ގޮތުން ލިބޭ، ހަމުގެ ސިއްހަތަށް ވަރަށް ފައިދާ ހުރި އެއްޗެކެވެ. މިތެޔޮ ބޮލުގައި އުނގުޅާ މަޑުމަޑުން މަސާޖު ކޮށްލުމުން ބޮލުގެ ހަން ފޮޅުން މަދުވާނެއެވެ. މިގޮތަށް ހަފްތާއަކު ދެ ފަހަރު ކުރުމުން ރަނގަޅު ނަތީޖާއެއް ފެންނާނެއެވެ.

އެލޮވޭރާ

އެލޮވޭރާގައި އެންޓި-އިންފްލެމެޓަރީ އަދި އެންޓި-ބެކްޓީރިއަލް ސިފަތައް ހުރެއެވެ. މިކަމުގެ ސަބަބުން ބޮލުގެ ހަމަށް ވަރަށް ބޮޑަށް ފައިދާ ކުރެއެވެ. އެލޮވޭރާ ޖެލް ބޮލުގައި އުނގުޅާ، ވިހި މިނެޓު ވަންދެން ބާއްވާފައި ދޮވެލުމުން ރަނގަޅު ނަތީޖާއެއް ފެންނާނެއެވެ. އެންމެ އަވަހަށް ނަތީޖާ ފެންނާނީ މިކަން ދުވާލަކު އެއްފަހަރު ކުރުމުންނެވެ.

އެޕަލް ސިޑާ ވިނެގާ

އެޕަލް ސިޑާ ވިނެގާއަކީވެސް ހަމުގެ ސިއްހަތު ރަނގަޅު ކުރުމަށް އެހީވެދޭ އެއްޗެކެވެ. އެގޮތުން އެޕަލް ސިޑާ ވިނެގާ އާއި ފެން އެއްވަރަކަށް މިކްސްކޮށް، ބޮލުގައި އުނގުޅާ ފަނަރަ މިނެޓު ވަންދެން ބޭއްވުމަށްފަހު ދޮވެލާށެވެ. މިކަން ހަފްތާއަކު ދެފަހަރު ކުރުމުން ރަނގަޅު ނަތީޖާއެއް ފެންނާނެއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން