ރާއްޖެ އާއި ހަތް ގައުމެއް ބައިވެރިވެގެން ކުރިއަށް ގެންދިޔަ އެންޓި ސްކޭމް ބޮޑު އޮޕަރޭޝަންގައި، ރާއްޖޭން ސްކޭމްތަކުގައި ގެއްލުނު 2.91 މިލިއަން ރުފިޔާގެ ތެރެއިން ފުލުހުންނަށް ހޯދުނީ 640 ހާސް ރުފިޔާ ކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ހާމަކޮށްފިއެވެ.
ފުލުހުން ބުނީ، ސިންގަޕޫރުގެ އެންޓި-ސްކޭމް ކޮމާންޑްގެ އިސްނެގުމަކަށް އުފައްދާފައިވާ ފްރޮންޓިއާ ޕްލަސް ނެޓްވޯކަކީ، އޮޅުވާލައިގެން ހިންގާ މާލީ މުއާމަލާތްތަކާ ދެކޮޅަށް ގައުމުތައް ގުޅިގެން އަވަސް ފިޔަވަޅުތަކެއް އެޅުމަށާއި، އިންޓެލިޖެންސް ހިއްސާކުރުމާއި، ސްކޭމް ހުއްޓުވުމަށާއި، ފައިސާ އަނބުރާ ހޯދުމަށް ބައިނަލްއަގުވާމީ އޮނިގަނޑެއް ގާއިމުކުރުމަށް އެކުލަވާލި އޮނިގަނޑެއް ކަމަށެވެ.
އެގޮތުން މިދިޔަ އޭޕްރީލްމަހު 28 އިން މިދިޔަ މޭ މަހު 28 އަށް ހަތް ގައުމެއްގެ އެންޓި ސްކޭމް ސެންޓަރުތައް ގުޅިގެން ހިންގި މި އޮޕަރޭޝަންގެ ތަފްސީލް މިއަދު ހާމަކުރަމުން ފުލުހުން ބުނީ އެ އޮޕަރޭޝަންގައި 199 ސްކޭމްގެ މައްސަލަ ރާއްޖެއިން ރިޕޯޓް ކުރި ކަމަށެވެ. މި އޮޕަރޭޝަންގައި ހުރިހާ ގައުމަކުން 2،700 އަށް ވުރެ ގިނަ ފުލުހުން ހަރަކާތްތެރިވެފައިވެއެވެ.
މި އޮޕަރޭޝަންގައި، ރާއްޖޭން ގެއްލިފައިވާ 2.91 މިލިއަން ރުފިޔާގެ ތެރެއިން ފުލުހުންނަށް އަނބުރާ ހޯދިފައިވަނީ، 640،000 ރުފިޔާއެވެ. އަދި މިއީ މިއޮޕަރޭޝަންގައި ބައިވެރިވި ހުރިހާ ގައުމުތަކުގެ ތެރެއިން އެންމެ މަތީ ރިކަވަރީ ރޭޓް ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
އޭގެއިތުރުން ފުލުހުން ބުނީ، ބައިނަލްއަގުވާމީ ފެންވަރުގައި އެހެން ގައުމުތަކާ ގުޅިގެން މަސައްކަތްކުރުމަކީ ސްކޭމްތަކާ ދެކޮޅަށް އަވަހަށް ފިޔަވަޅު އެޅުމަށާއި ގެއްލިފައިވާ ފައިސާ އަނބުރާ ހޯދުމުގެ ފުރުސަތު ބޮޑުވެގެންދާނެ ކަމެއް ކަމަށެވެ.
ފްރޮންޓިއާ ޕްލަސް އޮޕަރޭޝަނުގެ މުއްދަތުގައި އެ އޮޕަރޭޝަންގައި ބައިވެރިވި ހުރިހާ ގައުމަކުން، 9000 އަށްވުރެ ގިނަ ސްކޭމްތަކުގައި 308 މިލިއަން ޑޮލަރު ގެއްލިފައިވެއެވެ. އޭގެ ތެރެއިން ރިކަވަރ ކުރެވިފައި ވަނީ 19.4 މިލިއަން ޑޮލަރެވެ.

ކިޔުންތެރިންގެ ހިޔާލު