18 ސްކޫލެއްގެ ނުނިމި ހުރި މަސައްކަތްތައް ނިންމަން އެޑިއުކޭޝަން މިނިސްޓްރީން ތިން ކުންފުންޏަކާ ހަވާލުކޮށްފި އެވެ.
މިއަދު އެޑިއުކޭޝަން މިނިސްޓްރީގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި އެ މަސައްކަތް ހަވާލުކުރީ އާރުޑީސީ, އެމްޓީސީސީ އަދި ފެނަކައާ އެވެ.
އެޑިއުކޭޝަން މިނިސްޓްރީން ބުނީ މިއަދު ހަވާލުކުރީ ސަރުކާރުން ދޭން ޖެހޭ ފައިސާ ދައްކައި، އެ މަޝްރޫއުތައް ފެށުމަށް އެކި ތާރީހުތައް ބައެއް ކުންފުނިތަކަށް ދިނުމަށް ފަހު ވެސް އެ މަސައްކަތްތައް ފަށާފައިނުވާ މަޝްރޫއުތައް ކަމަށެވެ.
އެޑިއުކޭޝަނުން އެ މަސައްކަތްތައް ހަވާލުކުރީ 114.9 މިލިއަން ރުފިޔާ އަށެވެ.
މިއަދު ހަވާކުރި 18 މަޝްރޫއުގެ ތެރެއިން 15 މަޝްރޫއެއް ހަވާލުކޮށްފައިވަނީ އެމްޓީސީސީ އާއެވެ.
އެމްޓީސީސީ އާ ހަވާލުކޮށްފައިވަނީ ހއ. މޮޅަދޫ، ހދ. ނޮޅިވަރަމް، ހދ. ނޭކުރެންދޫ، ށ. ބިލެތްފަހި، ރ. އންނަމާދޫ، ރ. ދުވާފަރު، ބ. ކުޑަރިކިލު، އއ. މަތިވެރި، ތ. ގާދިއްފުށި، ގދ. ވާދޫ، ހއ. މާރަންދޫ، ކ. ގުޅި، ތ. މަޑިފުށި، ހދ. ނައިވާދޫ، އަދި ލ. މާވަށުގައި ކުރިއަށްދާ މަޝްރޫއުތަކެވެ.
އާރުޑީސީ އާއި ހަވާލުކޮށްފައިވަނީ ދެ މަޝްރޫއެވެ. އެއީ އއ. މާޅޮސް އަދި އދ. ފެންފުށި އެވެ. އަދި މ. ވޭވަށު ސްކޫލުގެ ނުނިމި ހުރި މަސައްކަތް ހަވާލުކޮށްފައިވަނީ ފެނަކައާ އެވެ.

ކިޔުންތެރިންގެ ހިޔާލު