ޓެކްނޮލޮޖީގެ ގޮތުން ކުރިއަރައިގޮސްފައިވާ މި ޒަމާނުގައި އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ބޭނުން ކޮށްގެން ވަރަށް ގިނަ ކަންތައް ކުރެވެއެވެ. ލިޔުމެއް އުފައްދަން ވިޔަސް، ފޮޓޯއެއް އެޑިޓު ކޮށްލަން ވިޔަސް އަދި މި ނޫނަސް އެތައް ކަަމެއްގައި އޭއައި ބޭނުން ކުރެއެވެ. އޭއައި އަކީ އަޅުގަނޑުމެންގެ ދިރިއުޅުން ފަސޭހަކުރުމުގައި އެހީވެދޭ ބައިވެރިއެކެވެ. ވީމާ ކޮންމެ މީހެއްގެ ފޯނުގައިވެސް އޭއައި އެޕްލިކޭޝަންތައް ބެހެއްޓުމަކީ މުހިންމު ކަމެކެވެ.
ތިރީގައި މި ހިމަނާލަނީ ފޯނަށް ކޮންމެހެންވެސް އަޅަންވީ 3 އޭއައި އެޕެވެ.
ފޮޓޯލީޕް
ޕޮޓޯލީޕަކީ ފޮޓޯ އެޑިޓް ކުރުމަށް ބޭނުން ކުރެވިދާނެ އޭއައި އެޕެކެވެ. މި އެޕުން ގިނަ ކަންތައްތަކެއްް ހާސިލް ކުރެވެއެވެ. އެގޮތުން ކުރެވޭ ބައެއް ކަންކަމުގެ ތެރޭގައި ބެކްގްރައުންޑު ބަދަލު ކުރުމާއި، ތަފާތު އެކި ފިލްޓަރު ފޮޓޯ އަށް އެޅުމާއި، އަދި ކޮލާޖު ހެދުން ފަދަ ކަންކަން ކުރެވެއެވެ.
ޖޭސްޕާ
ޖޭސްޕާ އަކީ ލިޔުންތައް އުފެއްދުމަށް ބޭނުން ކުރެވިދާނެ އޭއައި އެޕެކެވެ. މި އެޕު ބޭނުން ކޮށްގެން ވަރަށް ހަލުވިކަމާއެކު ތަފާތު އެކި ކަންކަމާ ގުޅޭ ލިޔުންތައް އުފެއްދޭނެއެވެ. މީގައި 11،000 އަށްވުރެ ގިނަ ފޮންޓު ވެއެވެ. މި އެޕަކީ ކިޔަވާ ކުދިންނަށް ވަރަށް ބޭނުންތެރި އެޕެކެވެ.
އިންވީޑިއޯ
އިންވީޑިއޯއަކީ މާކެޓިން ވީޑިއޯތައް އުފެއްދުމަށް ބޭނުން ކުރެވިދާނެ އޭއައި އެޕެކެވެ. މި އެޕު ބޭނުން ކޮށްގެން ކޮންމެ ކަހަލަ މާކެޓިން ވީޑިއޯއެއްވެސް ތައްޔާރު ކުރެވޭނެއެވެ. ހަމަ އެކަނި ވީޑިއޯގައި ހިމަނާލަން ބޭނުންވާ ކަންކަން ލިޔެލުމުން އެމީހަކު ބޭނުންވާ ކަހަލަ ވީޑިއޯއެއް ތައްޔާރު ކުރެވޭނެއެވެ. މިއީ ކުދި ވިޔަފާރި ކުރާ މީހުންނަށް ވަރަށް ފައިދާހުރި އެޕެކެވެ.

ކިޔުންތެރިންގެ ހިޔާލު